ކުވޭތުގެ ގާނޫނު ހަދާ މަޖިލީސް އަނެއްކާވެސް އުވާލައިފި

ކުވޭތުގެ ގާނޫނު ހަދާ މަޖިލީސް އަނެއްކާވެސް އުވާލައިފި
ލިޔުން:
ކުވައިތުގެ ގާނޫނު ހަދާ މަޖިލިސް އަނެއްކާވެސް އުވާލައިފިއެވެ.
ކުވޭތުގެ ދައުލަތުގެ ނޫސް އެޖެންސީ "ކުނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުން ގާނޫނު ހަދާ މަޖިލީސް އުވާލީ ޝާހީ ގަރާރަކުންނެވެ. ދުސްތޫރީ ކޯޓުން ކުރި ހުކުމެއްގެ މައްޗަށް ބިނާކޮށް މީގެ ކުރިންވެސް ގާނޫނު ހަދާ މަޖިލީސް އުވާލިއެވެ. އެ އުވާލުން އިޔާދަކުރީ މި އަހަރު މާޗު މަހުއެވެ.
ހޯމަ ދުވަހު، ސޮއިކޮށްފައިވާ ޝާހީ ގަރާރު ނެރެފައި މިވަނީ ގާނޫނު ހަދާ މަޖިލިސް އުވާލައި ކުރިއަށް އޮތް މަސްތަކުގައި އާ ޕާލަމެންޓް އިންތިހާބެއް ބާއްވާނެ ކަމަށް ކުވައިތުގެ ވަލީއަހުދު ޝެއިހް މެޝާލް އަލް އަހްމަދު އަލް ޖަބީރު އަލް ސަބާހް މިދިޔަ މަހު ވިދާޅުވެފައި ވަނިކޮށެވެ.
ކުވައިތުގައި މާލީ ހާލަތު ރަނގަޅު ކުރަން ދަތިތަކެއް ކުރިމަތިވެފައިވާއިރު އެކަމާއި ގުޅޭ ގޮތުން ސަރުކާރާއި ޕާލިމެންޓުގައި ބަހުސް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
2020 ވަނަ އަހަރު އެންމެ ފުރަތަމަ އިންތިހާބުކުރި މަޖިލީސް މިދިޔަ އަހަރު އުވާލީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ ގޮތުންނެވެ. އެހަރުގެ ސެޕްޓެމްބަރު މަހު ވޯޓެއް ނަގައި އިދިކޮޅު ފަރާތްތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބުނެވެ. ނަމަވެސް މިދިޔަ މާޗް މަހު ދުސްތޫރީ ކޯޓުން ވަނީ އެ ނަތީޖާތައް ބާތިލްކޮށް ކުރީގެ މަޖިލީސް އަލުން އިއާދަކޮށްފައެވެ.
ޝައިހް މެޝާލް މިދިޔަ މަހު ވިދާޅުވެފައިވަނީ "ރައްޔިތުންގެ ވިސްނުމަށް" އާ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށާއި އެ އިންތިހާބާއެކު "ޑިސިޕްލިން" އާއި ލީގަލް ރެފަރެންސްގެ އާ މަރުހަލާއަކަށް ގައުމު ގެންދިއުމަށްޓަކައި ގާނޫނީ އަދި ސިޔާސީ ބައެއް އިސްލާހުތައް ގެންނާނެ ކަމަށެވެ. ނަމަވެސް އެ އިސްލާހުތަކާ ބެހޭ ތަފްސީލެއް ނުދެއްވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
