ލީބިޔާގައި ހުރި ދެ ޓަނުގެ ޔުރޭނިއަމް ގެއްލިއްޖެ

ލީބިޔާގައި ހުރި ދެ ޓަނުގެ ޔުރޭނިއަމް ގެއްލިއްޖެ
ލިޔުން:
ލީބިޔާގެ ސައިޓަކުން ދޮޅު ޓަނުގެ ޔޫރޭނިއަމް ގެއްލިފައިވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފިައެވެ.
އެކަން ހާމަވީ އެ އިދާރާގެ އިންސްޕެކްޓަރުން މި ހަފުތާގެ ކުރީކޮޅު އެ ތަނަށް ކުރި ޒިޔާރަތަކާ ގުޅިގެންނެވެ.
ޔުރޭނިއަމްގެ ސަބަބުން ރޭޑިއޮލޮޖިކަލް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު ނިއުކްލިއާ ސެކިއުރިޓީއާ މެދު ވެސް އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފއެވެ.
އައިއޭއީއޭ އިން ބުނީ ޔޫރޭނިއަމް ރައްކާކޮށްފައި ހުރި ސަރަހައްދަކީ ސަރުކާރުން ކޮންޓްރޯލްގެ ދަށުގައި ހުރި ސަރަހައްދެއް ނޫން ކަމަށެވެ.
ޔުރޭނިއަމް ގެއްލުނީ ކޮން އިރަކު ކަމެއް އަދި އެ ޔޫރޭނިއަމް ނެގީ ކާކު ކަމެއް އަދި ނޭނގެއެވެ.
އައިއޭއީއޭ އިން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެކަން ހިނގި ގޮތާއި ނިއުކްލިއާ މެޓީރިއަލް ނައްތާލެވުނު ގޮތާއި މިހާރު ހުރީ ކޮން ތަނެއްގައިކަން ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިއޭއީއޭ އިން ބުނީ ފަހަކަށް އައިސް އެ ތަނަށް ދިއުން ވެފައިވަނީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
އިންސްޕެކްޓަރުން މިދިޔަ އަހަރު އެތަނަށް ޒިޔާރަތްކުރަން ބޭނުންވި ނަމަވެސް ވާދަވެރި ލީބިޔާގެ ލަޝްކަރުތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރު ފަސްކުރަން ޖެހުނެވެ.
2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލީބިޔާއިން ވަނީ ނިއުކްލިއާ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އާންމުކޮށް ދޫކޮށްލައި، 300 ކިލޯމީޓަރަށްވުރެ ދިގު ނޫން ރޭންޖެއް ހިމެނޭ ބެލިސްޓިކް މިސައިލްތައް ގެންގުޅެން އެއްބަސްވެފައެވެ.
ނަމަވެސް ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރު ގައްޒާފީ 2011 ވަނަ އަހަރު މަގާމުން ދުރުކުރި ފަހުން އެ ގައުމު ވަނީ ވާދަވެރި ސިޔާސީ އަދި އަސްކަރީ ފެކްޝަންތަކަކަށް ބެހިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
