ކަޝްމީރުގައި ބާއްވާ ޖީ-20 ސަމިޓް ޗައިނާއިން ބޮއިކޮޓްކުރަނީ

ކަޝްމީރުގައި ބާއްވާ ޖީ-20 ސަމިޓް ޗައިނާއިން ބޮއިކޮޓްކުރަނީ
ލިޔުން:
އިންޑިއާގެ ކަޝްމީރުގައި ބާއްވަން ހަމަޖެހިފައިވާ ޖީ-20 ޓޫރިޒަމް ބައްދަލުވުމުގައި ބައިވެރި ނުވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.
މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ އަދި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާ ކަޝްމީރުގައި މި ހަރަކާތް ބޭއްވުމުން ޗައިނާ އާއި ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އިނގިރޭސިވިލާތުން 1947 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު ކަޝްމީރުގެ މައްސަލާގައި ދެ ގައުމުން ވަނީ ތިން ހަނގުރާމަ ކޮށްފައެވެ.
މިއަހަރުގެ ޖީ-20ގެ ޗެއާއަކީ އިންޑިއާއެވެ، އަންނަ ސެޕްޓެމްބަރު މަހު ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ދިމާކޮށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ސިލްސިލާ ބައްދަލުވުންތަކެއް އިންތިޒާމްކޮށްފައިވެއެވެ.
ހުކުރު ދުވަހު ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވަނީ ޖީ-20 ގެ އެއްވެސް ބައްދަލުވުމެއް ދެބަސްވާ ސަރަހައްދުތަކުގައި ބޭއްވުމަށް ޗައިނާއިން ދެކޮޅު ހަދާކަން ހާމަކޮށްފައެވެ. އަދި އެފަދަ ބައްދަލުވުންތަކުގައި ޗައިނާ އިން ބައިވެރިނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
2019 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައި ވަނީ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓްގެ ދަރަޖަ އުވާލުމާއި ގުޅިގެންނެވެ. ހާއްސަ ދަރަޖަ އުވާލައި ފެޑެރަލް ޓެރިޓަރީއަކަށް ވަނީ ބަދަލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސްޓޭޓް ވަނީ ދެ ފެޑެރަލް ޓެރިޓަރީއަކަށް ބަހާލައިފައެވެ: ޖައްމޫ އެންޑް ކަޝްމީރާއި ލަދާކްއެވެ. ލަދާކްގެ ބޮޑު ބައެއް އޮތީ ޗައިނާގެ ބާރުގެ ދަށުގައެވެ.
ކަޝްމީރުގެ މިނިވަންކަން ހޯދުމަށް ނުވަތަ ޕާކިސްތާނާ އެއްބައިވަންތަވުމަށް ގޮވާލާ ބަޣާވާތެއްގެ ސަބަބުން ކަޝްމީރުގެ އިންޑިއާ އިން ވެރިކަން ކުރާ ސަރަހައްދުގައި އެތައް އަހަރެއް ވަންދެން ހަލަބޮލިކަން ވަނީ ކުރިމަތިވެފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އާންމުންނާއި ސިފައިންނާއި ކަޝްމީރުގެ ހަނގުރާމަވެރިންގެ އިތުރުން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
