މާލެ: 31°C

މެޓާއިން "ޝަހީދު" މި ލަފުޒް ބޭނުންނުކުރެވޭގޮތައް އޮތްއޮތުން ނިމުމަކަށް ގެނައުމަށް ނިންމައިފި

July 2, 2024
2 ފަހަރު ބަލާފައި
މެޓާއިން "ޝަހީދު" މި ލަފުޒް ބޭނުންނުކުރެވޭގޮތައް އޮތްއޮތުން ނިމުމަކަށް ގެނައުމަށް ނިންމައިފި
މެޓާއިން "ޝަހީދު" މި ލަފުޒް ބޭނުންނުކުރެވޭގޮތައް އޮތްއޮތުން ނިމުމަކަށް ގެނައުމަށް ނިންމައިފި
މެޓާ ގެ ޕްލެޓްފޯމަ ތަކުގައި "ޝަހީދު" ނުވަތަ "މާޓާރ" ލަފުޒު ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށްގެނަން ނިންމައިފިއެވެ. މިއަދު މެޓާއިން ހާމަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ކޮންޓެންޓްތައް ބެލެހެއްޓުމާ ގުޅޭގޮތުން އެ ކުންފުންޏަށް އެތައް އަހަރެއް ވަންދެން ފާޑުކިޔުން އަމާޒުވެފައިވާއިރު، 2021 ވަނަ އަހަރު މެޓާ އިން އަމިއްލައަށް ކުރި ދިރާސާއަކުން ހާމަވެފައިވަނީ އަރަބި ބަހުން ވާހަކަ ދައްކާ މީހުންގެ އިންސާނީ ހައްގުތަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އެއާއެކު ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުން ގޮސްފައިވާކަމަށެވެ. އަދި އެ ފާޑުކިޔުންތައް މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަނުޖެހުންތައް ފެށުނު ފަހުން އިތުރުވެގެން ގޮސްފައިވާކަމަށެވެ. މެޓާ އަކީ ފޭސްބުކާއި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުންޏެވެ. ."ޝަހީދު" އާ ބެހޭ ގޮތުން މެޓާގެ ގަވައިދުތައް އެ ލަފުޒުގެ ތަފާތު މާނަތަކަށް ރިއާޔަތް ނުކޮށް، ހަރުކަށި އަމަލުތަކަށް ވާގިވެރިވާ މާނާގައި ކޮންޓެންޓް ތައް ނައްތާލަމުން ގެންދިއުން ގޯސްކަމަށް މިދިޔަ މާޗް މަހު މެޓާގެ ރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ. މެޓާގެ އޯވަސައިޓް ބޯޑުން މި ބަދަލަށް މަރުހަބާ ކިޔަމުން ބުނީ މެޓާގެ އެ ބަހާ ގުޅޭ ސިޔާސަތުގެ ސަބަބުން އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި ކުރިން އެތައް މިލިއަން ބަޔަކު ސެންސަރު ކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ