މީހެއްގެ ފިރިއެއް ދެކެ ލޯބިވުމަކީ ކޮންކަހަލަ ކަމެއް؟

މީހެއްގެ ފިރިއެއް ދެކެ ލޯބިވުމަކީ ކޮންކަހަލަ ކަމެއް؟
ލިޔުން:
މީހެއްގެ ފިރިއެއްދެކެ ލޯބިވުމަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ އުނދަގޫ ހާލަތަކަށް ވެދާނެ އެވެ. މީހަކާ މެދު އިހުސާސެއް އުފެދުމަކީ ތަބީއީ ކަމެއް ކަމުގައި ވިޔަސް، މި އިހްސާސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ވެސް އަދި އެހެން މީހުންނަށްވެސް ކުރާނެ އަސަރެއް ބެލުމަކީ މުހިއްމު ކަމެކެވެ.
ފުރަތަމަ ކަމަކަށް ކައިވެނީގެ ހައްދުތަކަށް އިހްތިރާމް ކުރަން ޖެހޭނެއެވެ. ކައިވެންޏަކީ ދެމީހެއްގެ މެދުގައި އޮންނަ ވަރުގަދަ މާތް ގުޅުމެކެވެ. މި ގުޅުމަށް އިހްތިރާމް ކުރުމަކީ މުހިންމު ކަމެކެވެ. ކައިވެނިކޮށްގެން އުޅޭ މީހަކާ ގުޅުމެއް ބޭއްވުމަކީ އެކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް އަނިޔާވެރި އަދި ގެއްލުން ލިބިދާނެ ކަމެކެވެ.
މީހެއްގެ ފިރިއެއް ދެކެ ލޯބިވެވިއްޖެ ނަމަ ތިމާގެ އިހުސާސްތަކުގެ ސަބަބުން ނިކުމެދާނެ ނަތީޖާ އަކަށް ވިސްނާލުން މުހިންމެވެ. އެދެމަފިރިންގެ ދިރިއުޅުން ހަލާކުވެދާނެ ކަމާއި ކުދިން ތިބި ނަމަ އެކުދިންނަށް ކުރާނެ އަސަރާއި މެދު ވެސް ވިސްނާލަންވާނެއެވެ.
އެ މީހަކަށް އެކަމުގައި ކިތަންމެ ފުން އަދި ވަރުގަދަ އިހްސާސެއް ކުރެވޭ ކަމެއް ކަމުގައި ވިޔަސް، ހާލަތަށް ބަލާލުން މުހިންމެވެ. ކައިވެނިކޮށްގެން އުޅޭ މީހަކާ ލޯބީގެ ގުޅުން ބޭއްވުމަކީ ޖަޒުބާތީ ގޮތުން އުނދަގޫ ކަމަކަށް ވެދާނެ ކަމެކެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކުރެވި ލަދުވެތިކަމާއި ހިތާމައާ ކުރިމަތިވެދާނެ އެވެ.
މީހެއްގެ ފިރިއެއްދެކެ ލޯބިވަނީ އެހެން މީހުން ނުލިބޭތީ ހެއްޔެވެ. ނޫވަތަ، މިހާރުވެސް ތިމާޔަށް ނުލިބޭނެ ކަން އިނގޭ މީހެއްގެ ފަރާތުން ސަމާލުކަން ހޯދަންވެގެން ހެއްވެ. އެހެން ކަމަށްވާނަމަ، ތިމާގެ އިހުސާސްތަކާއި ނިޔަތާއި މެދު ވިސްނާލާ އަމިއްލަ ނަފްސަށް ތެދުވެރިވުމާއި، އިތުބާރު ހުރި ރައްޓެހިން ނުވަތަ ޕްރޮފެޝަނަލް ފަރާތްތަކުގެ ސަޕޯޓާއި އިރުޝާދު ހޯދުމަކީ އެންމެ ރަނގަޅުގޮތެވެ.
މީހެއްގެ ފިރިއެއްދެކެ ލޯބިވެވިއްޖެކަން އަމިއްލައަށް އިހުސާސް ވެއްޖެ ނަމަ، އެމީހާ އާ ދިމާއަށް އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން، ފަހަތަށް ފިޔަވަޅެއް އަޅައި ހުރިހާ ދިމާލަކުން ހާލަތާ މެދު ވިސްނާލަން ވާނެއެވެ. ޖުމްލަކޮށް އެންމެނަނަށް ކުރާނެ އަސަރު ވިސްނާލަން ވާނެއެވެ.
ދެ އަންބަށް އިންނަން ބޭނުން ނަމަވެސް، އެކަމުގެ ނަތިޖާ ހުރިހާ ގޮތަކުން ވިސްނާލަން ވާނެއެވެ. ފިރިހެން މީހާގެ ފޯރުންތެރިކަމާ، ވަފާތެރިކަމާ، ތެދުވެރިކަމާ ހުރިހާކަމަކަށް ބަލަންވާނެއެވެ. އަދި އޭނާގެ އާއިލާ އަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް ވެސް ވިސްނަން ވާނެ އެވެ. އަމިއްލަ އެދުން އިސްކޮށް މަސްލަހަތު ނަގާލާކަށް ނުވާނެއެެވެ.
އަދި މީހެއްގެ ފިރިއެއް ދެކެ ލޯބިވެވި، އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އުންދަގޫވެ، ގެއްލުމެއްވާނަމަ، ކައުންސެލިންގ ނުވަތަ ތެރަޕީ ހޯދުމަކީ އެހީއަކަަށް ވެދާނެއެވެ.
އެހެން ކަމުން، މިފަދަ ކަމެއް ކުރުމުގެ ކުރިން ނަތިޖާއާ މެދު ރަނގަޅަށް ވިސްނާ، ހިޔާލު ހޯދާ، އެހެން މީހުންގެ އިހުސާސްތައް ދަނެ، މަސްލަހަތައް އިސްކަންދިނުން މުހިންމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
