މާލެ: 31°C

މި މަހު އެކަނިވެސް އިޒްރޭލުން ފަލަސްތީނުގެ 12 މީހަކު މަރާލައިފި

January 15, 2023
2 ފަހަރު ބަލާފައި
މި މަހު އެކަނިވެސް އިޒްރޭލުން ފަލަސްތީނުގެ 12 މީހަކު މަރާލައިފި
މި މަހު އެކަނިވެސް އިޒްރޭލުން ފަލަސްތީނުގެ 12 މީހަކު މަރާލައިފި
އިސްރާއީލު ސިފައިން، ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއް ކައިރީގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އިތުރު ދެ މީހަކު މަރާލައިފިއެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނީ އެ އެޒެޑިން ބައްސާމް ހަމާމްރޭހް، 24، އާއި އަމްޖަދު އަދުނާން ހަލިލިއްޔާ، 23، މަރާލާފައިވަނީ މިއަދު ޖެނިންގެ ދެކުނުގައި އޮންނަ ޖަބާ އަވަށަށް ދިން ހަމަލާއެއްގައި ކަމަށެވެ. ފަލަސްތީނު އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ ހަމާމްރޭހާއި ހަލީލިއްޔާ އަކީ އެ ޖަމާއަތުގެ މެމްބަރުން ކަމަށެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ އެ ދެ މީހުންނަކީ ހިތްވަރުގަދަ ޝަހީދުންގެ ގޮތުގައި ސިފަކޮށް އެ މީހުން މެރުން ކުށްވެރިކޮށްފައެވެ. އަދި އެ މީހުން މަރާލާފައިވަނީ އިޒްރޭލް ސިފައިންގެ އޮޕަރޭޝަނާއި ދެކޮޅަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެ ބަޔާނުގައިވެއެވެ. އިޒްރޭލުން ވަނީ ފަލަސްތީނުގެ ޒުވާނެއް ކަމަށްވާ އުމުރުން 19 އަހަރުގެ ޔަޒޭން ސަމޭރު ޖާބާރީ މަރާލާފައެވެ. އޭނާ މަރުވެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އިސްރާއީލު ސިފައިން ބަޑިޖެހުމުން ލިބުނު ޒަހަމްތަކަކާ ގުޅިގެންނެވެ. ޖެނިން ކައިރީގައި އޮންނަ ކުފްރް ދާން އަވަށުގައި ޖަބާރީ ޒަހަމްވެފައި ވަނީ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އިތުރު ދެ މީހަކުވެސް މަރުވިއެވެ. މިއަހަރު މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އޭގެ ތެރޭގައި ކުޑަ ތިން ކުއްޖަކު ވެސް ހިމެނެއެވެ. މިދިޔަ އަހަރު މާޗް މަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބްރޭކް ދަ ވޭވްގެ ނަމުގައި ކެމްޕޭނެއް ފަށައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްތީނުގައި ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ