ކެރެލާގައި ފަތުރުވެރިން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 21 މަރު

ކެރެލާގައި ފަތުރުވެރިން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 21 މަރު
ލިޔުން:
އިންޑިއާގެ ކެރެލާ ސްޓޭޓްގައި ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 21 މީހުން މަރުވެއްޖެއެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
މަލަޕޫރަމް ޑިސްޓްރިކްޓްގެ ޖޫނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް ނަޒަރު ރޮއިޓާސްއަށް ވިދާޅުވީ، ބޯޓު ބަންޑުން ޖަހާލީ ބޯޓުގެ ކެޕޭސިޓީއަށްވުރެ މީހުން ގިނަވުމުގެ ސަބަބުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ބަންޑުން ޖަހާލި ބޯޓުގައި 50 ފަސެންޖަރުން ދަތުރުކުރިއެވެ. އެއީ ބޯޓުގެ ޖާގައަށްވުރެ ދެ ގުނަ އިތުރެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓެއްގައި ތައުޒިޔާ ވިދާޅުވެފައިވަނީ އެތައް ބައެއްގެ ފުރާނަ ގެއްލުމުން ހިތާމަކުރައްވާ ކަމަށެވެ.
ބޯޓުގެ ދަށުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ތާށިވެ އަނދިރިކަމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ތިބި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
ކެރެލާގެ ސްޕޯޓްސް އެންޑް ފިޝަރީޒް މިނިސްޓަރު ވީ އަބުދުރަހިމާން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މި ހާދިސާ ހިނގިއިރު ގިނަ ފަސިންޖަރުން ތިބީ ލައިފް ޖެކެޓް ނާޅާ ކަމަށް ސަލާމަތްވި މީހުން މީޑިއާތަކަށް މައުލޫމާތުދިނެވެ.
ގެއްލުނު ފަސިންޖަރުންގެ ސީދާ އަދަދު އަދި ސާފެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
