ކިތަންމެ ހާލުދެރަވިޔަސް މަޑުކުރަންޖެހޭ ހޮސްޕިޓަލްގެ ޓްރައޭޖްގެ ވާހަކަ

ކިތަންމެ ހާލުދެރަވިޔަސް މަޑުކުރަންޖެހޭ ހޮސްޕިޓަލްގެ ޓްރައޭޖްގެ ވާހަކަ
ލިޔުން:
ދައްކަން މިއުޅެނީ މިފަހަކުން އަހަރަންނަށް ސަރުކާރު މައި ހޮސްޕިޓަލުގައި ކުރަންޖެހުނު ތަޖުރިބާއެއްގެ ވާހަކައެވެ.
ދައްތައަކު ކެންސަރަށް ފަރުވާކުރަމުންދާތާ ގާތްގަނަޑަކަށް އަހަރުވީއެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ބޮޑެތި އެތައް އޮޕަރޭޝަނެއް ކުރިއެވެ. ބޭރުގައި އުޅޭތާ ގިނަދުވަސްވެ އޭނާ އާއިލާ އާ ބައްދަލުނުވެ ގިނަ ދުވަސްވުމުން މާލެއައެވެ. އޭރުވެސް ސަރޖަރީއެއް އެއް ހެދިފަހުން ދޭތެރެ ދޭރެއިން ހުން އައިސް މީހާ ވަރަށް ވަރު ދެރަވެއެވެ.
ދައްތަ އެނބުރި މާލެ އައިސް އުޅެނިކޮށް އެއްދުވަހު ވަރަށް ހުންގަދަވެ ދެފަހަރަށް ހެޔަށްވެސް ގޮތް ވެއްޖެކަމަށާއި އަވަހަށް ހޮސްޕިޓަލަށް ދާންޖެހޭކަމަށް އޭނެގެ ފިރިމިހާ ބުނުމުން އަހަރެންވެސް ދުވެގަތީ ހޮސްޕިޓަލާ ދިމާލަށެވެ. މި ދިޔައީ ސަރުކާރުގެ މައި ހޮސްޕިޓަލަށެވެ.
އަހަރެންނަކީ އެހާ ގިނައިން ހޮސްޕިޓަލަށް ދައްކާފައިވާ މީހެއް ނޫންކަމުން ހޮސްޕިޓަލަށް ތަންކޮޅެއް އަލެވެ. އެހެންވެ މެއިން ކައުންޓަރުގައި ވާނުވާ އަހާލާފައި އެބުނި ދިމާލަކަށް ދިޔައީމެވެ. މި ދެވުނީ ހޮސްޕިޓަލުގެ ޓްރައިއޭޖަށެވެ.
ވަދެ ބަލާލިއިރު ހަމަގައިމުވެސް 100 އަށް ވުރެ ގިނަ މީހުން ކިޔޫގައި އެބަތިއްބެވެ. އަހަރެން އެތަނުން ހަދަންވީ ގޮތް އަހާލީމައި ބުނީ ޓްރައިއޭޖްގެ ނަންބަރެއް ނަގައިގެން މަޑުކުރުމަށެވެ. އަހަރެން ބުނީމެވެ. ދައްތަގެ ހާލު ވަރަށް ދެރަކަމަށާއި އެއީ ކެންސަރަށް ފަރުވާ ކުރާ މީހެއް ކަމަށް ބުނީމެވެ. އެހެނަސް ޓްރައިއޭޖުގައި ޕޭޝަންޓުންގެ ވައިޓަލްސް ނަގަމުން ދިޔަ ކުއްޖާ ވަރަށް ހުތުރުކޮށް ބުނީ "މިތާ ތިބީ ހުސް ބަލި މީހުންކަމެވެ".
އޭރު އަހަރުމެން ތިބީ ދައްތަ ފުރޮޅުލީ ގޮނޑިއެއްގައި ބައިތިއްބައިގެންނެވެ. ދޭތެރެއަކުން ހުން ޗެކް ކޮށްލާއިރު 39 ޑިގްރީއަށްވުރެ މައްޗެވެ. އަހަރެން ކެތް ނުކުރެވިގެން ދައްތަ ގޮވައިގެން ގޮސް އިމަޖަންސީ ޖަހާފައި ހުރި ރޫމަށް ވަނީމެވެ. ޑޮކްޓަރަކު އެބަހުރިހޭ އެހީމެވެ. އެހެނަސް އެތަނުން ހަމަ އެކަކުވެސް ޖަވާބުނުދީ އެކަކު އަނެކަކުގެ މޫނަށް ބަލަންތިބީއެވެ.
ދެވަނަ ފަހަރަށް މިތާ ހަމަ ޑޮކްޓަރަކުވެސް ނެތީހޭ ބުނީމާ ކޮންމެވެސް އެކަކު އަނގައިނ ބުނެލިއެވެ. އަހަރެން ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ. ދައްތައަކީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މީހެއްކަމާއި ހުން ވަރަށް ގަދަކަމާއި ދެފަހަރަށް ފެއިންޓްވެސް ޖެކަންވެސް ބުނީމެވެ. އަދި ޑޮކްޓަރަކަށް ގޮވައިދިނުމަށް އެދި އާދޭސް ކުރީމެވެ. އެހެންނަސް އެމީހުން ބުނީ ޕްރޮޓްކޯލް އަކީ ޓްރައިއޭޖް އިން ދޭ ނަންބަރަކަށް އާންމު ބަލީގެ ޑޮކްޓަރަކަށް ދައްކައި އެމީހުން ރިފަރ ކުރުމުން މެނުވީ "އިމަރޖެންސީ" ޖަހައިގެން ތިބިތަނަށް ނުވަދެވޭނެކަމެވެ.
މިބުނި ދުވަހު އަހަންނަށް ދައްތަ ޑޮކްޓަރަކަށް ދައްކައި ހުން ފިނުކުރާނެ އިންޖިކްޝަނެއްޖަހައި ޕްރޮސީޖަރ ރޫމްގައި އައިވީ އެއް ގުޅާލަން 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.
މީއީ ހަމަ މިކަން އޮންނަންވީ ގޮތް ހެއްޔެވެ. ކޮންމެ ހާލެއްގައި ކިތަންމެ ބޮޑުކަމެއްވެގެން ހޮސްޕިޓަލަށް ދާ މީހާއަށްވެސް ސީދާ ޑޮކްޓަރަކަށް ދެއްކޭނެ ހަމަ އެއްގޮތެއްވެސް ނޯންނަނީ ހެއްޔެވެ. މި ޓްރައިއޭޖްގައި ޓްރައިއޭޖްގެ ނަންބަރު ނުޖެހިގެން ނުވަތަ އެ ޓްރައިއޭޖް އިން ދޭ އާންމު ބަލީގެ ޑޮކްޓަރުގެ ނަންބަރު ނުޖެހިގެން ތިބި އިމަޖެންސީ ހާލުގައި ހޮސްޕިޓަލަށް ދާ މީހަކަށް ފުރާނައަށް ނުރައްކާވެދާނެ ހާލަތެއްވެސް ދިމާވުމަކީ އެކަށީގެންވާކަމެވެ. އެހެންނަސް މި ހުންނަނީ ބަލި މީހާގެ ފުރާނައިގެ އަގަށްވުރެންވެސް މޮޅެތި ޕްރޮޓޮކޯލްސްތަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
