މާލެ: 31°C

ކަޝްމީރު މައްސަލާގައި ތާއިދުކުރާނީ އިންޑިއާއަށް- އިގިރޭސިވިލާތުގެ އިންތިހާބީ ބޮޑުވަޒީރު

July 6, 2024
2 ފަހަރު ބަލާފައި
ކަޝްމީރު މައްސަލާގައި ތާއިދުކުރާނީ އިންޑިއާއަށް- އިގިރޭސިވިލާތުގެ އިންތިހާބީ ބޮޑުވަޒީރު
ކަޝްމީރު މައްސަލާގައި ތާއިދުކުރާނީ އިންޑިއާއަށް- އިގިރޭސިވިލާތުގެ އިންތިހާބީ ބޮޑުވަޒީރު

ކަޝްމީރު މައްސަލާގައި އިންޑިއާއަށް ތާއިދު ކުރާ ސިޔާސަތު އަލުން އަނބުރާ ގެންނާނެކަމަށް އިނގިރޭސިވިލާތުގެ އިންތިޚާބީ ބޮޑުވަޒީރު ކެއިރ ސްޓާމަރ ވިދާޅުވެއްޖެ.

ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބުކުރުމަށްފަހު ސަޕޯޓަރުންނާ މުޙާތަބްކޮށް އިންތިހާބީ ބޮޑުވަޒީރު ކެއިރ ސްޓާމަރ ވިދާޅުވީއި އިނގިރޭސިވިލާތުގައި ހިންދޫފޯބިއާއަށް (ހިންދޫންނާ ދެކޮޅު ހަރަކާތްތަކަށް) ދެން އެއްވެސް ޖާގައެއް ނޯންނާނެކަމުގެ ޔަޤީންކަން އިނގިރޭސި ހިންދޫންނަށް އަރުވާކަމަށާއި،  އަދި ކަޝްމީރު މައްސަލާގައި އިންޑިއާއާ ދެކޮޅު ސްޓޭންޑެއް ގެންގުޅުނު ކަމަށް ބެލެވޭތީ ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިންގެ ލީޑަރ ކަމުގައި އެކަހެރިވެފައިވާ އިނގިރޭސި އިންޑިއާ ގުޅުން އަލުން ބަދަހިކުރަން މަސައްކަތް ކުރާނެކަމަށެވެ.
"އަޅުގަނޑުގެ ލޭބަރ ސަރުކާރުން އިންޑިޔާއާއެކު ގާއިމްކުރާނީ ޑިމޮކްރަސީއާއި، އެއްބައިވަންތަ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމްކުރުމާއި، އެގެ އިތުރުން ދުނިޔޭގެ ސަލާމަތާއި، ތިމާވެށީގެ މައްސަލަތަކާއި، އަދި އިގްތިސާދީ އާ ސްޓްރެޓެޖިކް ޕާޓްނާރޝިޕެއް ގާއިމުކުރަން މަސައްކަތްކުރާނަން"
އިންތިހާބީ ބޮޑުވަޒީރު ކެއިރ ސްޓާމަރ ވިދާޅުވިއެވެ. އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކެއިރ ސްޓާމަރ ވަނީ ފަލަސްތީނުގެ މައްސަލާގައިވެސް އިޒްރޭލަށް ތާއިދުކޮށް ވަރަށްބޮޑަށް ވާހަކަފުޅު ދައްކަވާފައެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ