އެމްއެޗް370 ފްލައިޓަށް ޖޯކް ޖެހި މައްސަލައެއް ހޫނުވެއްޖެ

އެމްއެޗް370 ފްލައިޓަށް ޖޯކް ޖެހި މައްސަލައެއް ހޫނުވެއްޖެ
ލިޔުން:
އެމެރިކާ އަށް ނިސްބަތްވާ ކޮމީޑިއަން ޖޮސެލިން ޗިއާ ހޯދުމުގައި އިންޓަޕޯލްގެ އެހީތެރިކަން ހޯދާނެ ކަމަށް މެލޭޝިއާގެ ޕޮލިސް ޗީފް އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އެކްރިލް ސާނީ އަބްދުالله ސާނީ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރަށް އުފަން ޗިއާ ވަނީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެއްލުނު މައްސަލާގައި ޖޯކު ޖަހާފައެވެ. އެ ޖޯކުގެ ސަބަބުން ކުރިން މެލޭޝިއާގެ ބައެއްގެ ގޮތުގައި އޮތް ސިންގަޕޫރުން ވެސް ވަނީ މައާފަށް އެދިފައެވެ. ފުލުހުންގެ އިސްވެރިޔާ ވިދާޅުވީ ތަހުގީގަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދި ހުށަހަޅާނެ ކަމަށެވެ.
މެލޭޝިއާގެ ފުލުހުން މިހާރު ގެންދަނީ އެމެރިކާގެ ރައްޔިތަކަށް ވެފައިވާ ކަމަށް ބެލެވޭ ކުރީގެ ގާނޫނީ ވަކީލެއް ޖޮސެލިން ޗިއާގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ޖޮސެލިންގެ ސްޓޭންޑްއަޕް ރޫޓިންގެ ކްލިޕެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ޕަންޗްލައިންގެ ގޮތުގައި އެމްއެޗް370 ބޭނުންކޮށްގެން އޭނާ ވަނީ ޖޯކް ޖަހާފައެވެ.
އެމްއެޗް370 އަކީ 2014 ވަނަ އަހަރު ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޮއިން777 މަރުކާގެ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓު ވެއްޓުނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދަށް ކަމަށް ބެލެވެއެވެ. އެކަމަކު އަދި މިހާތަނަށްވެސް އެ ބޯޓު ފެނިފައެއް ނުވެއެވެ.
ޖޮސެލިން ޖެހި ޖޯކުގެ ސަބަބުން މެލޭޝިއާގެ ގިނަ ބަޔަކު ހައިރާންވެފައިވާއިރު، ފޮރިން މިނިސްޓަރު ޒަމްބްރީ އަބްދުލް ކާދިރު ވަނީ މެލޭޝިއާ ގެ ރައްޔިތުންނާއި މަރުވި މީހުންގެ އާއިލާތަކާ މެދު އިހުލާސްތެރިކަމާއި ހަމްދަރުދީ ނެތް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން ސިފަކުރެއްވި "ބިރުވެރި" ވާހަކަތަކެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
