ކަނޑުމަތީގައި މަރުވާ ރޮހިންޔާ މީހުންގެ އަދަދުތަކާއި މެދު ކަންބޮޑުވުން

ކަނޑުމަތީގައި މަރުވާ ރޮހިންޔާ މީހުންގެ އަދަދުތަކާއި މެދު ކަންބޮޑުވުން
ލިޔުން:
މިދިޔަ އަހަރު ކަނޑުމަތިން ގެއްލުނު ރޮހިންޔާ ރެފިއުޖީންގެ އަދަދުތައް ހުރީ ކަންބޮޑުވާ ދަރަޖާގައި ކަމަށް އދ އިން ބުނެފިއެވެ.
އދ. އިން ސިފަކުރާ ގޮތުގައި އެއީ "ބިރުވެރި" އަދަދުތަކެކެވެ. މިދިޔަ އަހަރު ރޮހިންޔާ ދަރިކޮޅުގެ 3،500 އަށް ވުރެ ގިނަ މީހުން ކަނޑު ހުރަސްކުރަން މަސައްކަތް ކުރިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެއް ކަމަށް އދ.ގެ ރެފިއުޖީ އެޖެންސީ ޔޫއެންއެޗްސީއާރް އިން ބުންޏެވެ. "2022 ވަނަ އަހަރު ކަނޑުމަތިން 348 މީހުން މަރުވެ ނުވަތަ ގެއްލުނު، މިއީ 2014 ވަނަ އަހަރަށް ފަހު އެންމެ ނުރައްކާތެރި އެއް އަހަރު،" ސްވިޒަލޭންޑްގެ ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔޫއެންއެޗްސީއާރްގެ ތަރުޖަމާނު ޝަބިއާ މަންޓޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަނޑުމަގުން ހިޖުރަކުރަން އުޅުނު ރޮހިންޔާ ދަރިކޮޅުގެ 3040 މީހުން މިދިޔަ އަހަރު ދިޔައީ މިޔަންމާ، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ބަންގްލަދޭޝް ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 45 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
"މިޔަންމާ އާއި ބަންގްލަދޭޝްއިން ގިނަ ބޯޓުތައް ފުރީ، އެއީ އެ ދެ ގައުމުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މާޔޫސްކަން އިތުރުވަމުންދާތީ" މަންޓޫ ވިދާޅުވިއެވެ. "މި ނުރައްކާތެރި ކަނޑުދަތުރުތައް އެމީހުން ކުރީ އެހެން ގައުމުތަކުން ހިމާޔަތާއި ރައްކާތެރިކަމާއި ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ގޮތުން އެ މީހުން ރިޕޯޓްކުރޭ،" އޭނާ ވިދާޅުވިއެވެ. މިދިޔަ ޑިސެމްބަރު މަހު ފުރި ބައެއް ބޯޓުތައް އަދިވެސް ދަތުރުކުރަމުންދާ ކަމަށާއި ގާތްގަނޑަކަށް 180 މީހުންނާއެކު، އެއް ބޯޓު އަޑިއަށް ދިއުމުގެ ބިރު އެބައޮތް ކަމަށް މަންޓޫ ވިދާޅުވިއެވެ.
މިޔަންމާގައި 2017 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން އެތައް ހާސް މުސްލިމުންނެއް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރަން ޖެހުނެވެ.
ޔޫއެންއެޗްސީއާރުން ވަނީ ރޮހިންޔާ ރެފިއުޖީން ފައިބާ ގައުމުތަކުގައި އިންސާނީ ވަގުފާރިއަށް ހައްލު ހޯދައި، ސާޗް އެންޑް ރެސްކިއު މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށާއި، ސަރަހައްދީ ގޮތުން ފުރިހަމަ ޖަވާބެއް ދިނުމަށް ގޮވާލައިފައެވެ.
އަދި ރޮހިންޔާ ދަރިކޮޅުގެ މީހުން މިޔަންމާ ދޫކޮށް ހިޖުރަކުރަމުންދާ ސަބަބުތައް ހޯދަން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޔޫއެންއެޗްސީއާރުން މިހެން ބުނެފައި މިވަނީ ބަންގްލަދޭޝްގެ އެލީޓް ޕޮލިސް ޔުނިޓަކުން ރޮހިންޔާ ރެފިއުޖީންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
