ލަންކާގައި އިންޑިއާގެ ފައިސާ ބޭނުންކުރެވޭން ގޮތް ހަދަނީ

ލަންކާގައި އިންޑިއާގެ ފައިސާ ބޭނުންކުރެވޭން ގޮތް ހަދަނީ
ލިޔުން:
ސްރީލަންއަށް ޒިޔާރަތްކުރާ އިންޑިއާގެ ޓޫރިސްޓުންނަށް މެދުކެނޑުމެއްނެތި ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު، ލަންކާގައި އިންޑިއާ ރުޕީސް ބަލައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.
އެކަމާއި ގުޅޭ މަޝްވަރާކޮށްުފައިވަނީ ލަންކާގެ ރައީސް ވިކްރަމަސިންހަ އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައެވެ
މިނިސްޓަރު ސަބްރީ މިހެން ވިދާޅުވީ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅާއި އިންޑިއާ-ސްރީލަންކާ އިކޮނޮމިކް ޕާޓްނާޝިޕްގެ ތަސައްވުރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ޕްރެޒިޑެންޝަލް މީޑިއާ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އޭނާ ވިދާޅުވީ ރައީސް ރަނިލްގެ އެދުމަކީ ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދީ ސަރަހައްދު ކަމަށްވާ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ތަރައްގީގެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ.
މިއަދު ދުނިޔޭގެ އެއްވެސް ގައުމަކަށް އެކަނި ކުރިއެރުމެއް ނޭރޭނެ ކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ ކޮންމެ ގައުމަކަށް ވެސް ސަރަހައްދީ ޕާޓްނާޝިޕްގެ ތެރެއިން ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށާއި ރައީސްގެ ޕްރޮގްރާމަކީ ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް އިންޑިއާ-ސްރީލަންކާގެ ގުޅުން ތަރައްގީކޮށް ސްރީލަންކާގެ ތަރައްގީގެ އުންމީދުތައް ފުއްދައިދިނުން ކަމަށާއި އެ ދެ ފަރާތަށް ވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ގޮތަށް ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގައުމަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ރައީސް ނުވަތަ ސަރުކާރުން ދުވަހަކުވެސް ނުކުރައްވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ވިސްނުމާއި އެއްބަސްވުމާ އެކު އެ ކަންކަން ތަންފީޒު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
