މެޑިޓަރޭނިއަން އަށް ބޯޓެއް ބަންޑުން ޖަހާލައި 30 ހިޖުރަވެރިން ގެއްލިއްޖެ

މެޑިޓަރޭނިއަން އަށް ބޯޓެއް ބަންޑުން ޖަހާލައި 30 ހިޖުރަވެރިން ގެއްލިއްޖެ
ލިޔުން:
ލީބިޔާއިން ދަތުރުކުރަމުންދިޔަ ބޯޓެއް މޫސުން ގޯސްވެ މެޑިޓެރޭނިއަން ކަނޑުގެ މެދުތެރޭ ސަރަހައްދަށް ބަންޑުން ޖަހާލައިފިއެވެ.
ބޯޓުން ދަތުރުކުރި 30 މީހުން ގެއްލިފައިވާއިރު، އިޓަލީގެ ކޯސްޓުގާޑުން ވަނީ 17 މީހަކު ސަލާމަތްކޮށްފައެވެ.
ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނީ، މާޗަންޓް އުޅަނދުތަކާއި އީޔޫގެ ބޯޑަރު އެޖެންސީ ފްރޮންޓެކްސްގެ ވައިގެ އެހީގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ދެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށެވެ.
މެޑިޓެރޭނިއާ ސޭވިން ހިއުމަންސް ޗެރިޓީން އާދީއްތަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިޓަލީއާ ދިމާލަށް ދަތުރުކުރަމުން ދިޔަ އެ ބޯޓު ބަންޑުން ޖަހާލާފައިވަނީ ލީބިޔާގެ ބެންގާޒީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 110 މޭލު ބޭރުން ކަމަށެވެ.
އެލާމް ފޯން ނަމަކަށް ކިޔާ ޗެރިޓީން ކުރި ޓްވިޓާގައި ބުނީ 47 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓު ވަގުތުން ސަލާމަތް ކުރަން ކަމާއި ބެހޭ ފަރާތްތަކަށް އެންގި ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ފުރަތަމަ މީހުން ސަލާމަތްކުރަން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރެވޭނެ ވަސީލަތްތައް ނެތުމުން ލީބިޔާއިން، އިޓަލީގެ އެހީއަށް އެދުނެވެ.
ކޯސްޓްގާޑުން ބުނީ ސަލާމަތްކުރި މީހުންގެ ތެރެއިން ދެ މީހުންނަކީ ސިއްހީ އެހީތެރިކަން ބޭނުންވާ ދެ މީހުން ކަމަށާއި އެ މީހުންނަށް މޮލްޓާގައި ފަރުވާދޭނެ ކަމަށެވެ.
ކޯސްޓްގާޑުން ބުނީ އިޓަލީގެ ދެކުނު ފަރާތުގައި ހިންގި ތިން އޮޕަރޭޝަނެއްގައި 1300 އަށް ވުރެ ގިނަ ހިޖުރަވެރިން ސަލާމަތްކޮށްފައިވާ ކަމަށާއި އިތުރު 200 އެއްހާ ހިޖުރަވެރިން ސިސިލީ ކައިރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 17،600 މީހުން އިޓަލީއަށް ގޮސްފައިވާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ދިޔައީ 6،000 މީހުންނެވެ. މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދާން އުޅެނިކޮށް އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
