ލައިވް ޓީވީގައި އިންޑިއާގެ ކުރީގެ މެމްބަރަކު މަރާލައިފި

ލައިވް ޓީވީގައި އިންޑިއާގެ ކުރީގެ މެމްބަރަކު މަރާލައިފި
ލިޔުން:
އިންޑިއާގެ ގާނުނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރު އާތިގް އަހުމަދު ގަޔަށް ލައިވް ޓީވީގައި ބަޑި ޖަހާ މަރާލައިފިއެވެ.
މީހަކު ވަގަށް ނެގުމުގެ ކުށް ސާބިތުވެފައިވާ އާތިގްް އާއި އޭނާގެ ކޮއްކޮ އަޝްރަފް އަށް ހަމަލާދީފައިވަނީ މެޑިކަލް ޗެކަޕްއަކަށް ގެންދަނިކޮށެވެ. ހަމަލާގައި އަޝްރަފް ވެސް ވަނީ މަރުވެފައެވެ.
ޝޯޝަލް މިޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ފުލުހުންގެ ޖިޕުން އާތިކް އާއި އޭނާ ކޮއްކޮ ފައިބާތަނެވެ. ދެ މީހުންގެ އަތުގައިވެސް ހުރީ ބިޑިއަޅުވާފައެވެ. ޖިޕުން ފޭބުމާއެކު ނޫސްވެރިންތައް އެ މީހުންނަށް ވާހަކަ ދައްކަން ގާތްވެއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް އެ މީހުންގެ ބޮލަށް ބަޑި ޖަހައެވެ. އެއާއެކު ދެ މީހުންވެސް މަރުވެގެން ވަގުތުން ވެއްޓޭއެވެ.
އެ މައްސަލާގައި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުންގެ އޮފިސަރު ރާމިތު ޝަރުމާ ވިދާޅުވީ ހަމަލާ ދިން މީހުން ދެ ބެއިންނާ ގާތްވީ ވީޑިއޯ ކުރާން އުޅޭ ކަމަށް ހެދިގެންނެވެ. އެއަށް ފަހު ވަރަށް ކައިރިން އެ މީހުންގެ ބޮލަށް ބަޑި ޖަހާފައިވާ ކަމަށެވެ.
https://twitter.com/ANI/status/1647293175780761601
ފުލުހުން ބުނީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ ތިން މީހުން އެ ސަރަހައްދަށް އައީ ސައިކަލުތަކުގައި ކަމަށެވެ. މި ހާދިސާގައި ފުލުހަކާއި ނޫސްވެރިއަކަށް ވެސް ވަނީ އަނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ޗީފް މިނިސްޓަރު ޔޯގީ އާދިތުޔާނަތު ވަނީ އެ މީހުން މަރާލި މައްސަލަ ޝަރުއީ ތަހުގީގެއް ހިންގުމަށް އަންގަވައި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ޑިސްޓްރިކްޓްތަކުގައި ގިނަ ބަޔަކު އެއްވެ އުޅުން މަނާކޮށްފައެވެ.
އާތިކް އާއި އޭނާގެ ކޮއްކޮ މަރާލާފައިވާއިރު މިދިޔަ ހަފްތާގައި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި އާތިކްގެ ދަރިފުޅު ވަނީ މަރާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
