މާބަނޑުވުމާއި ވިހެއުމުގެ ވޭނުގައި ކޮންމެ ދެ މިނެޓަކުން އަންހެނަކު މަރުވޭ: ޑަބްލިއުއެޗްއޯ

މާބަނޑުވުމާއި ވިހެއުމުގެ ވޭނުގައި ކޮންމެ ދެ މިނެޓަކުން އަންހެނަކު މަރުވޭ: ޑަބްލިއުއެޗްއޯ
ލިޔުން:
މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި ކޮންމެ ދެ މިނެޓަކުން އެއް އަންހެނަކު މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ 2016 ވަނަ އަހަރުން ފެށިގެން މާބަނޑު މީހުން މަރުވާ ނިސްބަތް ވަރަށް ދަށްކުރެވިފައި ވަނީ މަދު ގައުމަކަށް ކަމަށެވެ. "ޓްރެންޑްސް އިން މެޓާނަލް މޯޓަލިޓީ" ނަމަކަށް ކިޔާ މި ރިޕޯޓުން ދައްކާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މާބަނޑު މީހުން މަރުވާ މިންވަރު މަދުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އެކަމަކު 2020 ވަނަ އަހަރުގެ ފަހުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާބަނޑު ދުވަސްވަރަކީ ހުރިހާ އަންހެނުންނަށް ވެސް ރަނގަޅު ތަޖުރިބާއެއް ލިބެން ޖެހޭ ވަގުތަކަށް ވާން ޖެހޭ ކަމަށެވެ. އެކަމަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަނގަޅު ސިއްހީ ހިދުމަތް ނުލިބޭ އެތައް މިލިއަން ބަޔަކަށް އަދިވެސް ހިތާމަވެރި ތަޖުރިބާތައް ކުރަން ޖެހިފައިވާ ކަމަށެވެ.
"މި އާ ތަފާސް ހިސާބުތަކުން އެނގެނީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކަށް ވެސް ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށްފަހު ވެސް މުހިންމު ސިއްހީ ހިދުމަތްތައް ލިބެން ޖެހޭކަން ކަށަވަރުކޮށް، ދަރިމައިވުމުގެ ހައްގުތައް ފުރިހަމައަށް ބޭނުން ކުރެވޭނެ ކަން ކަށަވަރު ކުރަން ޖެހޭ ކަން." ޓެޑްރޯސް ވިދާޅުވިއެވެ.
ރިޕޯޓުން ދައްކާ ގޮތުން ޔޫރަޕާއި އުތުރު އެމެރިކާ، ލެޓިން އެމެރިކާ އަދި ކެރީބިއަންގައި 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މާބަނޑު މީހުން މަރުވާ ނިސްބަތް ވަނީ އިތުރުވެފައެވެ. އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި މާބަނޑު މީހުން މަރުވާ ނިސްބަތް 35 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ދެކުނު އޭޝިއާގައި އެ ނިސްބަތް ވަނީ 16 ޕަސެންޓް ދަށަށް ގޮސްފައެވެ.
މާބަނޑު މީހުން މަރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ލޭމައްޗަށް ދިއުން، ލޭގެ ޕްރެޝަރު މަތިވުން، މާބަނޑު ދުވަސްވަރު ގައިންގަޔަށް ނާރާ އިންފެކްޝަންތަކާއި، ނުރައްކާތެރި އެބޯޝަންގެ ސަބަބުން ދިމާވާ މައްސަލަތައް ހިމެނެއެވެ.
މާބަނޑު މީހުން މަރުވާ މިންވަރު އެންމެ ގިނައީ ދުނިޔޭގެ އެންމެ ފަގީރު ހިސާބުތަކުގައާއި، ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވާ ގައުމުތަކުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
