ސްރީލަންކާގެ އިލެކްޓްރިކަލް ގްރިޑް ސަބް ސްޓޭޝަނަކަށް މަކުނެއް ވަނުމުގެ ސަބަބުން ލަންކާބެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްރީލަންކާގެ ގަޑިން މެންދުރު 11:30 ގައި ލަންކާގެ ބޮދުބަޔަކުން ކުއްލިއަކަށް ކަރަންޓް ކެނޑުމާ ގުޅިގެން ރައްޔިތުން ކުއްލި ހާސްކަމެއްގެ ތެރެއަށް ގޮސްފައިވަނިކޮށް ރައްޔިތުންނަށް އިވުނު އާދަޔާ ޚިލާފް ހަބަރަކީ ލަންކާގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވަނީ ސްރީލަންކާގެ އިލެކްޓްރިކަލް ގްރިޑް ސަބް ސްޓޭޝަނަކަށް މަކުނެއް ވަނުމުގެ ސަބަބުން ކަމަށެވެ.
ސްރީލަންކާގެ އެނާޖީ މިނިސްޓަރު ކުމާރާ ޖަޔަކޯޑީ ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ދެކުނު ކޮލަމްބޯގެ އަވަށެއްގައި ހުރި އިލެކްޓްރިކަލް ގްރިޑް ސަބް ސްޓޭޝަނަކަށް މަކުނެއް ވަނުމުގެ ސަބަބުން ސްބް ސްޓޭޝަނަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ކަމަށާއި އަދިވެސް މައްސަލަ މުޅިން ހައްލު ނުކުރެވޭ ކަމަށެވެ.
3 ގަޑިއިރު ފަހުން ބައެއް ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދެވުނު ނަމަވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތި ވަމުން އަންނަ ކަމަށާއި، އެ މައްސަލަ ދިމާވަނީ ސިސްޓަމް އިމްބެލެންސް ވުމުގެ ސަބަބުން ކަމަށާއި އެހެންކަމުން މުޅިން ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އަދި ނަގާނެ ވަގުތު އަންޒާދާ ނުކުރެވޭކަމަށްވެސް އިންޖިނިއަރުންނާ ޚަވާލާދީ ބުނެފައިވެއެވެ.
ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ ވެބްސައިޓުގައި ވަނީ "ވީހާވެސް އަވަހަކަށް މުޅި ރަށުން ކަރަންޓު ކެނޑުން އަލުން އިއާދަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.







