މާލެ: 31°C

ލަންކާގެ ފަތުރުވެރިކަމަށް 22 އިންސައްތައިގެ ކުރިއެރުމެއް!

April 8, 2023
2 ފަހަރު ބަލާފައި
ލަންކާގެ ފަތުރުވެރިކަމަށް 22 އިންސައްތައިގެ ކުރިއެރުމެއް!
ލަންކާގެ ފަތުރުވެރިކަމަށް 22 އިންސައްތައިގެ ކުރިއެރުމެއް!
ލަންކާގެ މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ވަގުތީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗް މަހު ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބިފައިވާއިރު ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 500 މިލިއަން ޑޮލަރެވެ. އެއީ 65.3 ބިލިއަން ރުޕީސްއާ އެއްވަރުގެ އާމްދަނީއެކެވެ. މިއީ 2022 ވަނަ އަހަރުގެ މާޗް މަހު ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު 161.2 މިލިއަން ޑޮލަރާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީ 500 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސް 529.8 މިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.8 އިންސައްތަ އިގެ ކުރިއެރުމެކެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ސްރީލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، މަޑުމަޑުން ކުރިއެރުން ލިބެމުން އެބަދެއެވެ. އެ ގައުމުން ޖެހިޖެހިގެން ތިން މަސް ދުވަހު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު، އޭގެ ސަބަބުން އެ ދާއިރާއަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ލަންކާގެ ފަތުރުވެރިކަމުގެ އިދާރާތަކުން މިއަހަރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަމާޒަށް ދެ މިލިއަނަށް ބަދަލު ގެނެސްފައިވަނީ އެ ދާއިރާއިން އަންދާޒާކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެފައިވާތީއެވެ. އައިއެމްއެފްގެ ބެލްއައުޓް ޕެކޭޖެއް އެގައުމުން މިހާރު ހުޅުވާލާފައިވާއިރު، އިގްތިސާދީ ހާލަތު ރަނގަޅުވާން ފެށުމާއެކު، މި އަހަރު ވެސް ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅު ވާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެބައޮތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ