މާލެ: 31°C

މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފެށެނީ، ކުދިންނާއި ބެލެނެވެރިން ވިސްނާލަންވީ ބައެއްކަންކަން

January 6, 2024
3 ފަހަރު ބަލާފައި
މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފެށެނީ، ކުދިންނާއި ބެލެނެވެރިން ވިސްނާލަންވީ ބައެއްކަންކަން
މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފެށެނީ، ކުދިންނާއި ބެލެނެވެރިން ވިސްނާލަންވީ ބައެއްކަންކަން
މާދަމާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިމި ޗުއްޓީއަކަށް ފަހު ދެވަނަ މުގެ ކިޔެވުން ފެށުމަށް މިވަނީ ތައްޔާރުވެފައެވެ. ކުދިންނާއި މުދައްރިސުންނާއި ބެލެނިވެރިން ވަރުބަލި ފިލުވާލާ ކުޑަ ދުވަސްކޮޅަކަށްފަހު އަނެއްކާ ވެސް ބުރަ މަަސައްކަތާއިގެން އުޅެގަންނަން މިއަދު މި ތައްޔާރު ވަނީ އެވެ. ފެށޭ ޓާމަކީ ނިމުނު ޓާމަށް ވުރެ ކާމިޔާބު ޓާމަކަށް ހެދުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންކަން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ހިއްސާކުރައްވައެވެ. އެގޮތުން ޝައުގުވެރިކަމާއި އެކު އުނގެނޭ އުފެއްދުންތެރި ދުވަސްތަކަަށް މި ޓާމު ހެދުމަށްޓަކައި، މި ކިޔައިދޭ ކަންތައްތައް ކުރެވިދާނެ އެވެ. - ކުރީބައިގަ ޕްލޭންކޮށް މިޓާމު ދަރިވަރު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުން ކުރިއަށް ރޭވުމަކީ ނުވަތަ ޕްލޭން ކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް މިއީ އެހައި މުހިންމު ކަމެއްކަމަށް ނުދެކި ގިނަ ފަހަރަށް ނުކޮށް ދޫކޮށްލެވޭ ކަމެކެވެ. މިސާލަކަށް  ހަފުތާ އެއްގައި ކުރާނެ ކަންތައްތައް ދުރާލައި ރޭވިދާނެ އެވެ. އެގޮތުން ހަފްތާ ބަންދުގައި ކުރާނެ ކަންކަން ވެސް ހަފްތ ާފެށޭއިރު ރާވާލުމުން ފަސޭހަވާނެ އެވެ. ދުވަހަށް ކަންތައްތައް ރޭވުމުން އޮންނާނީ ކުރެވޭ ފަހަރާއި ނުކުރެވޭ ފަހަރު އައިސްފަ އެވެ. ނަމަވެސް މުޅި ހަފުތާގެ ދުވަސްތަކަށް ބަހާލައިގެން ކަންކަން ރޭވުމުން އެދެވޭ ނަތީޖާ އެއް ނިކުންނާނެ އެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަަކު ވެސް ' ޓުޑޫ ލިސްޓެއް ' އެދުވަހަު ލިޔެލުމަކީ ވަގުތު ސަލާމަތް ކުރަން ވަރަށް ފަސޭހަ ގޮތެކެވެ. ނަމަވެސް މާ ބޮޑެތި ހާސިލް ކުރަން ދަތި ލަންދުދަނޑި ކަނޑަ ނާޅާށެވެ. އެކުއްޖެއްގެ ފެންވަރުން ކުދި ކަންކަން ޕްލޭން ކުރާނީއެވެ.

- ވަގުތަށް ކަންކަންް ކޮށް ނިންމުމުގެ ހުނަރު އަށަގެންނެވުމަށް މަސައްކަތް ކުރުން

ކަންކަން ރާވާލައިގެން ކުރިއަށް ގެންދިއުމަކީ ކިޔަވާކުއްޖެއްގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިންމު ސިފައެކެވެ. ފަހަށް ކަންކަން ބެހެއްޓުމަކީ ކިޔަަވާކުދިންނަށް އެޅޭ އެންމެ ބޮޑު ޅައެއްޗެވެ. އާ ޓާމެއް ފެށޭ ވަގުތަކީ މި ނޭދެވޭ އާދައިން ދުރުހެލިވުމަށް އޮޮތް އެންމެ ރަނގަޅު ވަގުތެވެ.

- އުނގެނުމުގެ މާާހައުލު ރަނގަޅަށް ތަރުތީބުކުރުމާއި ބޭނުންވާނެ މުހިންމު އެއްޗެހި ހޯދުން

ކޮންމެ ބެލެނިވެރިއެއްވެސް ދިރާސީ އާ އަހަރު ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާނެ ހުރިހައި އެއްޗެއް ހުންނާނީ ހަމަކޮށްފަ އެވެ. އެކަކަމު ޓާމު ނިމޭ އިރު ބައެއް ފަހަރު ތަކެތި ހުރިކަމަަށް ހީކޮށް އަޅާނުލެވި ހުރެއެވެ. ނަމަވެސް އާާޓމެއް ފަށާއިރު ވެސް މުހިންމު ހުރިހާއެއްޗެއް ހަމަތޯ ބެލުމަކީ މުހިންމުކަމެކެވެ. އަދި ގޭގައި ކިޔަވަން އިންނަ މާހައުލަކީ ރަނގަޅަށް ތަރުތީބު ކުރެވިފައިވާ މާހައުލަކަށް ހެދުމަކީ މުހިންމު ކަމެކެވެ. އޭރުން ވަަރަށް އަރާމާއި އެކުގައި ކިޔެވުމަށް ވަގުތު ހޭދަކުރެވޭނެ އެވެ. މިސާލަކަށް ޕްރޮޖެކްޓް މަސައްކަތެއް ކުރަން ނުވަތަ އެސައިންމެންޓެއް ހަދަންް ލެޕްޓޮޕް ހިފައިގެން މޭޒުދޮށުގައި އިނުމުގެ ބަދަލުގައި ބައެއް ދަރިވަރުންނަށް އެކުދިންގެ އެނދުވެސް މާ ފަސޭހަ ވެދާނެ އެވެ. މިފަދަ ގޮތެއް ވެއްޖެނަމަ، މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހަައި ސާމާނެއް އެނދާއި ކައިރީގައި، ފަސޭހައިން އަތުޖެހޭ ހިސާބުގައި ބެހެއްޓިދާނެއެވެ. ބަލަންވީ ކުއްޖާއަށް އެންމެ ފަސޭހައިން ކިޔެވުމަށް ފޯކަސް ކުރެވޭނެ ގޮތެކެވެ.

- އަމަލީ މަސައްކަތް މުހިންމު

ގިނަ ދަރިވަރުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެކެވެ. އަނެއްބައި ކުދިންނަކީ ކުޅިވަރަށް ލޯބި ނުކުރާ ބައެކެވެ. ކިޔެވުމަކީވެސް ސިއްޙަތާއި ގުޅިފައިވާ ކަމެކެވެ. ކުޅިވަރެއް ނުކުޅޭ ދަރިވަރުންވެސް ކޮންމެވެސް ކުޅިވަރެއްގައި ނުވަތަ ކަސްރަތު ކުރުންފަދަ ކަަމެއްގައި ނަމަވެސް ބައިވެރިވުމަކީ ހެދިބޮޑުވުމާއި ސިކުނދީ ތަރައްގީ ވުމަށް މުހިންމު ކަމެކެވެ.

- އެހީ ހޯދުން

އެހެން މީހުން ކިބައިން އެހީއަކަށް އެދުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫނެވެ. ނޭނގޭ ކަންކަން އަހައި އޮޅުންފިލުވައި އެހީއަށް އެދުމަށް ޖެހިލުން ނުވާށެވެ. ހުރިހައި ދަރިވަރުންވެސް ޙާސިލްކުރުމަށް މަސައްކަތް ކުރާނީ އެއް ލަަނޑުދަނޑިއެކެވެ. ރަނގަޅަށް ކިޔަވައި މޮޅުވުމަށެވެ. ރަހުމަތްތެރިންގެ ފަަރާތުން އެހީ ހޯދުމާއި އެހީތެރިކަން ދިނުމަކީ ރަނގަޅު ކަމެކެވެ. މުދައްރިސުންގެ ކިބައިންވެސް އެހީތެރިކަން ހޯދުމަށް ފަސްނުޖެހޭށެވެ. ގިނަގިނައިން ސުވާލުކުރާށެވެ. އަދި ބެލެނިވެރިން ވެސް އެކުވެރި ބެލެނިވެރިންނާ މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް އެއްބެލެނިވެރިއަކު އަނެއް ބެލެނިވެރިއަކަށް އެހީވެ އުޅުމަކީ ކުދިންނަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ބެލެނިވެރިން ގެ އެންމެ ގޮޑު އެއް ދަތި ކަމަށްވާ ސްކޫލުދޮށަށް ދަތުރުކުރުމުގައި ވެސް އާއިލާ މީހުންގެ އެހީ ހޯދިދާނެ އެވެ. ނުކެރިފަ ނުހުންނާށެވެ.

- އާ ކަމެއް ކުރުމަށް މަސައްކަތް ކުރުން

އަބަދު ވެސް އާކަންތައް ދަސްކުރަން މަސައްކަތް ކުރަންވާނެ އެވެ. މިސާލަކަށް ކުރިން ނޫޅެ އިތުރު ކްލަބް އެއްގައި ނުވަތަ ހަރަކާތެއްގައި ބައިވެރިވެވިދާނެ އެވެ. ދަށް ކުދިންނަށް ޓިއުޝަން ދެވިދާނެއެވެ. ނުވަތަ ހުސްވަގުތުގައި އާޓް އެންޑް ކްރާފްޓް ޓިއުޓޯރިއަލް ބަލާ އެ މަސައްކަތް ކުރެވިދާނެ އެވެ.

- ހާސްކަން ފިލުވުމަށް މަސައްކަތްކުރުން

ހާސްކަން ފިލުވައި ހަމަޖެހޭ ދިރިއުޅުމެއް ހޯދުމަކީ ބެލެނިވެރިންނަށް ވެސް އަދި ދަރިވަރުންނަށް ވެސް މުހިންމު ކަމެކެވެ. ފަސްވަގުތު ނާޅައި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ޒިކުރުތައް ކިޔުމަކީ ހާސްކަން ފިލުވުމަށް ކުރެވިދާނެ މުހިންމެ ކަމެކެވެ. ކުޅިވަރު ކުޅުމާާއި، ރޭގަނޑުގެ ނިދި ހަމަކުރުމާއި، ރައްޓެހިންނާާއި ބައްދަލުކުރުމާއި ޓީވީ ބަލައިލުންފަދަ ކަންކަން ކޮށްލެވިދާނެ އެވެ. އެންމެ މުހިންމު ކަމަކީ ބުރަކޮށް މަސައްކަތް ފަށައިގަންނަ އިރު ނަފްސާނީ ދުޅަހެޔޮކަމާމެދު ވިސްނާ ހާސްވުމާއި ކަންބޮޑުވުން ފިލުވަން މަސައްކަތް ކުރުމެވެ.

- ރަނގަޅު ކާނާ އިޚްތިޔާރު ކުރުން

އިންޓަވަލަށް ވެސް ކޮންމެވެސް ފައިދާ ހުރި އެއްޗެއް ބޭނުން ކުރުމަކީ ވަރަށް މުހިމުކަމެކެވެ. ކޮންމެ އާއިލާ އަކީ ވެސް ތަފާތު ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅޭ ތަފާތު އާއިލާ އެކެެވެ. އަދި ކޮންމެ ކުއްޖަކީ ވެސް ތަފާޓު ކުއްޖެކެެވ. މިހުރިހާ ކަމެއްގެ އިތުރުން ވެސް އެ ކުއްޖަކާއި އެ ބެލެނިވެރިއަކަށް ފެންނަ މުހިމު ކަންކަން ތަރުތީބުން ކުރަންވާނެ އެވެ. ކޮންމެ ކަމެއް ކުރިޔަސް އެންމެ މުހިންމު ކަމަކީ ހުއްޓާނުލާ އެކަން ކުރެވޭތޯ މަަސައްކަތްކުރުމެވެ. ވާ ފަހަރާ ނުވާފަހަރު ވެސް އަންނާނެ އެވެ. އެކަމަކު ހިތްވަރު އެލުވާލާ ހުއްޓާ ނުލާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ