މާލެ: 31°C

ކޮރެއާގެ ހެޕިނެސް ފެކްޓްރީގެ ސެލްތަކުގައި މައިންބަފައިން އަމިއްލައަށް ބަންދުވަނީ ކީއްވެ؟

July 1, 2024
2 ފަހަރު ބަލާފައި
ކޮރެއާގެ ހެޕިނެސް ފެކްޓްރީގެ ސެލްތަކުގައި މައިންބަފައިން އަމިއްލައަށް ބަންދުވަނީ ކީއްވެ؟
ކޮރެއާގެ ހެޕިނެސް ފެކްޓްރީގެ ސެލްތަކުގައި މައިންބަފައިން އަމިއްލައަށް ބަންދުވަނީ ކީއްވެ؟
ކޮރެއާގެ ހެޕިނެސް ފެކްޓްރީގެ ސެލްތަކުގައި މައިންބަފައިން އަމިއްލައަށް ބަންދުވަނީ ކީއްވެ؟ މިދިޔަ އަހަރު ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއާއިން 19 އަހަރާއި 34 އަހަރާ ދެމެދުގެ 15000 މީހުންގެ މެދުގައި ކުރި ސާވޭއަކުން ދައްކާ ގޮތުގައި 5 އިންސައްތަ އަށް ވުރެ ގިނަ މީހުން ނަކީ މުޖުތަމައުގައި އެކަހެރިވެގެން އުޅޭ މީހުންނެވެ. ދިރާސާ ނަތީޖާއަށް ބަލާއިރު ދެކުނު ކޮރެއާގެ އާބާދީގެ ގާތްގަނޑަކަށް 540،000 މީހުން އެ ހާލަތުގައި ދިރިއުޅޭނެއެވެ. މިފަދަ ޒުވާނުންނަކީ އުމުރުރުން ބޮޑުވި ނަމަވެސް ކުޑަކުދިންގެ ވިސްނުން ހުންނަ ބައެކެވެ. އެމީހުން ބޭނުންވަނީ އެހެން މީހުންނާ މުޅިން އެކަހެރިވެ އެކަނި ދިރިއުޅޭށެވެ. އެހެންކަމުން މިފަދަ މީހުން ސިފަކުރުމަށް 1990 ގެ އަހަރުތަކުގައި "ހިކިކޮމޯރީ" ގެ ނަމުން މުޙާތަބުކުރަންފެށުނެވެ. މުޖުތަމަޢުގައި އެކަނިވެރިކަން އިހްސާސްކުރާ ދަރިންގެ މައްސަލަ ތައް ދެކުނު ކޮރެއާގައި ބޮޑުމައްސަލައަކަށް ވެފައިވާތީ، އޭޕްރީލް މަހުން ފެށިގެން ބެލެނިވެރިން އަންނަނީ އަމިއްލަ ޖަމިއްޔާޖަމާއަތްތަކާއި ކޮރެއާ ޔޫތު ފައުންޑޭޝަނާއި ބްލޫ ވޭލް ރިކަވަރީ ސެންޓަރުން ފަންޑުކޮށްގެން ހިންގާ 13 ހަފުތާގެ ޕޭރެންޓަލް އެޑިއުކޭޝަން ޕްރޮގްރާމުގައި ބައިވެރިވަމުންނެވެ. މި ސްކީމްގެ މަގްސަދަކީ ދަރިންނާ ރަނގަޅަށް މުއާމަލާތް ކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. އަދި މި ޕްރޮގްރާމުގައި ގޭންގްވޮން ޕްރޮވިންސްގެ ހޮންގްޗޯން-ގަންގައި ހުންނަ ފެސިލިޓީއެއްގައި ތިން ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، ބައިވެރިން ވަގުތު ހޭދަކުރަނީ އެކަހެރި ކޮށް ބަންދުކޮށްފައި ހުންނަ ސެލްއެއް ނަކަލުކުރާ ކޮޓަރިއެއްގަ އެވެ. އިންތިޒާމްކުރާ ފަރާތްތަކުން ބުނާގޮތުގައި އޭގެ ބޭނުމަކީ އެކަހެރިވެގެން ދިރިއުޅޭ ދަރިންގެ އިހްސާސްތައް މައިންބަފައިންނަށްކުރެވި ދަރިންނާމެދު އަޅާލަން މައިންބައިންނަށް އިހްސާސްކޮށްދިނުމެވެ. ހެޕިނެސް ފެކްޓްރީގެ ކޮންމެ ކުޑަ ގޮޅިއަކާއި ބޭރު ދުނިޔެއާ ގުޅުވައިދޭ ހަމައެކަނި ތަނަކީ ދޮރުގައި ހުންނަ ފީޑިން ހޮޅިއެކެވެ. ކަބަޑަކަށް ވުރެ ބޮޑު ނޫން މި ސެލްތަކުގެ ތެރޭގައި ފޯނު ނުވަތަ ލެޕްޓޮޕް ފަދަ އެއްވެސް ވަސީލަތެއް ބޭނުންނުކުރެވޭއިރު، އެ ސެލްތަކުގައި ތިބޭ މީހުންނަށް ފެންނާނީ ހަމައެކަނި 4 ފާރެވެ. ހެޕިނެސް ފެކްޓަރީގައި އެކަހެރިވި 50 އަހަރުގެ މީހަކު ބުނީ އޭނާގެ ދަރިފުޅު ގޭގެ ކޮޓަރީގައި ގިނަވަގުތު އެކަހެރިވެގެން އުޅޭތާ މިހާރު ތިން އަހަރު ވެއްޖެކަމަށެވެ. އެހެންކަމުން އަމިއްލަ އަށް ބަންދުގައި ވަގުތު ހޭދަކުރި ފަހުން މިހާރު އޭނާގެ 24 އަހަރުގެ ދަރިފުޅު ގެ "އިމޯޝަނަލް ޖަލު" ތަންކޮޅެއް ރަނގަޅަށް ވިސްނިއްޖެ ކަމަށެވެ. "މިހާރު އަހަރެންނަށް އިހްސާސްކުރެވިއްޖެ އަހަރެންނަށް ކޮންކަމެއް ގޯސްކޮށް ކުރެވިގެންތޯ ދަރިފުޅުގެ ދިރިއުޅުމަށް އެހެންވާންޖެހުނީ، މިހާރު ކޮންމެވެސްވަރެއްގެ ޖަވާބުތަކެއްވެސް ލިބިއްޖެ" ކަމަށް އެފަރާތުން ބުންޏެވެ. ހެޕިނެސް ފެކްޓަރީގައި އެކަހެރިވި އެހެން ޕޭރަންޓަކު ބުނީ އޭނާގެ ދަރިފުޅަކީ އަބަދުވެސް ހުނަރުވެރި ކުއްޖެއް ކަމަށާއި ނަމަވެސް ގިނައިން ބަލިވެ އުޅެން ޖެހުމުން ކެއުމުގެ މައްސަލަ ދިމާވެ ކޮޓަރީގައި ރެސްޓް ކުރުން ގިނަވިކަމަށެވެ. އަދި ޔުނިވަރސިޓީތައުލީމު ފެށިފަހުން މަޑުމަޑުން އެކަހެރިވަމުންގޮސް އެއްކޮށް އޭނާ އެކަހެރިވީކަމަށެވެއެ. އަދި އަމިއްލަ ސާފުތާހިރުކަމާއި ކެއުމަށް އިހުމާލުވެ، ކޮޓަރީގައި ތަޅުލައިގެން ދިރިއުޅޭތަން ފެނުމުން އޭނާގެ ހިތް ފަޅައިގެން ދިޔަކަމަށެވެ. ހެޕިނަސް ފެކްޓަރީ ޕްރޮގްރާމް ހިންގާ ފަރާތުން ބުނި ގޮތުގައި މިފަދައިން އެކަހެރިވާ ބައެއް ކުދިންނަކީ ކަންބޮޑުވުމާއި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުމުގައި ދިމާވާ ދަތިތަކާއި މަތީ ޔުނިވާސިޓީއަކުން ފުރުސަތު ނުލިބުމުން މާޔޫސްވުމުގެ އަސަރު ކުރާ ދަނޑިވަޅުތަކުގައި އެމީހުންގެ އިހްސާސްތައް މައިންބައިންނަށް ދަނެނުގަނެވުމުގެ ސަބަބުން އެކުދިން އިސްވެ އެފަދަ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ފަސްޖެހޭ ކުދިންނެވެ. މިސް ޖިން ކިޔާ ޕޭރަންޓަކު ބުނީ އޭނާ ހެޕިނެސް ފެކްޓްރީއަށް އައުމުން އެކަހެރިވެފައިވާ އެހެން ޒުވާނުން ލިޔެފައިވާ ނޯޓްތައްކިޔާލުމުގެ ފުރސަތުު ލިބުނު ކަމަށެވެ. އެ ނޯޓްތައް ކިޔާލުމުން އަހަރެންނަށް އިހުސާސް ކުރެވުނީ އަހަރެންގެ ދަރިފުޅުގެ ޝަކުވާ އަކީވެސް އެދަރިފުޅުގެ އިހްސާސްތައް އަހަރެންނަށް ނޭނގޭތީ ކުރާނެ ޝަކުވާކަމުގައެވެ. އެފަދައިން އެކަހެރިވެ އުޅޭ ގިނަ ކުދިންގެ ނޯޓް ގައި ލިޔެފައި ހުންނަނީ "އެކަކަށްވެސް ނުވިސްނޭ އަހަރެންގެ އިހްސާސްއެއް" މިއެވެ. ކޮރެއާގެ ހެޕިނެސް ފެކްޓްރީގެ އަމާޒަކީ މުޖުތަމައުން އެކަހެރިވެގެން ދިރިއުޅޭ ދަރިންގެ މައިންބަފައިންނަށް އެފަދަ ދަރިން ކުރަމުންގެންދާ އިޙްސާސް ކުރެވި އެފަދަ ދަރިންނާ ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއަކަށް އެފަދަ އާއިލާތައް ހެދުންކަމަށް "ހެޕިނެސް ފެކްޓަރީ" ޕްރޮގްރާމް ހިންގާ ފަރާތްތަކުން ބުނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ