ކިނބޫ މަރާލީ ކުރީގެ ރައީސް ޔާމީން ހާމުދުރުން ބުނެގެން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނެވިއިރު އާންމުކުރެއްވި މައުލޫމާތުތަކުން އެނގެއެވެ. ކިނބުލަށް ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލީ ކަމަަށް އަދީބު އޭރު ވިދާޅުވިއެވެ. ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު އދ. ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރުގެ ފެބްރުއަރީގައި، ގަހާ އަހުމަދު ސައީދެވެ. ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ވީގޮތް އެނގޭތަ؟
ލިޔުން:
ކިނބުލޭ ބުނީމާ އެންމެ ފުރަތަމަވެސް ސިފަ ވަނީ މާލޭ ކުޑަކުދިންގެ ބަގީޗާގައި އެތައް ދުވަހެއް ވަންދެން ކޮށްޓަކަށްލާފައި އޮތް ކިނބޫމަތިންނެވެ. 2015 ވަނަ އަހަރު މެއި މަހު ކިނބޫ ގެއްލުނު ފަހުން 8 އަހަރު ފާއިތުވެގެން ދިޔައިރު ވެސް ބަގީޗާ ފެނުމުން އެންމެ ފުރަތަމަ ސިފަ ވަނީ ކިނބުލެވެ. ކިނބުލާ ބެހޭ ގޮތުން އޭރު ސުވާލުކުރުން ސިފައިން ބުނީ އެ ކިނބޫ ރައްކާތެރި ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ.
"ކިނބޫ އޮތީ ރައްކާތެރިކަމާ އެކު ސިފައިންގެ ބެލުމުގެ ދަށުގައި،" ސިފައިންގެ މީޑިއާ އޮފިޝަލް 2015 ވަނަ އަހަރު މެއި މަހުގެ 12 ވަނަ ދުވަހު ވިދާޅުވި އެވެ.
ނަމަވެސް ފަހުން އެއްވެސް ސުވާލަކަށް ސިފައިން ޖަވާބެއް ނުދިނެވެ. ކިނބޫ ގެންދިޔަ ތަނެއް، ކިނބުލައް ވީގޮއްވެސް ބުނެ ނުދެވުނެވެ. އެ ސުވާލުތައް ކުރަމުން އަންނަތާ 4 އަހަރު ފަހުން އެމްއެންޑީއެފުން ބުނީ ކިނބުލަށް ވީގޮތް ބަލާނެ ކަމަށެވެ.
"މިއީ އިންޓާނަލް ކަމެއް ކަމަށް ވާތީ އަޅުގަނޑުމެން މިކަން ބަލާނަން. ބަލާފައި އަޅުގަނޑުމެންނަށް އޭގެ ޖަވާބެއް މީޑިއާއަށް ދެވޭ ހިސާބަށް އާދެވުނީމަ އެ މައުލޫމާތު ފޯރުކޮށްދޭނަން،" ސިފައިންގެ ވައިސް ޗީފް 2019 ވަނަ އަހަރު ޖޫން 29 ވަނަ ދުވަހު ވިދާޅުވިއެވެ.
ކިނބުލަށް ވީގޮތް އެކަން ހިނގިއިރު އެތާ ހުރި މީހަކުވަނީ ކިޔާދީފައެވެ. ސިފައިންގެ ބެލުމުގެ ދަށުގައި އޮތް އުތުރު ތިލަފަޅުގައި ބަޑިޖަހާ ކިނބޫ މަރާލިކަމާއި އުތުރު ތިލަފަޅުގެ މިސްކިތު އުތުރު ފަރާތަކުގައި ކިނބޫ ވަޅުލާފައިކަމަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ. މިވާހަކަތަކަށް ބާރުދޭ ގޮތަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްވެސް ކުރިން ވަނީ މައުލޫމާތު އާންމުކުރައްވާފައެވެ.
ކިނބޫ މަރާލީ ކުރީގެ ރައީސް ޔާމީން ހާމުދުރުން ބުނެގެން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނެވިއިރު އާންމުކުރެއްވި މައުލޫމާތުތަކުން އެނގެއެވެ. ކިނބުލަށް ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލީ ކަމަަށް އަދީބު އޭރު ވިދާޅުވިއެވެ. ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު އދ. ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރުގެ ފެބްރުއަރީގައި، ގަހާ އަހުމަދު ސައީދެވެ.
ކިނބޫ މަރާލީ ކުރީގެ ރައީސް ޔާމީން ހާމުދުރުން ބުނެގެން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނެވިއިރު އާންމުކުރެއްވި މައުލޫމާތުތަކުން އެނގެއެވެ. ކިނބުލަށް ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލީ ކަމަަށް އަދީބު އޭރު ވިދާޅުވިއެވެ. ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހިފާފައި ވަނީ އަރިއަތޮޅު އދ. ތެލުވެލި ގާ ފަޅުތެރެއިން 1998 ވަނަ އަހަރުގެ ފެބްރުއަރީގައި، ގަހާ އަހުމަދު ސައީދެވެ. ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
