މާލެ: 31°C

ކޮންމެ ދުވަހަކު ޝޭންޕޫ ލައިގެން ބޯ ދޮންނަނަމަ ވާނީ ކިހިނެއް؟

February 5, 2023
4 ފަހަރު ބަލާފައި
ކޮންމެ ދުވަހަކު ޝޭންޕޫ ލައިގެން ބޯ ދޮންނަނަމަ ވާނީ ކިހިނެއް؟
ކޮންމެ ދުވަހަކު ޝޭންޕޫ ލައިގެން ބޯ ދޮންނަނަމަ ވާނީ ކިހިނެއް؟
ގިނަގިނައިން ޝޭމްޕޫ ލައިގެން ބޯދޮވުމަކީ އިސްތަށި އިތުރުވުމަށް ނުވަތަ އިސްތަށި ފޭބުމަށް މަގުފަހިވާ ކަމެއް ނޫންކަމަށް ކަމާ ބެހޭ މާހުރުން ބުނެއެވެ. ހަގީގަތަކީ ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100 ވަރަކަށް އިސްތަށި ފޭބުމަކީ ހަގީގަތުގައި ގުދުރަތީ ގޮތުން ހިނގާ އާންމު ކަމެއްކަމެކެވެ. އެހެންކަމުން، ޝޭމްޕޫ ބޭނުން ކުރާއިރު، އެ ފައިބަނީ ހަމައެކަނި ބަލިކަށިވެ ލުހިފައިވާ އިސްތަށިތަކެވެ. އެމެރިކަން އެކަޑަމީ އޮފް ޑާމިޓޮލޮޖީ އެސޯސިއޭޝަނުން ހަދާފައިވާ ދިރަސާއަކުން ވެސް ޝޭމްޕޫ ބޭނުންކޮށްގެން ބޯދޮވުމުން ގިނައިން އިސްތަށިފައިބާ ކަމަކަށް ނުދައްކައެވެ. ހަގީގަތުގައި ޝޭމްޕޫ ބޭނުންކޮށްގެން ގިނައިން ބޯ ދޮވުމަކީ ބޮލުގެ ހަންގަނޑު ސްޓިމިއުލޭޓްކޮށްދީ، އިސްތަށިބުޑު ތެޔޮވެ، ހަޑިވެ، އިންފެކްޓް ވުމުން ދުރުކޮށްދީ، ބޮލުން ހަންފޮޅުމާއި ބިހިނެގުމުން ދުރުކޮށްދީ، ދުޅަހެޔޮ އިސްތަށިގަނޑެއް ލިބުމަށް އެހީވެދޭ ކަމެއްކަމެވެ. ނަމަވެސް ޝޭމްޕޫ އިޚްތިޔާރު ކުރާއިރު، ގުދުރަތީ މާއްދާތައް އެކުލެވޭ ޝޭމްޕޫ އިހްތިޔާރު ކުރުމާއި ގެންލުންދެނިވި މާއްދާތައް ހިމެނޭ ޝޭންޕޫ ބޭނުންނުކުރުމަކީ މުހިންމު ކަމެކެވެ. ބައެއް ޝޭމްޕޫ ތަކުގައި ހިމެނޭ ގެއްލުންލިބޭ މާއްދާތަކުގެ ތެރޭގައި، ސްލްފޭޓްސް އާއި ސޯޑިއަމްކްލޮރައިޑް އާއި ފޯމަލްޑިހައިޑް އާއި ޕްރޮޕިލީންގްލައިކޯން އަދި ޕްރޮޕީލްޕެރަބިން އާއި، އަލްކަހޯލް އާއި ފްތަލޭޓްސްގެ އިތުރުން އެކިކަހަލަ މީރުވަސްދުއްވާ ފްރެގްރެންސްތަކާއި ކުލަތައް ހިމެނެއެވެ. ޝޭމްޕޫ ލައިގެން ބޯދޮވުމާއި ބެހޭގޮތުން ދެކެވޭ ބައެއް ވާހަކަތަކަށް ބަލާއިރު ގިނައީ މުޅިންވެސް ހަގީގަތާ ހިިލާފް ވާހަކަތައްކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ. މިސާލަކަށް :
  • ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮވުމަކީ ގެއްލުންވާ ކަމެކެވެ. އެއްގޮތަކަށްވެސް އެހެންނެއްނޫނެވެ. ކޮންމެ ދުވަހަކު އިސްތަށިގަނޑު ދޮވުމުން ބޮލުގެ އިސްތަށިގަނޑާއި އިސްތަށިގަނޑުގައި ޖަމާވެފައިވާ ނަޖިހާއި ތެޔޮ ސާފުވެގެންދާނެ އެވެ. އޭގެ ސަބަބުން ބޮލުން ނުބައިވަސް ދުވުން ހުއްޓުވާ ތާޒާވެއެވެ.
  • ޝޭމްޕޫ އަކީ ހުސް ކެމިކަލްއެވެ. އެއީ އިސްތަށިގަނޑަށް ނުރަނގަޅު އެއްޗެކެވެ. ޏޫނެކެވެ. ބޮލުގެ އިސްތަށިގަނޑާއި އިސްތަށީގެ ގޮތުން ގުޅޭ ކަމުދާ ރަނގަޅު ޝޭމްޕޫއަކީ ގެއްލުންވާ އެއްޗެއްނޫނެވެ. ރަނގަޅު ޝޭމްޕޫއިން ބޮލުގެ އިސްތަށިގަނޑު ރީއްޗަށް ސާފުކޮށް، އިސްތަށިބުޑުގައި އުފެދޭ ލާއި ނަޖިހާއި ޑެޑްސެލްސް ނައްތާލައި، އިސްތަށިގަނޑު ދުޅަހެޔޮވުމަށް މަގުފަހިކޮށްދެއެވެ.
  • އަބަދު ބޭނުން ކުރަން ޖެހޭނީ އެ ބޭނުންކުރާ އެއްވައްތަރެއްގެ ޝޭމްޕޫއެވެ. ބަދަލު ކޮށްފިއްޔާ އިސްތަށި ފައިބައެވެ. ނޫނެކެވެ. މާހިރުން ލަފާދެނީ އަަބަދު އެއް ޝޭމްޕޫއެއް ބޭނުން ނުކުރުމަށެވެ. އަދި މީހަކު ބުނަހާ ޝޭމްޕޫއެއް ނުވަތަ އިޝްތިހާރުން ފެންނަހާ އެއްޗެއް ޓްރައިކުރާކަށްވެސް ނުޖެހެއެވެ. އަމިއްލަ އިސްތަށިގަނޑުގެ ވައްތަރުދެނެގަނެ، ޑަކްޓަރަކާ ނުވަތަ ބިއުޓިޝަނަކާ މަޝްވަރާކޮށް ތިމާއަށް އެންމެ ކަމުދާ އެންމެ ގުޅޭ ޝޭމްޕޫއެއް އިހްތިޔާރުކުރާށެވެ.
  • ގިނައިން ޝޭމްޕޫ ބޭނުން ކުރުމުން އިސްތަށިގަނޑު ހިކެއެވެ. ނޫނީ ތެޔޮވެއެވެ. މިއީ ވެސް ހަގީގީ ވާހަކައެއްނޫނެވެ. ހަގީގަތުގައި އިސްތަށިގަނޑު ގިނަގިނައިން ދޮވުމުން އިސްތަށީގައި ހުންނަ ޖަރާސީމުތައް ނައްތާލާ، އިސްތައްޓަށް ބޭނުންވާ މަޑުކަމާއި ތާޒާކަން ގެނުވައިދެއެވެ.
  •  ކޮންމެ ދުވަހަކު ޝޭމްޕޫ ބޭނުންކުރާކަށް ނުވާނެއެވެ.  ނޫނެކެވެ. ކޮންމެ ދުވަހަކު ބޯދޮވުމަކީ ބޮލުގެ ހަންގަޑު ސާފުކޮށް ބެހެއްޓުމަށް މުހިންމުކަމެކެވެ.
  • އިސްތަށިގަނޑު ނުދޮވުނަސް އިސްތަށިގަނޑު އަމިއްލައަށް ސާފުވާނެއެވެ. އިސްތަށިގަނޑު ނުދޮވެއްޖެނަމަ ބޮލުގެ އިސްތަށިގަނޑާއި އިސްތަށިގަނޑުގައި ހިރަފުހާއި، ކުނިބުންޏާއި، ޖަރާސީމާއި ތެޔޮ ޖަމާވަމުން ދާނެ އެވެ. މިކަމުގެ ސަބަބުން އިސްތައްޓާއި ބޮލުގެ ހަމަށް ގެއްލުން ލިބި، އިސްތަށިފައިބާ ގޮތްވެއެވެ. އިސްތަށިގަނޑަކީ އޭގެ އަމިއްލަ ޒާތުގަ ސާފުވާ އެއްޗެއްނޫނެވެ.
ބޭނުންކުރާ ބައެެއްް ޝޭމްޕޫގައި ހިމެނޭ ބައެއް  މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑަށް ގެންލުންވެދާނެއެވެ. ނަމަވެސް އާންމުކޮށް ރަނގަޅު ޝޭމްޕޫއަކުން ބޯދޮވުމަކީ ގެއްލުންވާކަމެއްނޫނެވެ. ބޮލުން އިސްތަށި ފައިބަފާނެ ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި :
  • ހޯރމޯންތަކަށް އަންނަ ބަދަލު
  • ކެއުން ބުއިމަށް އަންނަބަދަލު
  • ނިއުޓްރިޝަން މަދުވުން
  • ބައްޔެއްގެ ސަބަބުން އިސްތަށިފޭބުން
  • ބޭނުންކުރާ ބޭހެއްގެ ސަބަބުން
  • މާ ބޮޑަށް ސްޓްރެސް ވުން
  • ބަރުދަނަަށް އަންނަ ބަދަލުތަކުގެ އިތުރުން ބޮލުން އިސްތަށި ފޭބުމަކީ ވާރުތަ ވެސް ވާ ކަމެކެވެ.
އާދަޔާ ހިލާފަށް ބޮލުން އިސްތަށި ފައިބާ ނަމަ، ޝޭމްޕޫ ކުއްވެރިކުރުމުގެ ބަދަލުގަ ޑޮކްޓަރެއްގެ ލަފާހޯދުން ބުއްދިވެރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ