ލަންކާގެ އިގްތިސާދު ކުރިއަރުން ތިން ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ދޭން ނިންމައިފި

ލަންކާގެ އިގްތިސާދު ކުރިއަރުން ތިން ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ދޭން ނިންމައިފި
ލިޔުން:
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާއަށް ތިން ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ދޭން އެއްބަސްވެއްޖެއެވެ.
ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު ސްރީލަންކާއިން ވަނީ މާލީ ގޮތުން ބޮޑު "ލައިފްލައިން" ގެނައުމުގެ އެއްބަސްވުމެއް ކަށަވަރުކޮށްފައެވެ. މީގެ ސަބަބުން ލަންކާގެ އިޤްތިސާދު ހަމައަކަށް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ފޮރިން މިނިސްޓަރު އަލީ ސަބްރީ ބީބީސީއަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗާކޮށް ގައުމީ އެއާލައިން ޕްރައިވެޓައިޒްކޮށްގެން ސަރުކާރުން ފައިސާ ހޯދޭނެ ކަމަށެވެ.
އެހެންނަމަވެސް، ލަންކާއަށް އަދިވެސް އޮތީ އުނދަގޫ މަގެއް ކަމަށް އެނަލިސްޓުން ވަނީ އިންޒާރުދީފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސް، ހަކަތައިގެ އަގުއުފުލުމާއި، ޓެކްސް ކަނޑާލުމުން އިންފްލޭޝަން 50 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައެވެ.
ބޭހާއި ތެލާއި އެހެނިހެން ޒަރޫރީ ތަކެތި ލިބުމުގެ ދަތިކަމުގެ ސަބަބުން ދިރިއުޅުމުގެ ހަރަދު ރެކޯޑް މިންވަރަކަށް ދަށަށް ވަނީ ގޮސްފައެވެ. 2022 ވަނަ އަހަރު ވެރިކަން ކުރާ ސަރުކާރު ވައްޓާލައި، މުޅި ގައުމުގައި މުޒާހަރާތައް ފެށިއެވެ.
ލަންކާއަށް މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކި ދަރަނިތައް އިތުރުވިއެވެ. އެކަން ހައްލުކުރުމަށްޓަކައި އިންކަމް ޓެކްސް ނެގުމާއި ތެލާއި ކާބޯތަކެތީގެ ޓެކްސް ބޮޑުކުރުން ފަދަ ފިޔަވަޅުތަކެއް ސަރުކާރުން ތައާރަފްކުރިއެވެ.
އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އެ ފިޔަވަޅުތަކަކީ މަގުބޫލު ނޫން ފިޔަވަޅުތަކެއް ނަމަވެސް އިގްތިސާދު ހަމައަކަށް އެޅެން ޖެހޭ ފިޔަވަޅުތަކެކެވެ.
އެސްއެންޑްޕީ ގްލޯބަލް ރޭޓިންސްގެ އެނަލިސްޓެއް ކަމަށްވާ އެންޑްރޫ ވުޑް ވިދާޅުވި ގޮތުގައި ލަންކާ ސަރުކާރުގެ ބެލެންސް ޝީޓް ހަރުދަނާކޮށް، އިގްތިސާދީ ކުރިއެރުމާއި ބޭރުގެ ހަމަޖެހުން ގާއިމުކުރުމަށް އަދި ވެސް ދިގު ރާސްތާއެއް އެބައޮތެވެ.
2023 ވަނަ އަހަރު ގައުމުގެ އިގްތިސާދު އަނެއްކާވެސް ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް، ހީނަރުކަން ކުޑަވާނެ ކަމަށާއި 2024 ވަނަ އަހަރު ކުރިއެރުން އެނބުރި އަންނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިމަހު އައިއެމްއެފް އިން ވަނީ ޗައިނާ އާއި އިންޑިއާ ހިމެނޭ ގޮތަށް ލަންކާއަށް އެ ގައުމުގެ ބޮޑެތި ހުރިހާ ކްރެޑިޓަރުންގެ ފައިނޭންސިން އެޝުއަރެންސް ލިބިފައިވާ ކަމަށް ބުނެފައެވެ. އެކަމުގެ ސަބަބުން ތިން ބިލިއަން ޑޮލަރުގެ ބެއިލްއައުޓަށް މަގު ފަހިވެގެން ދިޔައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
