މާލެ: 31°C

ފެކްޓް ޗެކް: ލ ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް ކުރީ ސަރުކާރުން މަސައްކަތްތަކެ އްކޮށްފައިވަނިކޮށް ރާއްޖޭގައި ފުތަމަފަހަރަށް ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ އިދާރީ މަސައްކަތް ނިމިއްޖެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވުމަކީ އިތުރުފުޅެއް!

July 16, 2025
381 ފަހަރު ބަލާފައި
ފެކްޓް ޗެކް: ލ ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް ކުރީ ސަރުކާރުން މަސައްކަތްތަކެ އްކޮށްފައިވަނިކޮށް ރާއްޖޭގައި ފުތަމަފަހަރަށް ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ އިދާރީ މަސައްކަތް ނިމިއްޖެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވުމަކީ އިތުރުފުޅެއް!
ލ ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތް ޑަސްބިނަށް ލައި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރުމުގެ އިދާރީ މަސައްކަތް ނިމިއްޖެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ލ ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތް ޑަސްބިނަށް ލުމަށްފަހު ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކޮށް ރާއްޖޭގައި އަޅާ ފުރަތަމަ ކެންސަރު ހޮސްޕިޓަލް އެޅުމުގެ އިދާރީ މަސައްކަތް ނިމިއްޖެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ލ ގަމުގައި ތަރްއގީކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ވަނީ ވެރިކަން ބަދަލުވިއިރު ކޮށްފައެވެ.

އެގޮތުން  ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލަށް (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅައި، "ކެންސަރ ކެއާ ސެންޓަރު" އެޅުމަށް ލ ގަމުން 20،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި ވެއެވެ.

އަދި އެ މަޝްރޫއާއި ގުޅޭ ޓެކްނިކަލް ފީސިބިލިޓީ ރިޕޯޓު އެކުލަވާލައި މުރާޖައާކޮށް ގެނައި ބަދަލުތަކާއެކު 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 28 ގައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށްވެސް ރައީސް އޮފީހުން އޭރު ބުނެފައިވެއެވެ.

ލާމަރުކަޒީ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އޭރުގެ ސަރުކާރުން ހިންގަން ނިމްމާފައި ބޮޑެތި މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނިގެން މަސައްކަތްފަށާފައިވާ އެ މަޝްރޫއު ވެރިކަން ބަދަލުވުމާއެކު މަރުކަޒީ ތަރްއްގީގެ ވިއްނުމާ އެއްގޮތަށް މާލެ ސަރަހައްދަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ސަރުކާރުން އެންމެފަހުން ބޭއްވި އަހާ ފޯރަމް ގައި މިހާރުގެ ހެލްތު މިނިސްޓަރ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ. 

ނަމަވެސް ހެލްތު މިނިސްޓަރ އެ ވިދާޅުވާފަދައިން އެފަދަ މަސައްކަތެއްގެ އިދާރީ މަސައްކަތެއް ކުރެވުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ، ފުރަތަމަ ފަހަރަށް އެފަދަ މަސައްކަތެއް ކުރީ ކުރީގެ ސަރުކާރުގެ ދުވަސްވަރުކަން ދައުލަތާއި ނޫސް މީޑިއާތަކުން އޭރު ހާމަކޮށްފައިވާ މައުލޫމާތުތަކުން އެހުރީ ފެންނާށެވެ.

އެހެންކަމުން ލ ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ކުރީ ސަރުކާރުން މަސައްކަތްތަކެއް ކޮށަފައިވަނިކޮށް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ނިމިއްޖެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ