މި އަހަރުވާނީ ދުނިޔޭގެ އިގްތިސާދަށް އުނދަގޫ އަހަރަކަށް: އައިއެމްއެފް

މި އަހަރުވާނީ ދުނިޔޭގެ އިގްތިސާދަށް އުނދަގޫ އަހަރަކަށް: އައިއެމްއެފް
ލިޔުން:
އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާގެ އިގްތިސާދު މަޑުޖެހިފައިވާތީ ދުނިޔޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށް މި އަހަރަކީ 2022 ވަނަ އަހަރަށް ވުރެ އުނދަގޫ އަހަރަކަށް ވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވެރިޔާ އިންޒާރު ދެއްވައިފިއެވެ.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ 2023 ވަނަ އަހަރަކީ އުނދަގޫ އަހަރަކަށް ވާނެ ކަމަށާއި ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި ރިސެޝަންގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ކީއްވެ؟ ސަބަބަކީ ބޮޑެތި ތިން އިގްތިސާދު ކަމަށްވާ އެމެރިކާ، އީޔޫ، ޗައިނާ ވެސް އެއްފަހަރާ މަޑުޖެހިފައިވާތީ،" ސީބީއެސް ޕްރޮގްރާމް "ފޭސް ދަ ނޭޝަން" ގައި އާދީއްތަ ދުވަހު ވާހަކަ ދައްކަވަމުން ޖޯޖީވާ ވިދާޅުވިއެވެ. އައިއެމްއެފުން މިހެން ބުނެފައި މިވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ އާއި އިންޓްރެސްޓް ރޭޓް ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު އައިއެމްއެފުން ދުނިޔޭގެ ކުރިއެރުން އަންދާޒާކުރި މިންވަރު 2.7 އިންސައްތައަށް ދަށްކޮށްފައިވާވެސް ދަނޑިވަޅެއްގައެވެ.
އެކަމަނާ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޗައިނާގެ ކުރިއެރުން ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް ޗައިނާގެ ދިގު ރާސްތާއާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
"ކޮވިޑްގެ ކުރިން ޗައިނާއިން ދުނިޔޭގެ ކުރިއެރުމުގެ 34، 35، 40 ޕަސެންޓް ފޯރުކޮށްދޭނެ. އެކަން މިހާރު ނުކުރޭ. ހަގީގަތުގައި ވަރަށް ސްޓްރެސް ފޯ... އޭޝިއާގެ އިގްތިސާދުތަކަށް. އަޅުގަނޑު އޭޝިއާގެ ލީޑަރުންނާ ވާހަކަ ދައްކާއިރު، އެ ހުރިހާ ބޭފުޅުން ވެސް މި ސުވާލުން ފައްޓަވަނީ، "ޗައިނާއަށް ވާނީ ކިހިނެއްތޯ؟ ޗައިނާ އަލުން ކުރިއެރުމުގެ މަތީ ދަރަޖައަކަށް އެނބުރި އަންނާނެތަ؟" ޗައިނާގެ އިގްތިސާދަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.
ހާއްސަކޮށް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އީޔޫއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ އިރު، ބްލޮކްގެ ދެބައިކުޅަ އެއްބައި މި އަހަރު ރިސެޝަންގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށް ޖޯޖީވާ ވިދާޅުވިއެވެ.
އައިއެމްއެފްގެ ޗީފް ވިދާޅުވީ، އެމެރިކާގެ އިގްތިސާދު މިހާރު އޮތީ ހީނަރުކަމުން ސަލާމަތްވެފައި ކަމަށެވެ. "އެމެރިކާ އަކީ އެންމެ ރެޒިލިއަންޓް ގައުމެއް. އެމެރިކާ ރިސެޝަނުން ސަލާމަތްވެދާނެ،" އެކަމަނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
