މަޝްވަރާކުރަން ޔޫކްރޭނުން ޗައިނާއަށް ދައުވާތުދީފި

މަޝްވަރާކުރަން ޔޫކްރޭނުން ޗައިނާއަށް ދައުވާތުދީފި
ލިޔުން:
ޔޫކްރޭއިން ރައީސް ވޮލޮޑަމީރް ޒެލެންސްކީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް މަޝްވަރާގެ ދައުވަތު ފޮނުއްވައިފައެވެ.
ސްވިޒަލޭންޑްގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޗައިނާގެ ވަފުދަށް ދައުވަތުގެ ސިޓީ ހަވާލުކޮށްފައިވާ ކަމަށް ޒެލެންސީގެ އަނބިކަނބަލުން އޮލެނާ ޒެލެންސްކީއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ޒެލެންސްކީ ތަކުރާރުކޮށް ޝީއަށް ގުޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މައްޗަށް ޗައިނާގެ ނުފޫޒު ބޭނުން ކުރާނެ ކަމުގެ އުއްމީދުގައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގެ ދައުވަތަށް ޖަވާބެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.ޗައިނާ އާއި ރަޝިއާއިން "ނޯ ލިމިޓްސް" ޕާޓްނާޝިޕެއް އިއުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޗައިނާއިން މަސައްކަތްކުރަނީ ހަނގުރާމާގައި އެއްވެސް ކޮޅަކަށް ނުޖެހި "ނިއުޓްރަލް" ބައެއްގެ ގޮތުގައި ތިބުމަށެވެ. ނަމަވެސް ރަޝިޔާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްފައިވެއެވެ. ހާއްސަކޮށް ހަކަތައިގެ ދާއިރާއިންނެވެ.
ބައެއް ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރުމަށް މެދުވެރިއެއްގެ ހައިސިއްޔަތުން ޗައިނާއަށް އެންމެ ފަހުން ފިޔަވަޅު އެޅިދާނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެެ ހާރިޖީ ވަޒީރު ވަންގް ޔީ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، "މި މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް" ގޮވާލައްވާފައެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހަށް މިދިޔަ އޮގަސްޓް މަހު ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ޝީއާ އެކު "ރަސްމީކޮށް ވާހަކަ ދެއްކުމަށް އެދުނު" ކަމަށާއި މަޝްވަރާއަކީ "އެހީއަކަށް ވާނެ" ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
