މާލެ: 31°C

މިޝިގަންގެ ގަވަރުނަރު ވަގަށް ނަގަން ރޭވި މީހުންގެ ތެރެއިން މީހަކު 16 އަހަރަށް ޖަލަށް

December 28, 2022
2 ފަހަރު ބަލާފައި
މިޝިގަންގެ ގަވަރުނަރު ވަގަށް ނަގަން ރޭވި މީހުންގެ ތެރެއިން މީހަކު 16 އަހަރަށް ޖަލަށް
މިޝިގަންގެ ގަވަރުނަރު ވަގަށް ނަގަން ރޭވި މީހުންގެ ތެރެއިން މީހަކު 16 އަހަރަށް ޖަލަށް
އެމެރިކާގެ މިޝިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމާ ވަގަށް ނެގުމަށް ރޭވި ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު 16 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފިއެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ވިޓްމާ ވަގަށް ނަގަން ރޭވުމުގެ ކުށުގެ ދައުވާ އާއި ހަތިޔާރެއް ބޭނުންކުރަން ރޭވުމުގެ ކުށް އެޑަމް ފޮކްސްގެ މައްޗަށް ސާބިތުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެސިސްޓެންޓް އެޓާނީ ޖެނެރަލް މެތިއު އޮލްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ހުކުމުން ދައްކުވައިދެނީ ޖިނާއީ ނުރައްކާތަކާއި ހަމަނުޖެހުންތަކުން އިންތިހާބީ އޮފިޝަލުންނާއި ގާނޫނު ތަންފީޒުކުރާ އޮފިސަރުންނާއި ދައުލަތުގެ ހާއްސަ މުވައްޒަފުން ސަލާމަތް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ސާބިތުކަމާއެކު މަސައްކަތްކުރާ މިންވަރު ކަމަށެވެ. 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގަވަރުނަރު ވަގަށް ނެގުމުގެ ރޭވުމުގެ ތުހުމަތުގައި ހައްޔަރުކުރި 13 މީހުންގެ ތެރޭގައި ފޮކްސް އާއި ކްރޮފްޓް ވެސް ހިމެނޭ އިރު، އެއީ އެ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ހަމަނުޖެހުން އުފެއްދުމުގެ މަގުސަދުގައި ހިންގި ކަމެއް ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތާ ގުޅުން އޮންނަ ދެ މީހުންް ކަމަށްވެސް ބުނެފައިވެއެވެ. ފޮކްސް އާއި އޭނާގެ ބައިވެރިޔާ ކްރޮފްޓްގެ މައްޗަށް ބްރިޖެއް ދަށުގައި ބޮމެއް ހަރުކުރަން ރޭވި ކަމުގެ ތުހުމަތުތައްވެސް ވަނީ ކޮށްފައެވެ. ފޮކްސްގެ ދިފާއީ ޓީމުން އޭރު އޭނާގެ ނަފްސާނީ ހާލަތު ނާޒުކު ކަމަށް ދައްކުވައިދޭން މަސައްކަތްކޮށްފައެވެ. އޭނާ އަކީ ފަގީރު އަދި އެފަދަ ކަމެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު ހޯދުމުގެ ގާބިލްކަންހުރި މީހެއް ކަމަށް ވެސް އެ މީހުން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ