- ލީޑަރުން އިހްތިރާމް ހޯދަނީ އެމީހުންގެ އަހުލާގާއި ގާބިލު ކަމުގެ ސަބަބުންނެވެ. ބޮހުންނަށް އިހުތިރާމް ކުރަން ޖެހެނީ އެމީހުންގެ މަގާމުގެ ސަބަބުންނެވެ.
- ލީޑަރުންނަކީ " ޕީޕަލް އޮރިއެއްޓެޑް " ނުވަތަ މީހުންނާ މެދު ވިސްނައިގެން ކަންކަން ރާވާ ހިންގާ ބައެކެވެ. ބޮހުންނަކީ ކުރާ ކަންކަމަށް ވިސްނައިގެން ހަމައެކަނި ފައިދާ ހޯދަން މަސައްކަތް ކުރާ ނުވަތަ " ޕްރޮފިޓް އޮރިއެންޓެޑް " ބައެކެވެ.
- ލީޑަރުންނަކީ އެހެން މީހުން ބާރުވެރި ކުރުވާ ބައެކެވެ. ބޮހުންނަކީ އެހެންމީހުންގެ ބޭނުން ހިފާ، ފައިދާނަގާ ބައެކެވެ.
- ލީޑަރުން ކަންކަން ކުރުމަށް އެދި އަހާނީ އެވެ. ބޮހުން ކަންކަން ކުރަން އަމުރު ކުރާނީ އެވެ.
- ލީޑަރުން ކަންކަން ކުރަންވީ ގޮތުގެ މިސާލު ދައްކާނެއެވެ. ބޮހުންނަށް ކަންކަންކުރަންވީ ގޮތް އެނގޭނީއެވެ.
- ލީޑަރުން އަގު ވަޒަން ކުރާނެއެވެ. ބޮހުން ކްރެޑިޓް ނަގާނެއެވެ.
- ލީޑަރުން އެހެން މީހުންގެ އިހުސާސްތައް ދަންނާނެއެވެ. ބޮހުން ވިސްނާނީ އަމިއްލަ ފައިދާ އަށެވެ.
- ލީޑަރުން އިސްނަގާނެ އެވެ. ބޮހުން ތިބޭނީ ފޮރުވިގެންނެވެ.
- ލީޑަރުން ދެކޭނީ އެންމެންނަކީ ހަމަމަބައެއް ކަމުގައެވެ. ބޮހުން ތަފާތު ކުރާނެއެވެ.
- ލީޑަރުން ފާހަގަ ކުރާނީ ރަނގަޅު ކަންކަމެވެ. އަދި ރަނގަޅު ނޫންކަންކަން ރަނގަޅުކުރަން ފުރުސަތުދޭނެއެވެ. ބޮހުން ފާހަގަ ކުރާނީ ނުރަނގަޅު ކަންކަމާއި ނުވެ ހުންނަކަންކަމެވެ.
- ލީޑަރުން ، ހިންގުމުގައި އެހެންމީހުންގެ ހިޔާލު ހޯދާނެއެވެ. ބޮހުން ހިންގާނީ އެމީހުނަށް ފެންނަ ގޮތަށެވެ.
- ލީޑަރުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާނެއެވެ. ބޮހުން އަބަދުވެސް އަނެކާގެ ކުށްދައްކާނެއެވެ.
- ލީޑަރުން މުވައްޒަފުންނާއި ގުޅިގެން އެމީހުނާއި އެއްސަފެއްގައި މަސައްކަތް ކުރާނެއެވެ. ބޮހުން އުޅޭނީ އަބަދުވެސް ވެރިމީހާ ހެދިފަ އެހެން މީހުން ލައްވާ މަސައްކަތް ކުރުވާށެވެ.
ލީޑަރެއްތަ؟ ބޮސް އެއްތަ؟

ލީޑަރެއްތަ؟ ބޮސް އެއްތަ؟
ލިޔުން:
ބޮހުންނާއި ލީޑަރުންނޭ ބުނީމަ ހަނދާން ވަނީ އަހަރެން މަސައްކަތް ކުރި އޮފީހެއްގެ ދެސެކްޝަނެއްގެ ދެ ވެރިން މަތިންނެވެ. ފުރަތަމަ ހުރި ސެކްޝަނުގެ ވެރިއަކީ ވަރަށް އޯގާތެރި މީހެކެވެ. ދުވަހަކު ވެސް ރުޅިއެއްނާދެއެވެ. އަމުރެއް ނުކުރެވެ. ކޮންމެ ކުއްޖެއްގެ އުފަންދުވަސް އަޔަސް ހަދިޔާ ވެސް ގެނެސްދެއެވެ. އުޅެނީ އެންމެނާ ގުޅިގެން އެކުވެރިއެއް ހެނެވެ. ސެކްޝަނުގެ އެންމެން ވެސް އޭނާދެކެ ލޯބިވެއެވެ. ބަލިވެގެން ސަލާމް ބުންޏަސް އެއީ ވަޒީފާއަށް މަރަކު ހެދުން ކަމުގައި އޭނާ ނުދެކެއެވެ. ނާދެވޭ ދުވަހުގެ މަސައްކަތް ފުނި ނުޖެހި ހުންނާނެ އިންތިޒާމް ރާވައެވެ. އެންމެންވެސް މަސައްކަތް ކުރަނީ ކުރާހިތުންނެވެ.
ކިޔެވި ދާއިރާ އާ ގުޅިގެން އަހަރެންގެ ސެކްޝަން ބަދަލުވުމުން ދެން ދިމާވީ ކުރިން ބުނިކަލަ ވެރިއެއް ނޫނެވެ. ހަރުކަށި ރުންކުރު ވެރިއެކެވެ. އޮފީހަށް ވަދެގެން އަންނައިރުވެސް ހުންނަނީ ރުޅިގަދަވެފައެވެ. އަބަދުވެސް އުޅޭނީ މަސައްކަތް ނުނިމިދާނެތީއެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީހަކަށް "ފޮޅާލަ"އެވެ. އެކަމަކު އޭނާއަށް ކަމުދާ އެއްކުއްޖަކު އުޅެއެވެ. ކުލަފަތި އަންހެންކުއްޖެއްވީމަ ކަންނޭގެއެވެ. އޭނާ ކުރާ ކަމެއްގޯސްނުއިރު ގޯސް ވިޔަނުދޭން ބޮސް މަސައްކަތްކުރެއެވެ. ސެކްޝަނުން ބޭއްވި ހާއްސަ އިވެންޓެއްގައި ހޭލާ ތިބެ އެންމެން މަސައްކަތް ކުރީމެވެ. އެ އިވެންޓް ކާމިޔާބުކމާއެކު ބޭއްވުމުން ކުންފުނީގެ އޯނަރު އެކަން ފާހަގަ ކުރިއެވެ. ހުރިހާ ރީތިނަމެއް ލިބުނީ ބޮސް އަށެވެ.
ތި އޮފީހުގައި ވެރިއަކަށް ހުންނަނީ ހަގީގީ ލީޑަރެއް ހެއްޔެވެ؟ ނޫނީ ބޮހެއްހެއްޔެވެ؟ ނަމުގެ ގޮތުން އެއީ އެކައަޗެއްހެން ހީވިޔަސް ބޮސް އަކާއި ލީޑަރެއްގެ ތަފާތު އުޑާއި ބިމާހާ ބޮޑެވެ.
" ބޮސް" އެއްކަމަށް ބެލެވެނީ މުވައްޒަފުންތަކެއް ނުވަތަ ޖަމާއަތެއްގެ ކަންތައްތައް ބަލަހައްޓާ ފަރުދަކަށެވެ. އޭނާއަކީ މުވައްޒަފުން ނުވަތަ ދެންތިބޭ މީހުން ރިޕޯޓްކުރާ، ބާރުވެރި މަގާމެއްގައި ހުންނަމީހާއެވެ. ކުރުކޮށް ބުނާނަމަ އެއީ މަގާމުގެ ސަބަބުން ލިބޭ ވެރިއެއްގެ ލަގަބެވެ.
ލީޑަރުން މާނަކުރެވެނީ، އެހެން މީހުން އިންސްޕަޔާ ކުރުވުމުގެ ބާރު އަމިއްލަ ޒާތުގައި ހުންނަ އެހެންމީހުން ގަޔާވާ، ކަންކަން ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރުދެއްގެ ގޮތުގައެވެ. އޭނާއަކީ ވެރިއެއްގެ ގޮތުގައި ހުރެ، އެހެން މީހުންނަށް ނަމޫނާ ދައްކައިގެން އިސްކޮށް ހުންނަ މީހެކެވެ. އާދައިގެ މަގާމެއްގައި ހުރި ނަމަވެސް އެހެން މީހުން ގަޔާކުރުވައިގެން ކަންކަން ހިންގާލުމުގެ ގާބިލުކަން ލިބިފައިވާ މީހުންނަކީ ލީޑަރުންނެވެ.
ލީޑަރެއްގެ ކިބައިގައި ހުންނަ ހާއްސަ ސިފަތަކަށްބަލާއިރު، ދުރުވިސްނުން، ވާސަތީ ހުނަރު ހުރުން، އެހެން މީހުންނަށް ނުފޫޒު ފޯރުވައި މޯޓިވޭޓް ކުރުމުގެ ފަންނު ހުރުން، އެހެން މީހުންގެ އަގުވަޒަން ކުރުން، ޒިންމާ ނެގުން އަދި މިސާލުދެއްކުން ހިމެނެއެވެ.
މެނޭޖްމަންޓް ފޮތްތަކުގައިވާ ގޮތުން ލީޑަރުންނާއި ބޮހުންގެ ފަރަގު ވަރަށް ބޮޑެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއްކަންކަމަކީ :
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
