ކަނޑުމަގުން ޔޫރަޕް ދާން އުޅުނު 300 އެއްހާ ކުދިން ގެނބިގެން މަރުވި

ކަނޑުމަގުން ޔޫރަޕް ދާން އުޅުނު 300 އެއްހާ ކުދިން ގެނބިގެން މަރުވި
ލިޔުން:
މިއަހަރުގެ މިހާތަނަށް ކަނޑުމަގުގައި އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް ދާން އުޅުނު 300 އެއްހާ ކުދިން ގެނބިގެން މަރުވެފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ހާމަކޮށްފިއެވެ.
މިއީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކުރެވުނު އަދަދަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ޔުނިސެފުން ބުނީ މި ކުދިން މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕާއި ދިމާލަށް ދަނީ ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ސެންޓްރަލް މެޑިޓަރޭނިއަން ކަނޑުން ދަތުރުކުރާ އުޅަނދުފަހަރުތައް ބަންޑުން ޖަހާލުމުގެ ސަބަބުން ސަލާމަތްނުވެ، ނުވަތަ ރިޕޯޓް ނުކުރެވި ދިޔުމުގެ ސަބަބުން ކަނޑުމަތީގައި ކުޑަކުދިން މަރުވާ ހަގީގީ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔުނިސެފްގެ މައިގްރޭޝަން އެންޑް ޑިސްޕްލޭސްމަންޓާ ބެހޭ ބައިނަލްއަގުވާމީ ލީޑް ވެރީނާ ކްނޯސް ވިދާޅުވެފައިވެއެވެ.
މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގާތްގަނޑަކަށް 11،600 ކުދިން ނުރައްކާތެރި ދަތުރުތައް ކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. އެ ކުދިންގެ އުމުރުތަކެއް ހާމަކޮށްފައިނުވީ ނަމަވެސް ގިނަ ކުދިންނަކީ އެއްވެސް އެހީތެރިޔަކު ނެތި ދަތުރުކުރާ ކުދިން ކަމަށް ޔުނިސެފުން ބުނެއެވެ.
ލީބިޔާ ނުވަތަ ޓިއުނީޝިއާއިން ޔޫރަޕަށް ކުރާ ބޯޓު ދަތުރުގެ އަގަކީ އާންމުގޮތެއްގައި ގާތްގަނޑަކަށް 7،000 ޑޮލަރު ކަމަށް ޔުނިސެފުން ބުނެއެވެ.
ޔުނިސެފުން ވަނީ "ހުއްޓުވޭނެ މަރުތައް" ގެ ގޮތުގައި ސިފަކުރާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ޔޫރަޕްގައި ކުޑަކުދިންނަށް ހިމާޔަތް ހޯދުމުގެ ރައްކާތެރި، ގާނޫނީ އަދި ވަދެވޭނެ މަގުތައް ފުޅާކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
ޔޫރަޕާއި އެފްރިކާއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން އެންމެ ހަ މަސް ދުވަހުގެ ތެރޭގައި 300 އެއްހާ ކުޑަކުދިން ގެއްލުނު އިރު، ގިނަ ސަރުކާރުތަކުން އިހުމާލުވަމުން ނުވަތަ ހިމޭނުން ތިބޭކަން އެ އެޖެންސީން ފާހަގަކުރި އެވެ.
މި ކުދިންގެ ދަތުރުތަކުގައި ބަންދުކުރުމާއި، ނިކަމެތިކަމާއި، އަނިޔާދިނުމާއި، ޓްރެފިކިންއާއި، މާރާމާރީއާއި، އެކްސްޕްލޮއިޓޭޝަން އަދި ރޭޕްފަދަ ތަފާތު ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ.
ވެރީނާ ކްނޯސް ވިދާޅުވީ މި ކުދިންނަށް އެހީތެރިކަން އިހުސާސް ކުރަން ޖެހޭ ކަމަށާއި އެކަނިވެރިކަމެއް ނޫން ކަމަށެވެ. އެކަމަނާ ވަނީ ވަގުތުން ފިޔަވަޅު އަޅައި، ކުޑަކުދިންގެ ދިރިއުޅުމުގެ ދެބަސްވެވެން ނެތް އަގު ދައްކުވައިދިނުމަށް ދުނިޔޭގެ ލީޑަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ތައުޒިޔާ ފާޅުކުރުމުގެ ބަދަލުގައި، މި ބޮޑު މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތްކުރެއްވުމަށް ލީޑަރުން ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
