ކޮންމެ ހަ މީހަކުން އެކަކަށް ދަރިމައިނުވުމުގެ މައްސަލަ ދިމާވޭ: ޑަބްލިއުއެޗްއޯ

ކޮންމެ ހަ މީހަކުން އެކަކަށް ދަރިމައިނުވުމުގެ މައްސަލަ ދިމާވޭ: ޑަބްލިއުއެޗްއޯ
ލިޔުން:
ދުނިޔޭގެ އާބާދީގެ 17.5 އިންސައްތަ މީހުންނަށް ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އޭގެ މާނައަކީ ކޮންމެ ހަ މީހަކުން އެކަކަށް އެމީހުންގެ ހަޔާތުގައި ދަރިމައިނުވުމުގެ މައްސަލައެއްގެ އަސަރު ކުރާ ކަމެވެ. ދުނިޔޭގެ ފެންވަރުގައި ހެޔޮ އަގުގައި އަދި ފެންވަރު ރަނގަޅު "ފާޓިލިޓީ" ކެއާ ލިބޭނެ ގޮތް ހަރުދަނާ ކުރަން ޖެހޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދަރިމައިނުވުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވެއެވެ.
ރިޕޯޓުގައިވާ ގޮތުން އުމުރު ދުވަހު ދަރިމައިނުވުމުގެ މައްސަލަ އަކީ މަތީ އާމްދަނީ ލިބޭ ގައުމުތަކުގައި 17.8 ޕަސެންޓް އަދި ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި 16.5 ޕަސެންޓަށް ދިމާވާ މައްސަލައެކެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ރިޕޯޓުން ވަރަށް މުހިންމު ހަގީގަތެއް ހާމަވާ ކަމަށެވެ.
ދަރިމައިނުވުމުގެ ފަރުވާގެ ވަސީލަތްތައް ފުޅާކޮށް، ސިއްހީ ދިރާސާތަކާއި ސިޔާސަތުތަކުގައި މިމައްސަލަ އެއްފަރާތް ނުކޮށް، ބެލެނިވެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރި، ހަރުދަނާ އަދި ހެޔޮ އަގުގައި ކުރެވޭނެ ގޮތްތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދަރިމައިނުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި، ލަދުވެތިކަމާއި، މާލީ ތަކުލީފުތައް ކުރިމަތިވެ، ހާލުގައި ޖެހިފައިވާ މީހުންގެ ނަފްސާނީ އަދި ސައިކޯ ސޯޝަލް ދުޅަހެޔޮކަމަށް ބުރޫ އަރާ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބޭނުންވަނީ ދަރިމައިނުވުމުގެ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.
ނަމަވެސް ބައެއް ފަހަރު އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ފަދަ ކުއްޖަކު ލިބުމުގައި އެހީތެރިވުމަށް ކުރާ ފަރުވާ އަކީ ވަރަށް އަގުބޮޑު އަދި ހޯދަން އުނދަގޫ ފަރުވާއެކެވެ. އެ ޖަމިއްޔާއިން ބުނީ ކޮންމެ މީހަކަށްވެސް އެމީހަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ސަރުކާރުތަކުން ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅައި ޕަބްލިކް ފައިނޭންސިން ފޯރުކޮށްދީފިނަމަ ދަރިމައިވުމަށް ފަރުވާ ހޯދުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެންދާނެ އެވެ. އެ ޖަމިއްޔާގެ ރިޕޯޓުގައި 1990 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު ކުރި ދިރާސާތަކުގެ މައުލޫމާތު ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަރިމައިވުމުގެ އަސަރު ކުރަނީ ކިތައް މީހުންނަށްތޯ ދެނެގަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
