ލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

ލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
ލިޔުން:
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމައިފިއެވެ.
ޕަވާ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖޭސެކެރާ ވިދާޅުވީ ބުދަ ދުވަހުގެ ރޭގަނޑުން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގުތައް އަށްޕަސެންޓާއި 26 ޕަސެންޓާ ދެމެދު ދަށް ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެލުގެ އަގަށް ގެނައި ބަދަލަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ތެލުގެ ސަބްސިޑީ އާއި އުފެއްދުންތެރިކަމުގެ ހަރަދާއި ބާޒާރުގެ ތެލުގެ އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.
މިމަހުގެ ކުރީކޮޅު ލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ބެލްއައުޓް ޕްރޮގްރާމަކަށް އައިއެމްއެފްގެ ހުއްދަ ލިބިފައިވާއިރު، މިއީ އެގައުމަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުމަކާއި އެހެނިހެން މައްސަލަތަކުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެމެރިކާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ސްރީލަންކާގައި ތިން ފިއުލް ސްޓޭޝަނެއް ހިންގުމުގެ ހުއްދަ ސަރުކާރުން ދީފައިވާތީ އެކަމާ ދެކޮޅަށް ޕެޓްރޯލިއަމް އިންޑަސްޓްރީގެ ޓްރޭޑް ޔޫނިއަންތަކުން ވަނީ މުޒާހަރާކޮށްފައެވެ.
ސަރުކާރު ހިއްސާވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން ބައިބައިކޮށް ޕްރައިވެޓައިޒް ކުރުމުގެ ޕްލޭނާ ޔޫނިއަންތަކުން ދެކޮޅެވެ.
ރިޒާވް އިތުރުކުރުމަށާއި ބޭރުގެ ދަރަންޏަށް ފައިސާ ދެއްކުމަށް ލަންކާ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ސަރުކާރު ހިއްސާވާ މުހިންމު ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
