މާލެ: 31°C

މެލޭޝިޔާގައި މަރުގެ އަދަބު އުވައިލަން ފާސްކޮށްފި

April 3, 2023
2 ފަހަރު ބަލާފައި
މެލޭޝިޔާގައި މަރުގެ އަދަބު އުވައިލަން ފާސްކޮށްފި
މެލޭޝިޔާގައި މަރުގެ އަދަބު އުވައިލަން ފާސްކޮށްފި
މެލޭޝިއާގެ ގާނޫނުގައި ބައެއް ކުށްތަކުގައި މަރުގެ އަދަބު ދޭން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ގެނެސް މަރުގެ އަދަބު އުވާލަން މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، "ދީވާން ރަކްޔަތު" އިން ފާސްކޮށްފިއެވެ. މެލޭޝިއާގެ ދުސްތޫރީ ނިޒާމު އޮންނަ ގޮތުން އެ ބިލު ދެން ދާނީ އެ ގައުމުގެ މަތިގެ "ދީވާން ނެގަރާ" އަށެވެ. އަދި އެއަށް ފަހު ގާނޫނަށް އަމަލުކުރަން ފަށާނީ އެގައުމުގެ ރަސްގެފާނު އެ ބިލު ތަސްދީފުކުރައްވައި ސޮއި ކުރެއްވުމުންނެވެ. މެލޭޝިއާގައި މިއަދު ފާސްކުރި ބިލުގައިވާ ގޮތުން މަރުގެ އަދަބުގެ ބަދަލުގައި  ދޭނެ އަދަބު ތަކުގެ ތެރޭގައި 30 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ. މަރުގެ އަދަބު އުވާލާނެ ކަމަށް 2018 ވަނަ އަހަރު މެލޭޝިޔާއިން ވައުދުވިއެވެ. އޭގެ ފަހުން މަރުގެ އަދަބު ދިނުން އޮތީ މަޑުޖައްސާލާފައެވެ. މެލޭޝިއާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ ގާނޫނީ މާނައަކީ ކަނޑައެޅިފައިވާ 30 އަހަރެވެ. ލޯ މިނިސްޓަރުގެ ނައިބު ރާމްކަރްޕާލް ސިންގް ވިދާޅުވީ މަރުގެ އަދަބަކީ ކުށްކުރުން ހުއްޓުވުމަށް ކާމިޔާބު އަދަބެއް ނޫން ކަމަށާއި އެއީ އިއާދަ ނުކުރެވޭ ވަރުގެ އަދަބެއް ކަމަށެވެ. މިއަދު ފާސްކުރި ބިލު ތަސްދީގުކޮށް ގާނޫނަކަށް ވުމުން މިހާރު މަރުގެ އަދަބު ކަނޑައަޅާފައިވާ 34 ކުށަކަށް މަރުގެ އަދަބު ދިނުން ހުއްޓައިކާނެ އެވެ. އޭގެ ތެރޭގައި މީހުން މެރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހިމެނ އެވެ. މެލޭޝިއާއިން މިފިޔަވަޅު އަޅާފައި މިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން މަރުގެ އަދަބު ދިނުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރު ސިންގަޕޫރުން މަސްތުވާތަކެތީގެ ކުށްތަކުގައި 11 މީހެއްގެ މައްޗަށް މަރުގެ އަދަބު ދީފައިވާއިރު، ޑިމޮކްރަސީއަށް ތާއީދުކުރާ ހަތަރު އެކްޓިވިސްޓެއްގެ މައްޗަށް މިޔަންމާއިން މަރުގެ ހުކުމް އިއްވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ