މާލެ: 31°C

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

March 11, 2023
2 ފަހަރު ބަލާފައި
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފިއެވެ. އުމުރުން 75 އަހަރުގެ މުހްޔިއްދީން ޔާސީން ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގައި ބޮޑުވަޒީރު އަންވަރު އިބްރާހިމް އަތުން ބަލިވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރަނީ އެމަނިކުފާނުގެ ސަރުކާރުގެ ކޮވިޑް ފަންޑު މެދުވެރިކޮށެވެ. ސަޕޯޓަރުން ބުނަމުން ދަނީ އެއީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށެވެ. އިދިކޮޅު އިއްތިހާދުގެ ލީޑަރަށް އަމާޒުކޮށް ޖިނާއީ ދައުވާ އުފުލާފައި މިވަނީ އަންނަ ޖުލައި މަހު ބާއްވާ ސްޓޭޓްތަކުގެ މުހިންމު އިންތިހާބާ ދިމާކޮށެވެ. މެލޭޝިއާގެ 1 އެމްޑީބީގެ އިންވެސްޓްމަންޓް ކޮރަޕްޝަންގެ ކުށް ސާބިތުވެ ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށް ލުމަށް ފަހު މުހްޔިއްދީނަކީ ކޮރަޕްޝަންގެ ދައުވާ އުފުލި މެލޭޝިއާގެ ދެވަނަ ކުރީގެ ބޮޑުވަޒީރެވެ. މެލޭ ނަސްލުގެ، މުސްލިމް އިއްތިހާދެއްގެ ލީޑަރު މުހްޔިއްދީން ވަނީ 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 17 މަސް ދުވަހަށް ގައުމު ހިންގަވާފައެވެ. އޭނާއަކީ މިހާރުގެ ބޮޑުވަޒީރު އަންވަރުއާ ވަރަށް ދިގު ވާދަވެރިކަމެއް އޮންނަ ބޭފުޅެކެވެ. މި ދެބޭފުޅުންނަކީ ސިޔާސީ ހިޔާނާތުގެ ތާރީހެއް އޮތް ދެބޭފުޅުންނެވެ. ކުރީގެ ލީޑަރުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ގިނަ ދައުވާތަކެއް ކުއާލަލަމްޕޫރުގެ ކޯޓެއްގައި މިދިޔަ ހުކުރު ދުވަހު ވަނީ އުފުލައިފައެވެ. ރިޝްވަތުގެ ގޮތުގައި 51 މިލިއަން ޑޮލަރު ހޯއްދެވި ކަމަށް ވަކީލުން ތުހުމަތު ކުރެ އެވެ. އަދި އެ ފަންޑު މެދުވެރިކޮށް މަނީ ލޯންޑަރިންގެ ދެ މައްސަލައެއްވެސް ވަނީ ތުހުމަތުކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މުހްޔިއްދީންގެ ޕާސްޕޯޓް ހިފަހައްޓާފައިވީ ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލާގައި ދޫކޮށްލީ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހު އެ މައްސަލަ ބަލަން ފެށީ އޭނާގެ ޕާޓީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެންނެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުގައި އެ ޕާޓީގެ ކުރީގެ ދެ ބޭފުޅަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މިހާދިސާގެ ސަބަބުން މެލޭޝިއާގެ ސިޔާސީ މަސްރަހުގައި ނުތަނަވަސްކަން އިތުރުވެގެން ދެއެވެ. ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގައި އެގައުމުގެ މެޖޯރިޓީ އޮންނަ މެލޭ ވޯޓާސް އާބާދީގެ މެދުގައި އެންމެ މަގުބޫލުވީ މުހްޔިއްދީންގެ ކޮންޒަވޭޓިވް މެލޭ މުސްލިމް އިއްތިހާދެވެ. ނަމަވެސް ބޮޑުވަޒީރު އަންވަރު އިބްރާހިމް ވެރިކަން ހޯއްދެވީ ކޮރަޕްޝަންގެ ޝިކާރައަކަށްވެފައިވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން ޕާޓީ (ޔޫއެމްއެންއޯ) އާ ގުޅިވަޑައިގަތުމަށް ފަހުއެވެ. އަންވަރުގެ ޑެޕިއުޓީ އަދި މިހާރުގެ އުމްނޯ ލީޑަރުގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވެއެވެ. ޖުލައި މަހު ބާއްވާ ސްޓޭޓް ތަކުގެ އިންތިހާބަކީ މިހާރުގެ ބޮޑުވަޒީރަށް އޮތް ތާއީދުގެ އިމްތިހާނެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ