- ކޮލެސްޓްރޯލްގެ ލެވެލް ރަނގަޅުކޮށްދީ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
- ލޮނުމެދުގައި އަލްޒައިމާ ބައްޔާއި ޑިމެންޝިއާ އިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވޭ، އަދި ހަނދާން ގަދަވުމަށް އެހީވެދޭ
- ހަށިގަނޑުގައި ހުންނަ ހެވީ މެޓަލްސް ޑިޓޮކްސިފައި ކުރުމަށް އެހީތެރިވެދޭ
- ކަށިތައް ވަރުގަދަ ކޮށްދޭ
- ލޭދައުރުވުން ރަނގަޅުކޮށްދޭ
- ކަންފަތުގެ ރިހުމަށް
- ދަރިމައި ވުމުގެ ސިއްހަތު ރަނގަޅުކޮށްދޭ (ހާއްސަކޮށް ފިރިހެނުންގެ)
ލޮނުމެދުގެ ވަސް ގަދަވިޔަސް ފައިދާ ބޮޑު

ލޮނުމެދުގެ ވަސް ގަދަވިޔަސް ފައިދާ ބޮޑު
ލިޔުން:
ގަދަ ވަހާއި ރަހައިގެ ސަބަބުން ގިނަބަޔަކަށް ލޮނުމެދު އެހާ ކަމަކުނުދެއެވެ. ލޮނުމެދުގެ ވަސް ޖެހުނަސް، އޭގެ ރަހަ ލިޔަސް މޭނުބައިކުރާ މީހުން ވެސް އުޅެއެވެ. އެކަމަކު ލޮނުމެދަކީ އޭގައި އެތަކެއް ފައިދާތަކެއް ހިމެނޭ އެއްޗެކެވެ.
ކައްކާއިރު ލޮނުމެދު ކޮށާފައި އެޅުމުން ތައްޔާރު ކުރާ ކެއުމުގެ ރަހަ މުޅިހެން ބަދަލު ކޮށްލާ ދެއެވެ. މީރު ކިރުގަރުދިޔަގަޑެއްގެ އެންމެ ބޮޑުއަސްލަކީ، ހެޔޮވަރަށް ލޮނުމެދު އެޅުމެވެ.
އިސްތަށިގަނޑަށް ފަރުވާއެއް
ލޮނުމެދު، ކާށި ތެޔޮ ، ޒައިތޫނި ތެޔޮ ފަދަ ގުދުރަތީ ތެލެއް އެއްކޮށް މަޑުގިނީގައި ކުޑަކޮށް ކެއްކުމަށްފަހު ބޮލުގެ ހަމުގައި އުނގުޅާށެވެ. ތެލާ އެއްކޮށްފައި ހުރި ލޮނުމެދު އިސްތަށިގަނޑުގެ ބުޑުގައި އުނގުޅުމުން ލޮނުމެދުގައި ހިމެނޭ އެންޓިއިންފްލެމޭޓަރީ އަދި އެންޓިބެކްޓީރިއަލް މާއްދާތައް ތަކުގެ ސަބަބުން، ހަންފޮޅުމާއި އިސްތަށި ފޭބުން ފަދަ ކަންކަމުން ދުރުވެ ބޮލަށް އަރާމުލިއްބައިދެއެވެ.
މޫނާއި ހަންގަނޑުގެ ރީތިކަމަށް
މޫނު ސާފުކޮށް ޖަރާސީމުތައް ނައްތާލުމަށް ލޮނުމެދު ކުދިކޮށް ގާނާފައި މާމުއި އާއެއްކޮށް މާސްކެއް ވެސް ހަދާލެވިދާނެ އެވެ. މާމުއި އަކީ ގުދުރަތީ އެތައް ފައިދާތަކެއް ލިބިދޭ، ވަރުގަދަ އެއްޗެއް ކަމުން މާސްކުގެ ފައިދާ ދެގުނަ ވާނެ އެވެ.
ރޯގާ އަދި ކެއްސުމުން ދުރުވުމަށް
އިނގުރު ފަދައިން ލޮނުމެދަކީ ވެސް ރޯގާ އާއި ކެއްސުމަށް ޝިފާ އެކެވެ. ލޮނުމެދު ސައި މިއީ މިކަމުގެ ހައްލެވެ. ލޮނުމެދާއެކު، އިނގުރު، ތާފެނާފެން އަދި މާމުއި އެއްކޮށް ގިރައިގެން ބުއިމުން ކެއްސުން ފަސޭހަވ ެއެވެ. ލޮނުމެދުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުން ބަލިތަކަށް ފަރުވާ ލިބުމުގެ އިތުރުން، ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެ އެވެ.
މަދިރިބޭހަކަށްވެސް ބޭނުން ކުރެވިދާނެ
ގާޑަން ޕެސްޓު ނުވަތަ ބަގީޗާތަކުގައި ހުންނަ ކުދި ޖަނަވާރާއި ސޫފާސޫފި ދުރުކުރުމަށްވެސް ބައެއް މީހުން ލޮނުމެދުގެ ބޭނުން ކުރެ އެވެ. ފެނާއި، ދިޔާ ސައިބޯނި އަދި ލޮނުމެދު އެއްކޮށް މަތިނުޖަހާ ހުރި އެއްޗެއްގައި ބެހެއްޓުމުން އޭގެ ވަހަށް، އެފަދަ ސޫފި ދުރުވާނެ ކަމަށް ބުނެ އެވެ. ހަމަ މިފަދަ ގޮތަކަށް، ލޮނުމެދާއި ލުނބޯ ހުތްކޮޅެއް އެއްކޮށް މަދިރިބޭހަކަށްވެސް ބޭނުން ކުރެ އެވެ.
އަރާމު ނިންޖަކަށް
ނިދާގަޑީގައި ބާލިސް ކައިރި ލޮނުމެދު ބޮނޑިއެއް ބާއްވާށެވެ. މުޅި ދުވަހު ބުރަކޮށް އުޅެފައި އަރާމު ނިންޖަކުން ކުޑައިރުކޮޅަކު ނިދާލަން ބޭނުންވާ މީހާއަށް ލޮނުމެދުގައި ހުންނަ "ސަލްފިޔުރަސް" ކިޔާ މާއްދައެއްގެ ސަބަބުން ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ލިބި އަރާމު ނިންޖެއް ލިބެ އެވެ.
ބަނޑު ސާފުކޮށްދިނުން
ބަނޑަށް އުނދަގޫވެ ގޭސްވެ ބްލޯޓްވެ ނުވަތަ ބަނޑު ހަރުވުމަކީ ވަރަށް އާންމު ކަންކަމެވެ. އެގޮތަށް ދިމާވާ އުނދަގޫ ތަކުގެ އެއް ހައްލަކީވެސް ލޮނުމެދެވެ. ނިދާ ވަގުތާ ކައިރިކޮށްފައި، ގާނާފައި ނޫނީ ކުދިކޮށް ކޮށާފަ ފެންތައްޓަކަށް ލޮނުމެދު އެޅުމަށްފަހު ބޯލލުމުން މިކަހަލަ އުނދަގޫ ތަކަށް ލުޔެއް ލިބެއެވެ.
ލޮނުމެދުން ލިބޭ ބައެއް އެހެނިހެން ފައިދާ
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
