ލަންކާގެ ސަރުކާރު ހޮސްޕިޓަލްތަކުގައި ހުރި ގިނަ ސީޓީ ސްކޭން މެޝިންތައް މަސައްކަތްނުކުރޭ

ލަންކާގެ ސަރުކާރު ހޮސްޕިޓަލްތަކުގައި ހުރި ގިނަ ސީޓީ ސްކޭން މެޝިންތައް މަސައްކަތްނުކުރޭ
ލިޔުން:
އިގްތިސާދި އަނދަވަޅެއްގެ ތެރޭގައި އޮތް ސްރީލަންކާގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހުރި ސީޓީ ސްކޭން މެޝިންތަކުގެ ތިންބައިކުޅަ އެއްބަޔަކީ ބޭނުންކުުރެވޭ މެޝިންތަކެއް ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ.
ލަންކާގެ ރޭޑިއޮލޮޖިކަލް ޓެކްނޮލޮޖިސްޓުންގެ އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޖުމްލަ 44 ސީޓީ ސްކޭން މެޝިން އެބަހުރި ކަމަށެވެ.
ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލްގެ އިމަޖެންސީ ޔުނިޓުގައި ހުރި 12 ސީޓީ ސްކޭން މެޝިނާއި ކުރުނެގަލާ، ކަރަޕިޓިއާ، ޓްރިންކޮމަލީ، ހަމްބަންޓޯޓާ، ބޮޑުއްލާ، ރަތުނަޕޫރާ، ކަލޫތާރާ، ހޯރާނާ، ނޭޝަނަލް ޑެންޓަލް ހޮސްޕިޓަލް، ސިރިމާވޯ ބަންޑާރަނައިކަ ސްޕެޝަލައިޒްޑް ޗިލްޑްރަންސް ހޮސްޕިޓަލް އަދި މާތަރާ ހޮސްޕިޓަލް ގައި ހުރި ސީޓީ މެޝިންތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. އޭގެ ސަބަބުން ބަލި މީހުންނަށާއި ޑޮކްޓަރުންނަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.
ބައެއް މެޝިންތައް އޮޕަރޭޓް ނުކުރާތާ އެތައް މަހެއް ވެއްޖެއެވެ. މީގެ ތަކުލީފު އެންމެ ބޮޑަށް އުފުލަން ޖެހެނީ އަމިއްލަ ހޮސްޕިޓަލްތަކުން ފަރުވާ ހޯދަން ނުދެވޭ މާލީ ގޮތުން އެހާ ތަނަވަސް ނޫން ރައްޔިތުންނަށެވެ.
އެހެންވީމަ މި މެޝިންތައް ރަނގަޅުކޮށް އަލުން ސިސްޓަމަށް ގެނައުމަށް ހެލްތު މިނިސްޓްރީން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ރޭޑިއޮލޮޖިސްޓުންގެ އެސޯސިއޭޝަނުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ގަވަމެންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ގީއެމްއޯއޭ) މީޑިއާ ސްޕޯކްސްޕާސަން ޑރ ޗަމިލް ވިޖޭސިންހަ ޑެއިލީ މިރާއަށް ވިދާޅުވީ މި މެޝިންތައް ނުކުޅެދޭތީ ޑޮކްޓަރުންނަށް ވެސް ބައެއް ބަލިތައް ރަނގަޅަށް ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން އޮޅުން އަރާ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސް ޑރ.އަސޭލާ ގުނަވަރުދަނާ ނިއުސް ބްރީފިންގައި ވިދާޅުވީ، ފާއިތުވި ދެ އަހަރު ހެލްތް މިނިސްޓްރީއަށް އެކަށީގެންވާ މިންވަރަށް ފައިސާ ދީފައި ނުވާތީ، އެ މެޝިންތައް މަރާމާތުކުރުން ލަސްވެފައިވާ ކަމަށެވެ.
"އެހެން ނަމަވެސް މިހާރު އެ ހުރަސްތައް ނައްތާލާފައިވާތީ އެއް މަސް ދުވަހުގެ ތެރޭގައި މި މެޝިންތައް މަރާމާތު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
