ކާރިސާތަކުން އަރައިގަންނަން ބައިނަލްއަގްވާމީ އެހީ ބޭނުންވޭ: ހަސީނާ

ކާރިސާތަކުން އަރައިގަންނަން ބައިނަލްއަގްވާމީ އެހީ ބޭނުންވޭ: ހަސީނާ
ލިޔުން:
ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝް ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ކާރިސާތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ގޮވާލައްވައިފިއެވެ.
ހަސީނާ އެކަމަށް ގޮވާލައްވާފައިވަނީ ވޯލްޑް ބޭންކުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ފޯ އޮޕަރޭޝަންސް އެކްސެލް ވެން ޓްރޮޓްސަންބާގް އެކު އެކަމަނާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. "ބަންގްލަދޭޝް ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އެހީތެރިވެދޭށޭ،" ހަސީނާއާ ހަވާލާދެއްވައި ބޮޑުވަޒީރުގެ ސްޕީޗް ރައިޓަރު އެމް ނަޒްރުލް އިސްލާމް ވިދާޅުވިއެވެ.
ޓްރޮޓްސެންބާގް ވަނީ ބަންގްލަދޭޝްގެ ތަރައްގީ އަކީ ގަބޫލު ނުކުރެވޭ ވަރުގެ ކުރިއެރުމެއް ގޮތުގައި ސިފަކުރައްވާފައެވެ. ބަންގްލަދޭޝްގެ ތަރައްގީގައި އެ ގައުމާއެކު އޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދެމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ހަސީނާ ވިދާޅުވީ ބަންގްލަދޭޝްގެ ބޮލަކަށް ޖެހޭ އާމްދަނީ ހުރީ އެންމެ 50 ޑޮލަރަށް ކަމަށާއި މިހާރު އެ އަދަދު ވަނީ 2،824 ޑޮލަރަށް އިތުރުވެފައި ކަމަށެވެ.
ބައިނަލްއަގްވާމީ އެހީއަށް ބޭނުންވާ ކަމަށް ހަސީނާ ވިދާޅުވެފައިވާއިރ،ު ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި ކަރަންޓާއި ރައްޔިތުންގެ ފައިސާ ބޭނުންކުރުމުގައި ހަރުދަނާކަން އިސްކުރުމަށް އެކަމަނާ ވަނީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޑެޕިއުޓީ ކޮމިޝަނަރުންނަށް ބައްދަލުވުމުގައި ކޮމިޝަނަރުންނަށް އިރުޝާދު ދެއްވާފައެވެ. ބަންގްލަދޭޝުން އަމާޒު ހިފާފައިވަނީ 2041 ވަނަ އަހަރުގެ ކުރިން "ސްމާޓް ބަންގްލަދޭޝް" އެއް ބިނާކުރުމެވެ.
ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މިންވަރު އިތުރުކުރުމަށް ޓަކައި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ އެވެ. އެއްވެސް ބިމެއް އެއްވެސް ތަނެއްގައި ބޭނުން ނުކޮށް ތިބެގެން ނުވާނެ....ބަނގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ނުކުރާ ބިންތައް އެބަހުރި، އެ ބިންތައް ދަނޑުވެރިކަމަށް އެކަށީގެންވާ ކުރެވިއްޖެނަމަ ކާބޯތަކެތި އުފެއްދުމާއި ޑައިވަސިފިކޭޝަނުގައި އެއްވެސް މައްސަލައެއް ނޯންނާނެ،" އެކަމަނާގެ ފުރަތަމަ އިރުޝާދުގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
