އެމްޑީޕީގެ އާއްމު މެންބަރުންގެ އަޤުލަބިއްޔަތުން ނިންމި ނިންމުން ޕާޓީގެ ރައީސާއި ނައިބް ރައިސް ގަބޫލެއްނުކުރި! އެވެސް ޑިމޮކްރަސީތޯ؟

އެމްޑީޕީގެ އާއްމު މެންބަރުންގެ އަޤުލަބިއްޔަތުން ނިންމި ނިންމުން ޕާޓީގެ ރައީސާއި ނައިބް ރައިސް ގަބޫލެއްނުކުރި! އެވެސް ޑިމޮކްރަސީތޯ؟
ލިޔުން:
ތަހުޒީބާއި ތަމައްދުން އާއްމު ރައްޔިތުމީހާ އާއި ހިސާބަށް ފޯރުކޮށްދޭ ވަސީލަތަކީ ޑިމޮކްރަސީ ކަމަށާއި އެ ނިޒާމަކީ ޝާމިލްވާ އެއްމެންވެގެން ކަންކަމުގައި ގޮތް ނިންމުމުގެ ފުރުސަތު ލިބިދޭ ނިޒާމުކަމަށް ވަކާލާތުކޮށް، ރައްޔިތު މީހާގެ ހައްގު މިންވަރު ހޯދައިދެވޭނީ ދިިވެހި ވެރިކަން އެނިޒާމުގެ މައްޗަށް ފުރޮޅާލައި ރައްޔިތުން އިޙްތިޔާރުކުރާ ވެރިއެއް ހުރެގެންކަމަށްބުނެ އެކިއެކި ޝިޔާރުތައް މަޑުމަޑުން ފާޅުވަމުންއައިސް އެ އަޑުތަށް ގަދަވެ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ގެ ނަމުގައި ބޭރުގެ ކަރައެއްގައި އުފެދުނު އެޙަރަކާތުން އޭރުގައި ރާއްޖޭގައި ހިނގަމުންދިޔަ ވެރިކަމަށް ކުރިމަތިކުރުވި ޕްރެޝަރުގެ ޢާހިރު ނަތީޖާއަކަށްވީ ރާއްޖޭގެ އަސްދަނޑިން އެހަރަކާތް އެތެރެވެ ހަތަރުފަރާތުން ސަރުކާރަށް ކުރިމަތިކުރުވި ޕްރެޝަރަށް ދޫދެއްވައި މިދެންނެވި ނަން "މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ ނަމުގައި ރަޖިސްޓަރީވެގެންދިއުމުވެ.
މިދެންނެވި ހަރަކާތް ރާއްޖޭގެ އަސްދަނޑިން އެތެރެވި ހިސާބުން އެއްމެ ހިތްވަރާއެކު އެހަރަކާތް ފުޅާކުރެއްވުމަށް މަސައްކަތްފުޅުކުރެއްވި އެއްބޭފުޅަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އަދި ހަމަ އެހަރަކާތުގައި އެއްމެ ކުރީސަފުން ފެނުނު ނޫކަށިފުރައިގެ އެއްމެ ހިތްވަރުގަދަ އެއް ޒުވާނަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މިހާރުގެ ނައިބްރައީސް މުޙައްމަދު ޝިފާޒް އެވެ.
މިދެންނެވި ޖެހިލުންކުޑަ ހިތްވަރުގަދަ ބުރަ މަސައްކަތުގައި އިސްސަފުގެ ބައިވެރިންނަކީ ރާއްޖެ މިހާރު މިދެކޭ ޑިމޮކްރަޓިކް ނިޒާމުގެ ބައްފައިންނާއި މަންމައިން ކަމުގައި ނޫނީ ނުވާނެއެވެ. މިގޮތުން ދިވެހިން މިހާރު މިދެކޭ ޑިމޮކްރަސީގެ އެއްމެ ބޮޑު އެއް ހިއްސާދާރަކީ ރައީސް މުޙައްމަދު ނަޝީދުކަމީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. އެމަނިކުފާނަކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާ ދައްްކަވަމުންގެންދެވި ބޭފުޅެއްކަން މާޒީން އޮތީ ފެނިހާމަވާށެވެ. ޑިމޮކްރަސީގެ އަސާސްތައް އެމަނިކުފާނު ގެންދެވީ އެކި އެކި އެއްވުންތަކުގައްޔާއި ލިޔުއްވުންތަކުގައްޔާއި ޓެލެވިޒަން އާއި މި ނޫންވެސް ރައްޔިތުންނާހަމައަށް ފޯރާނެ ކޮންމެ ވަސީލަތެއްގެ ޒަރީއާއިން ބުނެދީ ރައްޔިތުންނަށް ދަސްކޮށްދެމުންނެވެ. މަޝްވަރާގެ މުޙިއްމުކަމާއި ބަސްބުނުމުގެ ހައްގާއި ގޮތްނިންމުމުގެ ހައްގު ފަދަ އަސާސްތަކަކީ އެމަނިކުފާނު ވަރަށް ފަރިތަކާމާއެކު ރައްޔިތުންނަށް ކިޔައިދީފައިވާ ކަންކަމެވެ.
ބައެއްގެ ތެރޭގައި ކަމެއް މިންނާއިރު އެކަމުގައި ޝާމިލުވާ ފަރާތްތަކުން ބަސްބުނުމުގެ ފުރުސަތު ލިބިދޭންޖެހޭނެކަމަށާއި، އަގުލަބީުޔަތުން ކަންކަން ނިންމުމުން ދެންތިބީން އެކަމުގައި އަމަލުކުރަންވީ ގޮތުގެ ނަމޫނާ އެމަނިކުފާނު ކުރިން ދިޔައީ ދައްކަވަމުންނެވެ.
ނަމަވެސް 28 ޖެނުއަރީ 2023 ގައި އެމް.ޑީ.ޕީ އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާކަމުގެ ކަމުގެ މަގާމަށް ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެމް.ޑީ.ޕީ ގެ އާއްމު މެންބަރުން ނިންމި ނިންމުމަށް އެމަނިކުފާނު އިޙްތިރާމް ނުކުރައްވާތަން ފެންނަމުން ދިއުމަކީ އެމް.ޑީ.ޕީ ގެ 17 އަހަރުގެ މާޒީގައި އެ ޕާޓީން ދިވެހިންނަށް ދައްކުވައިދިން ޑިމޮކްރަސީގެ ރީތި ނަމޫނާއާއި މުޅިން އިދިކީލަ އަމަލުތަކެއްގެ ގޮތުގައި ރައްޔިތުން ދަނީ ބުނަމުންނެވެ.
ރާއްޖޭގައި މިހާތަނަށް އުފެދިފައިވާ އެއްމެ ބޮޑު ސިޔާސީ ޕާޓީ އަކީ އަބަދުވެސް ގޮތް ނިންމުމުގައި ޕާޓީގެ އާއްމު މެންބަރުންގެ ބަސް ހޯދައި އެގޮތުގެ މައްޗަށް ޕާޓީގެ ކަންކަން މިސްރާބުކުރާ ޕާޓީއެއްކަން ފާހަގަކުރެވެއެ. މިގޮތުން އާއްމު މެންބަރުންގެ ވިންދާ އެއްގޮތައް ޕާޓީ ހިންގުމުގައި އެއްމެ އިސްކޮށް ހުންނަވާފަރާތަކީ ޕާޓީގެ ރައީސް އާއި ޕާޓީގެ ނައިބްރައީސް އެވެ. ސުވާލަކީ ޕާޓީގެ އާއްމު މެންބަރުންގެ ބޮޑު އަގުލަބީޔަތަކުން ކަމެއް ނިންމީމައި ޕާޓީގެ ރައީސްއާއި ނައިބް ރައީސް އަށް އެ މެންބަރުންގެ ނިންމުން ތަންފީޒު ނުކޮށް ތިބެވިދާނެތޯއެވެ؟
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
