މާލެ: 31°C

ކުޑަކުދިންނަށް ހަމަލާދީ މަރާލާ ހިޔަޅުތަކެއްގެ ސަބަބުން އިންޑިއާ ބިރުވެރިކަމެއްގައި

September 5, 2024
17 ފަހަރު ބަލާފައި
ކުޑަކުދިންނަށް ހަމަލާދީ މަރާލާ ހިޔަޅުތަކެއްގެ ސަބަބުން އިންޑިއާ ބިރުވެރިކަމެއްގައި
ކުޑަކުދިންނަށް ހަމަލާދީ މަރާލާ ހިޔަޅުތަކެއްގެ ސަބަބުން އިންޑިއާ ބިރުވެރިކަމެއްގައި
މިދިޔަ އޭޕްރިލް މެދުތެރެއިން ފެށިގެން އިންޑިއާގެ ނޭޕާލް ބޯޑަރު ކައިރީގައި އޮންނަ ބެހެރައިޗް ޑިސްޓްރިކްޓްގެ 30 އަވަށެއް އުޅެންޖެހިފައިވަނީ ހިޔަޅު ހަމަލާތަކެއްގެ ސަބަބުން  ސިހުމާއި ބިރުވެރުކަމެއްގެ ތެރޭގައެވެ. މިހާތަނަށް އެ ސަރަހައްދުގެ 9 ކުދިން ހިޔަޅުތަކުގެ ހަމަލާގައި ވަނީ މަރުވެފައެވެ. އަދި އިތުރު 34 މީހުންވަނީ ހިޔަޅުތަކުގެ ހަމަލާގައި ޒަހަމްވެފައެވެ. ހިޔަޅުގެ ހަމަލާގައި މަރުވި ކުދިންގެ ތެރޭގައި ހިމެނޭ އެންމެ ތުއްތު ކުއްޖާގެ އުމުރަކީ 1 އަހަރެވެ. ހިޔަޅުތަކުގެ ބިރުވެރިކަމާހެދި މިހާރު އެ ސަރަހައްދުގައި މީހުން ކުޑަކުދިން ގެއިން ނުނެރެއެވެ. އަދި ފިރިހެން ވެރިން ރޭގަނޑު ތިބެންޖެހިފައިވަނީ މަގުމަތީގައި ފޯރިމަރާށެވެ. އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ މި ހިޔަޅުތައް ހިފުމަށްޓަކައި ޑްރޯންގެ އާއި ކެމެރާގެ ބޭނުންކޮށް އަދި އެކި ކަހަލަ ދަންތުރަ ހަދައި މި ހިޔަޅުތައް ހިފަން މަސައްކަތްކުރަން ފަށާފައެވެ. އަދި މީގެ އިތުރުން ފަޔަރ ކްރެކާސް ނުވަތަ ފަޓާސް ބޭނުންކޮށް އެ އެއްޗިއްސަށް މީހުން ދިރިއުޅޭ ހިސާބަށް ކައިރުނުވޭތޯ މަސައްކަތް ކުރަންފަށާފައެވެ. އެ ސަރަޙައްދުގެ ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މިހާތަނަށް 3 ހިޔަޅު ވަނީ އަތުލައިގަނެ ޒުލާ ހަވާލުކޮށްފައެވެ. އެ އަވަށްތަކުގެ މީހުން ކިޔައިދޭ ގޮތުގައި މި ހިޔަޅުތައް ކުދިންނަށް ހަމަލާދެނީ ރޭގަނޑު ވަގުތުގައި ކުދިން ނިންދަވާފައި ތިބޭ ގަޑިތަކުގައެވެ. މި ސަރަހައްދުތަކަކީ ރޭނގަޑު ކަރަންޓް ކެނޑޭ ސަރަހައްދުތަކެއްކަމުން، ކަރަންޓް ކެނޑޭ ގަޑިތަކުގައި މި ހަމަލާތައް އިތުރުވާކަމަށް އެމީހުން ބުނެފައިވެއެވެ. ބެހެރައިޗްގައި މިކަން މެދުވެރިވާ ސަބަބުތައް ހޯދުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް އެނގިފައިވަނީ ބެހެރައިޗްގެ ކޯރުތަކާއި ޖަންގަލީގެ ސަރަހައްދަކީ އާންމުކޮށް ހިޔަޅު އުޅޭ ސަރައްހައްދަކަށްވެފައި އެހިސާބަށް އައި މޫސުމީ ވިއްސާރައިގެ ސަބަބުން ދިމާވި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ ލޭންޑްސްކޭޕް ބަދަލުވެ ޖަންގަލީތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިޔަޅުތައް ކާނާ ހޯދުމަށް މީހުން އުޅޭ ސަރައްހައްދަށް ނުކުންނަނީކަމަށެވެ. ހިޔަޅުގެ މީހުންނަށް ހަމަލާ ދިނުމަކީ އެހާ ގިނައިން ވާކަމެއް ނޫނެވެ. އެހެންނަމަވެސް ހިޔަޅަކު ހަމަލާއެއް ދީފިނަމަ މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ސަބަބަކީ ހިޔަޅެއް ހަމަލާދީފިނަ  އިންސާނުންގެ ސެންޓަރަލް ނަރވަސް ސިސްޓަމްއަށް "ރެބީސް" ނަމަކަށް ކިޔާ ނުރައްކާތެރި ވައިރަލް އިންފެކްޝަނެއް ފެތުރެއެވެ. އަދި މި އިންފެކްޝަނަކީ އިންސާނާގެ ފުރާނައަށް ނުރައްކާވެދާފަދަ އިންފެކްޝަނެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ