މާލެ: 31°C

ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފި

April 6, 2023
2 ފަހަރު ބަލާފައި
ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފި
ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފި
ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ. ލުބްނާނުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައިމިވަނީ އިޒްރޭލުގެ ސިފައިން އަލް އަގްސާ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހުރަސް އަޅައި އަނިޔާކުރިތާ އެއް ދުވަސް ފަހުންނެވެ. އިޒްރޭލު އަސްކަރިއްޔާއިން ބުނީ ޝަލޯމީ އަވަށާއި އިޒްރޭލުގެ އުތުރުގެ މޮޝަވް ބެޓްޒެޓްގައި ރޮކެޓްގެ އިންޒާރުގެ ސައިރަން ދީފައިވާ ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ކުރި ޓުވީޓެއްގައި ބުނީ ލުބްނާނުން 34 ރޮކެޓެއް ފޮނުވާލާފައިވާ ކަމަށާއި، އޭގެ ތެރެއިން 25 ރޮކެޓް ހުއްޓުވާލާފައިވާ ކަމަށެވެ. އަދި ހަތަރު ރޮކެޓެއް ވެއްޓިފައިވާ ކަމަށެވެ. ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނީ ރޮކެޓް ހަމަލާއަށް ފަހު، ބޯޑަރު ހުރަސްކޮށް އާޓިލަރީ ބަޑީގެ ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ. ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ސަލާމަތީ ބާރުތަކުން ބުނީ  ރޮކެޓްތައް ފޮނުވާލާފައިވަނީ ފަލަސްތީނުގެ ފެކްޝަންތަކުން ކަމަށެވެ. އެއީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ފޮނުވި ރޮކެޓްތަކެއް ނޫން ކަމަށެވެ. ލުބުނާނުގެ ދެކުނުގެ ސަލާމަތީ ކަންކަން ކޮންޓްރޯލް ކުރަނީ ހިޒްބުﷲ އިންނެވެ. އެ ޖަމާއަތުން ވަނީ މީގެ ކުރިން ވެސް އިޒްރޭލާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. ފަލަސްތީނުގެ ރެފިއުޖީ ކޭމްޕްތަކާއި ހަތިޔާރު އެޅި ފެކްޝަންތައް ވެސް ހުންނަނީ ލުބުނާނުގެ ދެކުނުގަ އެވެ. އިޒްރޭލުގެ އެމްޑީއޭ އެމްބިއުލާންސް ސާވިސް އިން ބުނީ ރޮކެޓް ހަމަލާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި 60 އަހަރުގެ އަންހެނަކުވެސް ހިމެނޭ ކަމަށެވެ. ދެކުނު ލުބްނާނުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ލުބްނާނުގެ ދެކުނުން އިޒްރޭލާ ދިމާލަށް ގިނަ އަދަދެއްގެ ރޮކެޓްތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ