މެލޭޝިއާގައި ފެންބޮޑުވެ ހަތަރު މީހަކު މަރުވެއްޖެ

މެލޭޝިއާގައި ފެންބޮޑުވެ ހަތަރު މީހަކު މަރުވެއްޖެ
ލިޔުން:
މެލޭޝިއާގެ ދެކުނުގެ ޖޯހޯރު ސްޓޭޓުން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެހުނު ވާރޭގައި ހަތަރު މީހުން މަރުވެ، 40،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ގެދޮރު ގެއްލުނު މީހުންނަށް 200 އަށް ވުރެ ގިނަ ވަގުތީ ބޯހިޔާވަހިކަން ލިބޭނެ ތަންތަން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ބުދަ ދުވަހުން ފެށިގެން މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ވެހިކަލެއްގައި ތާށިވެފައި ހުރި މީހަކު ފެންބޮޑުވުމުގެ ސަބަބުން ގެނބިގެން މަރުވި ހާދިސާއެއް ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
އޮކްޓޯބަރު މަހުން ފެށިގެން މާޗް މަހާ ދެމެދު މެލޭޝިއާގައި މޫސުން ވަރަށް ބޮޑަށް ގޯސްވެއެވެ.
"އަޅުގަނޑުމެން އަބަދުވެސް ތައްޔާރުވަމުން އައީ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވިއްސާރަ މޫސުމަށް. ކޮންމެ ގޭބިސީއެއްގައި ވެސް ބޯޓެއް އޮތް ނަމަވެސް މިހާރު އަންދާޒާ ނުކުރެވޭ ފަދަ މޫސުމަކާ އެކު ހީވަނީ އަހަރެމެން ތައްޔާރު ނުވެ ހަލަބޮލިވެފައިވާ ހެން،" ޔޮންގް ޕެންގް ނަމަކަށް ކިޔާ ޖޯހޯރު ޓައުނުގައި ދިރިއުޅޭ އުމުރުން 57 އަހަރުގެ ނޫރް ސާދު ރޮއިޓާސް އަށް ކިޔައިދިނެވެ.
މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އޭޕްރީލް މަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެއީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ޖޯހޯރުގައި ޒިޔާރަތްކުރައްވާފައެވެ. އެއަށް ފަހު ކުރެއްވި ޓްވިޓާގައި ވިދާޅުވެފައި ވަނީ "ފެންބޮޑުވުމުގެ މައްސަލައިން އަރައިގަތުމަށް ސަރުކާރުން ކުރިއަށް ގެންދާ މިޓިގޭޝަން ޕްރޮޖެކްޓްތައް އަވަސް ކުރާނެ" ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް ފެޑެރަލް އަދި ސްޓޭޓް ސަރުކާރުތަކުން ވެސް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
