މާލެ: 31°C

ކޮލޮރެކްޓަލް ކެންސަރުގެ ފަރުވާއަށް ޓެސްޓް ކުރި ބޭސް 100 ޕަރސެންޓް ކާމިޔާބު ކަމަށްބުނެފި

January 27, 2025
1235 ފަހަރު ބަލާފައި
ކޮލޮރެކްޓަލް ކެންސަރުގެ ފަރުވާއަށް ޓެސްޓް ކުރި ބޭސް 100 ޕަރސެންޓް ކާމިޔާބު ކަމަށްބުނެފި
ކޮލޮރެކްޓްރަލް ކެންސަރުގެ ފަރުވާގެ ކްލިނިކަލް  ޓެސްޓުގައި ބޭނުންކުރި ބޭހުން  100 އިންސައްތަ ކާމިޔާބުކަމަށް ދައްކައި ޑޮކްޓަރުން ހައިރާން ކޮއްލައިފިއެވެ.

ކޮލޮރެކްޓަލް ކެންސަރުގެ ފަރުވާގެ ކްލިނިކަލް  ޓެސްޓުގައި ބޭނުންކުރި ބޭހުން  100 އިންސައްތަ ކާމިޔާބުކަމަށް ދައްކައި ޑޮކްޓަރުން ހައިރާން ކޮއްލައިފިއެވެ.

ޑޮސްޓަރލިމެބް ނަމަކަށް ކިޔާ މި ބޭހަކީ އިންސާނާގެ ހަށިގަނޑުގައި އުފައްދާ އެންޓި-ބޮޑީސް ލެބޯޓަރީ-މޭޑް މޮލިކިއުލްސް ގައި އުފައްދައިގެން ބޭނުންކުރަންފެށި ބޭހެކެވެ. މި ބޭހުގެ ދިރާސާއަށް މިހާތަނަށް މި ބޭސް ބޭނުންކޮށްފައިވާ 18 ބަލި މީހުންގެ ތެރެއިން އެންމެންގެ ގައިން 1 އަހަރު ތެރޭގައި ކެންސަރު އެއްކޮށް ނައްތާލެވިފައިވެއެވެ.

މި ބޭހުގެ ކްލިނިކަލް ޓެސްޓިންގ ގައި މި ބޭސް ބޭނުންކުރި ބަލި މީހުންގެ ޕެޓް ސީޓީ ސްކޭން، އެމް.އާރު.އައި އަދި އެންޑެސްކޯޕީ ހަދާފައިވާއިރު މިއިން އެއްވެސް ޓެސްޓަކުން ކެންސަރުގެ އެއްވެސް އަލާމާތެއް މި ބަލިމީހުންގެ ގައިގައި ނެތްކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ނިއުޔޯކްގެ މެމޯރިއަލް ސްލޯއަން ކެޓަރިން ކްންސަރ ސެންޓަރުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ލިއިޒް.އޭ.ޑިއޭޒް ބުނެފައިވަނީ މިއީ ކެންސަރުގެ ދިރާސާތަކުގެ ދިގު ތާރީޚުގައި މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރުކަމެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ