މަރާލި ފިރިމީހާ އަހަރެއް ފަހުން ފެނިއްޖެ!

މަރާލި ފިރިމީހާ އަހަރެއް ފަހުން ފެނިއްޖެ!
ލިޔުން:
ކެރެލާގެ ޕަތަނަމްތިއްޓާ ޑިސްޓްރިކްޓްގައި މީގެ ދޮޅު އަހަރު ކުރިން ގެއްލުނު އުމުރުން 34 އަހަރުގެ ފިރިހެނަކު ފެނިއްޖެއެވެެ.
އެ މީހާ ފެނިފައިވަނީ އިޑުއްކީ ޑިސްޓްރިކްޓްގެ ތޮޑޫޕޫޒާ ކައިރީގައި އޮންނަ އަވަށަކުންނެވެ.
ތޮޑުޕޫޒާ ކައިރީގައި އޮންނަ ތޮމްމަންކުތު އިން ނައުޝާދު ނަމަކަށް ކިޔާ މި މީހާ ފެނިފައި ވަނީ އޭނާ ގެއްލުނު މައްސަލައާ ގުޅިގެން އޭނާގެ އަންހެނުން އަފްސާނާ (25އ) ހައްޔަރުކުރިތާ އެއް ދުވަސް ފަހުންނެވެ.
ނައުޝާދު މަރާލައި އޭނާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ބުނެ އޭނާގެ އަންހެނުން ވަނީ ފުލުހުންނަށް ބަޔާނެއް ދީފައެވެ.
ފުލުހުން ބުނީ ޕަތަނަމްތިއްޓާ ޑިސްޓްރިކްޓްގެ ކަލަންޖޫރު ސަރަހައްދަށް ނިސްބަތްވާ ނައުޝާދު ގެއްލުނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ކުއްޔަށް ހިފައިގެން އުޅުނު ގެއިން ކަމަށެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ ތޮމްމަންކުތުގައި ހުންނަ ފާމެއްގައި މަސައްކަތްތެރިއެއްގެ ގޮތުގައެވެ.
ތޮއްޑޫޕޫޒާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ނައުޝާދު ބުނީ "އަނބިމީހާ ދެކެ ބިރުން ގެއިން ނުކުތީ" ކަމަށެވެ.
ނައުޝާދު ތުހުމަތު ކުރާ ގޮތުގައި އޭނާގެ އަނބިމީހާ ބުނެ ބަޔަކުވަނީ އޭނާއަށް އަނިޔާކޮށްފައެވެ.
އަފްސާނާ، ފުލުހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ޕަތަނަމްތިއްޓާގެ ކޫޑަލްއިން ފުލުހުންނަށް އޮޅުވާލައިގެން ބަޔާނެއް ދިނުމުންނެވެ.
ނައުޝާދު މަރާލައި ވަޅުލާފައިވާ ކަމަށް އަންހެން މީހާ ފުލުހުން ގާތުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
