"މެޑިޓަރޭނިއަން ޑައިޓް"، ދަރިން ނުލިބުމުގެ މައްސަލައަށް ހައްލެއް!

"މެޑިޓަރޭނިއަން ޑައިޓް"، ދަރިން ނުލިބުމުގެ މައްސަލައަށް ހައްލެއް!
ލިޔުން:
މެޑިޓަރޭނިއަން ކަނޑުގެ އައްސޭރި ހިއްސާކުރާ ގައުމުތަކުގެ ކެއިންބުއިމުގެ އުސޫލު ނުވަތަ "މެޑިޓަރޭނިއަން ޑައިޓް"ގެ ސިއްހީ ފައިދާތަކުގެ ވާހަކައަކީ އާ ވާހަކަައެއް ނޫނެވެ. މޭވާއާއި ތަރުކާރާއީއާއި މުގާއި އެކި ބާވަތް ބާވަތުގެ ގިނައިން އެކުލެވޭ މެޑިޓަރޭނިއަން ޑައިޓަކީ ދަރިން ނުލިބުގެ މައްސަލައަށް ވެސް އޮތް ހައްލެއް ކަން ފަހުގެ ދިރާސާއަކުން ވަނީ ހޯދިފަ އެވެ.
ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއާއި، މޮނާޝް ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ދަ ސަންޝައިން ގުޅިގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި މެޑިޓަރޭނިއަން ޑައިޓަކީ ދަރިމައިވުމުގެ ސިއްހަތު ޖުމްލަގޮތެއްގައި ރަނގަޅުކޮށްދިނުމުގެ އިތުރުން ސިއްހީ އެހީތެރިކަމާއި އެކު ދަރިމައިވާން ކުރާ މަސައްކަތް (އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީ) ގެ ނަތީޖާ ރަނގަޅުކޮށްދޭ ޑައިޓެކެވެ. އަދި އެއީ ދަރިފަނީގެ ހާލަތު ވެސް ރަނގަޅުކޮށްދޭ ޑައިޓެކެވެ.
އެ ދިރާސާއާ ބެހޭ ގޮތުން ސައިންސް ޑެއިލީއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ރިސާޗަރު ޑރ. އިވާންގެލިން މަންޒިއޯރިސް ވިދާޅުވެފައިވާ ގޮތުގައި ދަރިން ހޯދަން މަސައްކަތް ކުރާ އިރު ކެއިން ބުއިމަށް ބަދަލު ގެނައުމަކީ ވަރަށް ނަތީޖާ ރަނގަޅުވާނެ ކަމެކެވެ.
"ދަރިއަކު ހޯދަން ނިންމުމަކީ ހަޔާތުގައި ނިންމާ އެންމެ ބޮޑު އެއް ނިންމުން. އެކަމަކު ޕްލޭން ކުރި ގޮތަށް އެކަން ނުވާ ނަމަ އެއީ ދެބައިވެރިންނަށް ވެސް ވަރަށް ބޮޑު ހާސްކަމަކަށް ވާނެ،" ދިރާސާ ކުރި ސަބަބާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައި ވެ އެވެ.
މަންރިޒިއޯރިސް ވިދާޅުވެފައިވާ ގޮތުގައި ދަރިމައިވުމުގެ ނިޒާމުގެ ގުނަވަނެއްގައި ނުވަތަ ގުނަވަން ތަކެއްގައި ދުޅަ (އިންފްލެމޭޝަން) އެއް ހުރުމަކީ ދަރިން ލިބުމަށް ހުރަސް އެެޅޭ ކަމަކަށް ވާތީ ، ދިރާސާގައި ބެލީ އެކަން ކުޑަކޮށްދޭ ބައިތައް އެކުލެވޭ "މެޑިޓަރޭނިއަން ޑައިޓް" ފަދަ ޑައިޓަކުން ފައިދާއެއް ކުރޭތޯ އެވެ.
"ހިތްވަރު އާވާ ގޮތަށް، އަހަރެމެންނަށް އެނގުނީ އެންޓި އިންފްލެމޭޓަރީ ޑަައިޓަކަށް ކެއިން ބުއިން ބަދަލުކޮށްލައިފި ނަމަ ދަރިމައިވުމުގެ ސިއްހަތު ރަނގަޅުވާކަން،" އޭނާ ވިދާޅުވެފައި ވެ އެވެ.
އެންޓި އިންފްލެމޭޓަރީ ޑައިޓަކީ އަންސެޗުރޭޓެޑް ފެޓް ގިނައިން އެކުލެވޭ އަދި ރަތްކަން ގަދަ އެއްގަމު މަސް މަދުން އެކުލެވޭ ޑައިޓެވެ. މެޑިޓަރޭނިއަން ޑައިޓް ބައްޓަން ކޮށްފައި ހުންނަނީ އެގޮތަށެވެ. އެ އުސޫލުގައި ގިނަވާނީ ގަސްގަހުން ލިބޭ ބައިތަކެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ މުގާއި އޮށް އަދި މޭވާއާ ތަރުކާރީގެ އިތުރުން ޒައިތޫނި ތެޔޮ ހިމެނެ އެވެ. އަދި ހަވާދާއި ފަތްޕިލާވެއްޔާއި ޗީޒާއި ސަރުބީ މަދު، ކަނޑުމަަސް ވެސް ހިމެނެ އެވެ.
ދަރިން ނުލިބުމުގެ މައްސަލައަކީ މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެ މައްސަަލަ ކުރިމަތިވެފައިވާ 186 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިމަކަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
