ލަންކާގައި ޒަރޫރީ ބޭސްތައް ހުސްވަނީ!

ލަންކާގައި ޒަރޫރީ ބޭސްތައް ހުސްވަނީ!
ލިޔުން:
ސްރިލާންކާގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭހުގެ ދަތިކަން ބޮޑުވެ، ފެންވަރު ދަށް ބޭސްތައް އެގައުމުގެ ބާޒާރަށް ވަނުމާ ގުޅިގެން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ މާލީ ކާރިސާގެ ތެރެއަށް ވެއްޓި، މިދިޔަ އަހަރު ބޭރުގެ ދަރަނި އަނބުރާ ނުދެއްކުމުން، ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ މުހިންމު ސާމާނާއި ބޭސް ހުސްވުމުގެ ސަބަބުން އެ ކަމުގެ ގެއްލުން ސްރީލަންކާގެ ޕަބްލިކް ހެލްތު ސިސްޓަމަށް ވެސް ވަނީ ލިބިފައެވެ.
ޒަރޫރީ ގިނަ ފާމަސޫޓިކަލްތަކެއް އަނެއްކާވެސް ހުސްވަމުން އަންނަ ކަމަށް ސްރީލަންކާ މެޑިކަލް އެސޯސިއޭޝަން (އެސްއެމްއެލްއޭ) އިން ބުނެއެވެ.
އެ އެސޯސިއޭޝަންގެ ރައީސް ޑރ.ވިންޔާ އަރިޔަރަތުނޭ ބުދަ ދުވަހު އަރަބް ނިއުސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިގްތިސާދީ ހީނަރުކަމުގެ އަދި ބޮޑެތި ގޯސްތަކެއްގެ ސަބަބުން، ޒަރޫރީ ގިނަ ފާމަސޫޓިކަލްތަކެއްގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.
ސްރީލަންކާގެ ހޮސްޕިޓަލްތަކުގައި ބޭނުންވާ ބޭހާއި ސާޖިކަލް ސާމާނު އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް އަރިޔަރަތުނޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެންވަރު ދަށް ބޭހާއި ކޮލިޓީގެ މައްސަލަތައް ރިޕޯޓުކޮށްފައި ވަނީ އެކަށީގެންވާ އިވެލުއޭޝަނާއި ރަޖިސްޓްރީ ނުކޮށް އަވަސް އަރުވާލައިގެން ބޭސްތައް އެތެރެކުރުމުގެ ސަބަބުން ކަމަށެވެ.
އެސްއެލްއެމްއޭ އިން ވަނީ މި ހަފުތާގެ ކުރީކޮޅު ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ އެސޯސިއޭޝަނުން ރައީސަށް ފޮނުވި ސިޓީގައި ވަނީ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީން "ރިގްރެސިވް ސްޓެޕްސް" އެޅުމުން ބަލި މީހުންގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ އޮތޯރިޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަދި ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެ ސިޓީގައި ވެ އެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
