މާލެ: 31°C

ލަންކާގައި ޑެންގޫ ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްްޖެ

July 27, 2023
2 ފަހަރު ބަލާފައި
ލަންކާގައި ޑެންގޫ ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްްޖެ
ލަންކާގައި ޑެންގޫ ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްްޖެ
ސްރީލަންކާގައި ޑެންގޫ ހުން ޖެހޭ މީހުން އަދަދު ބޮޑު ތަނުން އިތުރުވެއްޖެއެވެ. ލަންކާގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 55،000 އިން މައްޗަށް އަރާފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 37 ގައި ކަމަށް އެ އިދާރާއިން ބުންޏެވެ. ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ޖުމްލަ 55،260 ކޭސް ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގަމްޕަހާ ޑިސްޓްރިކްޓުންނެވެ. އެ ސަރަހައްދުން 11،973 މީހަކަށް ޑެންގޫ ޖެހިފައިވެއެވެ. މީގެ އިތުރުން ހުޅަނގު ޕްރޮވިންސުން 27،400 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ ޕްރޮވިންސްތަކަށް ބަލާއިރު އެއް ޕްރޮވިންސަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޕްރޮވިންސެވެ. މީގެ އިތުރުން އެޕިޑެމިއޮލޮޖީ ޔުނިޓުން ވަނީ ޑެންގީ ހުން ފެތުރޭ ތަންތަން ގިނައިން ފެނިފައިވާ ހައި ރިސްކް އެމްއޯއެޗް 52 ސަރަހައްދެއް ފާހަގަކޮށްފައެވެ. ޖުލައި މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން 5،940 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ