މާލެ: 31°C

ކާބޯތަކެތީގެ އަގުބޮޑު ކަމަށް ލިއުމުން ބަންގްލަދޭޝްގެ ނޫސްވެރިޔަކު ޖަލަށްލައިފި

March 31, 2023
2 ފަހަރު ބަލާފައި
ކާބޯތަކެތީގެ އަގުބޮޑު ކަމަށް ލިއުމުން ބަންގްލަދޭޝްގެ ނޫސްވެރިޔަކު ޖަލަށްލައިފި
ކާބޯތަކެތީގެ އަގުބޮޑު ކަމަށް ލިއުމުން ބަންގްލަދޭޝްގެ ނޫސްވެރިޔަކު ޖަލަށްލައިފި
ކާބޯތަކެތީގެ އަގު ބޮޑުވުމާ ބެހޭ ގޮތުން ލިޔުނު ރިޕޯޓަކާއި ގުޅިގެން ބަންގްލަދޭޝްގެ ނޫސްވެރިޔަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. ޖަލަށްލާން ހުކުމް ކޮށްފައިވަނީ ޕްރޮތޮމް އަލޯ ޑެއިލީ ނަމަކަށް ކިޔާ ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ސަމްސުއްޒަމާން ޝަމްސްއެވެ. އޭނާ ހައްޔަރުކުރީ ބަންގްލަދޭޝްގެ މިނިވަން ދުވަސް ކަމަށްވާ މާޗް މަހުގެ 26 ވަނަ ދުވަހު ޝާއިއުކުރި ލިޔުމުގައި ސަރުކާރަށް މަލާމާތް ކުރި ކަމަށް ބުނެއެވެ. ޝަމްސު ހައްޔަރުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާ ކަމަށް ބުނެ، ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 2009 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުންދާ އަވާމީ ލީގުގެ ވެރިކަމުގައި މީޑިއާގެ މިނިވަންކަން ފަނޑުވަމުންދާތީ މީޑިއާގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ކުރީ އަހަރު، ގްލޯބަލް ޕްރެސް ފްރީޑަމް އިންޑެކްސްގައި ބަންގްލަދޭޝް އޮތީ ރަޝިޔާ އާއި އަފްގާނިސްތާނަށް ވުރެ ދަށުގައި 162 ވަނައިގައެވެ. ޝަމްސް މަސައްކަތްކުރާ ނޫހަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް ނޫހެވެ. "ހަނޑޫ ނުލިބޭ ނަމަ މި މިނިވަންކަމުގެ ބޭނުމަކީ ކޮބައިތޯ" މަސައްކަތްތެރިއަކާ ހަވާލާދީ ޝަމްސު ލިޔުނު ރިޕޯޓްގައި ބުނެފައިވެއެވެ. ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ހަރަދުތައް އިތުރުވެފައިވާކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން މި ވާހަކައިން ދައްކުވައިދެއެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕްރޮތޯމް އަލޯ އާޓިކަލް ހިއްސާކޮށްފައެވެ. ނޫހުގެ އެގްޒެކެޓިވް އެޑިޓަރު ސަޖާދު ޝަރީފް ބީބީސީއަށް ވިދާޅުވި އެ ލިޔުމުގައި ގޯސްތަކެެއް ހުރި ކަމަށް ފާހަގަވެގެން ލިޔުން އިސްލާހު ކޮށްފައިވާ ކަމަށެވެ. "ކެއުމުގެ ހަރަދުގެ މައްޗަށް މަސައްކަތްތެރިޔާގެ އަންދާޒާ އަކީ ސައްހަ އަންދާޒާއެއް "އޭނާ ވިދާޅުވިއެވެ. އަވާމީ ލީގުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ނޫހުން ހަގީގަތާ ހިލާފު ވާހަކަތަކެއް ހަދައި، ގައުމުގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ