ކުޑަކުއްޖަކު ހިމެނޭހެން އިޓަލީއަށް ދަތުރުކުރި ބޯޓަކުން 37 މީހުން ގެއްލިއްޖެ

ކުޑަކުއްޖަކު ހިމެނޭހެން އިޓަލީއަށް ދަތުރުކުރި ބޯޓަކުން 37 މީހުން ގެއްލިއްޖެ
ލިޔުން:
ޓިއުނީޝިއާ އާއި އިޓަލީގެ ރަށެއް ކަމަށްވާ ލަމްޕެޑޫސާއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ބޯޓުއް ބަންޑުން ޖަހައި 37 މީހަކު ގެއްލިފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފިއެވެ.
އައިއޯއެމްއިން ބުނިގޮތުގައި އެ މައުލޫމާތަކީ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި ހަތަރު މީހަކު ދިން މައުލޫމާތުތަކެއް ކަމަށެވެ. މި މީހުން ސަލާމަތްކުރި އެ ސަރަހައްދަށް ދިޔަ އެހެން ބޯޓަކުންނެވެ.
އެ މީހުން ލަމްޕެޑޫސާއަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހާދިސާއިން ދައްކުވައިދެނީ ރަނގަޅު ދިރިއުޅުމެއް ހޯދުމަށް މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން މަސައްކަތްކުރާ ހިޖުރަވެރިންނަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކެވެ.
ޔޫއެންއެޗްސީއާރުއިން އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޗިއާރާ ކާޑޮލެޓީ ވިދާޅުވީ، ގެއްލުނު މީހުންގެ ތެރޭގައި އަލަށް އުފަންވި ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
ޓިއުނީޝިއާގެ ސްފެކްސްއިން ފުރައިގެން ދިޔަ އެ ބޯޓަކީ ކެމަރޫން، ބުރްކީނާ ފާސޯ އަދި އައިވަރީ ކޯސްޓްގެ 46 ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ކަމަށް އދ.ގެ މައިގްރޭޝަން އެޖެންސީ އައިއޯއެމްގެ ތަރުޖަމާނު ފްލެވިއޯ ޑި ޖިއާކޮމޯ ވަނީ ވިދާޅުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޯޓު ބަންޑުން ޖަހާލީ ވައިގަދަވެ ރާޅު ގަދަވުމުގެ ސަބަބުންނެވެ. ސަލާމަތްވި ބައެއް މީހުން ލަމްޕެޑޫސާއަށް ގެންގޮސްފައިވާއިރު އަނެއް ބައި މީހުން ވަނީ ޓިއުނީޝިއާއަށް ގެނެސްފައެވެ. ގެއްލުނު މީހުންގެ ތެރޭގައި ހަތް އަންހެނުންނާއި ކުޑަކުއްޖަކު ހިމެނޭއިރު ސަލާމަތްވި އެންމެންނަކީ ވެސް ބޮޑެތި ފިރިހެނުންނެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެންއެފްރިކާ މަގުން ހިޖުރަކުރާ މީހުން ވަނީ އިތުރުވެފަ އެވެ.
ޔޫއެންއެޗްސީއާރުގެ މަންދޫބު ޗިއާރާ ކާޑޮލެޓީ ވަނީ ޔޫރަޕްގެ ބޯޑަރުތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، އެ ހާލަތުން އަރައިގަތުމަށް މިހާރަށްވުރެ ހަރުދަނާ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އިޓަލީގެ ދެކުނުގައި އޮންނަ ލަމްޕެޑޫސާ އަކީ މެޑިޓެރޭނިއަން ކަނޑު ހުރަސްކުރާ ހިޖުރަވެރިން އެތެރެވާ ތަނެކެވެ. ޔޫއެންއެޗްސީއާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ 46،000 އަށް ވުރެ ގިނަ މީހުން ވަނީ ލެމްޕެޑޫސާއަށް އައިސްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
