މަނިޕޫރުގެ ނަސްލީ ހަމަނުޖެހުމުގެ ތެރެއިން މިނިސްޓަރެއްގެ ގޭގައި ރޯކޮށްލައިފި

މަނިޕޫރުގެ ނަސްލީ ހަމަނުޖެހުމުގެ ތެރެއިން މިނިސްޓަރެއްގެ ގޭގައި ރޯކޮށްލައިފި
ލިޔުން:
އިންޑިއާގެ އިރުއުތުރުގެ މަނިޕޫރުގެ ފެޑެރަލް މިނިސްޓަރެއް ކަމަށްވާ އާރްކޭ ރަންޖަން ސިންގްގެ ގޭގައި ބަޔަކު ރޯކޮށްލައިފިއެވެ.
އެ ސްޓޭޓުގައި ނަސްލުތަކުގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޖޫނިއާ ފޮރިން މިނިސްޓަރު އާރްކޭ ރަންޖަން ސިންގްގެ އޮފީހުން މިދިޔަ ހުކުރު ދުވަހު ވަނީ ވެރިރަށް އިމްފާލްގައި ހުންނަ އޭނާގެ ގެއަށް ބަޔަކު ގެއްލުންދީ އަންދާލާފައިވާކަން ކަށަވަރުކޮށްދީފައެވެ
އަލިފާން ރޯ ކޮށްލި ވަގުތު އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ރަންޖަން އެހީތެރިއަކު ބުންޏެވެ.
ރަންޖަން އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ފެޑެރަލް މިނިސްޓަރެކެވެ. މަނިޕޫރު ސްޓޭޓްގައި ވެރިކަން ކުރަމުން ދަނީވެސް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންނެވެ.
އެ ހަމަލާ ދީފައިމިވަނީ މަނިޕޫރުގައި ދެ ނަސްލުގެ ދެމެދުގައި އެތައް ހަފުތާއެއްވަންދެން ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެންނެވެ. ހަމަނުޖެހުންތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފަރުބަދަތަކުގައި ދިރިއުޅޭ ކްރިސްޓިއަން ކުކީ ނަސްލާއި އެ ސްޓޭޓުގެ ތިރި ބިންތަކުގައި ދިރިއުޅޭ ހިންދޫންގެ އަގުލަބިއްޔަތު އޮންނަ މީތޭސް މީހުންނެވެ.
އެ މީހުންގެ މެދުގައި ހަމަނުޖެހުންތައް ފެށުނީ އިގްތިސާދީ މަންފާތަކާއި، ސަރުކާރުގެ ވަޒީފާތަކާއި ތަޢުލީމަށް ހާއްސަކޮށްފައިވާ ކޯޓާތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ.
ފެޑެރަލް ހޯމް މިނިސްޓްރީގެ ފަހުގެ ރެކޯޑްތަކަށް ބަލާއިރު މެއި މަހުން ފެށިގެން ހިނގި ހަމަނުޖެހުންތަކުގައި 100 މީހުން މަރުވެ، 60،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.
ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ޒަހަމްވެ ގެދޮރު ނެތި ދޫކޮށްލާފައިވާ ކަމަށް މެއިޓެއި އާއި ކުކީ މުޖުތަމައު ތަމްސީލުކުރާ މަދަނީ ޖަމިއްޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
