މާލެ: 31°C

ލަންކާއާ އިންޑިއާ ދެމެދު ބްރިޖެއް އަޅަނީ

July 23, 2023
2 ފަހަރު ބަލާފައި
ލަންކާއާ އިންޑިއާ ދެމެދު ބްރިޖެއް އަޅަނީ
ލަންކާއާ އިންޑިއާ ދެމެދު ބްރިޖެއް އަޅަނީ
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ތެލުގެ ޕައިޕްލައިނަކާއި އެއްގަމު ބްރިޖެއް އެޅުމުގެ ފީސިބިލިޓީ ދިރާސާކޮށް އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް އިންޑިއާ އާއި ސްރީލަންކާ އިން އެއްބަސްވެފައިވާ ކަމަށް އިންޑިއާ އާއި ލަންކާ އިން  ބުނެފިއެވެ. ބްރިޖުާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ބްރިޖުގެ ހުށަހެޅުން ހުށަހަޅާފައިވަނީ އިޮންޑިއާއިންނެވެ. ސްރީލަންކާގެ އިރުއުތުރު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައި ބަނދަރަކާއި އިގްތިސާދީ ހަބެއް ތަރައްގީ ކުރުމަށް ވެސް އިންޑިއާއިން އެހީތެރިވެދޭނެއެވެ. ދެ ގައުމުގެ ލީޑަރުން މިކަން އިއުލާން ކުރެއްވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ހުކުރު ދުވަހުގެ ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މަޝްވަރާ ކުރައްވަމުން ދަނިކޮށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހާ ހަމައަށް އިންޑިއާއިން ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ސްރީލަންކާއަށް ދިނެވެ. "އިންޑިއާގެ ދެކުނުން ސްރީލަންކާއަށް މަލްޓި ޕްރޮޑަކްޓް ޕެޓްރޯލިއަމް ޕައިޕްލައިނެއް އެޅުމުން ސްރީލަންކާއަށް ހެޔޮ އަގުގައި އަދި އިތުބާރު ހިފޭ ހަކަތަ ފޯރުކޮށްދެވޭނެ" ރަނިލް ވިދާޅުވިއެވެ. މީގެ އިތުރުން އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން އެގްރީމެންޓްގެ ނަމުގައި ވިޔަފާރީގެ އިތުރަށް ފުޅާ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ވެސް ވަރަށް އަވަހަށް ދެ ގައުމުން ފަށާނެ ކަމަށްވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ