މާލެ: 31°C

ހޮލީވްޑްގެ ތަރި ޖެނިފާ އެނިސްޓަންއާއި ހިތާވެ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ކައިވެނި ރޫޅުމުގެ އަޑުތަކެއް

January 25, 2025
1102 ފަހަރު ބަލާފައި
ހޮލީވްޑްގެ ތަރި ޖެނިފާ އެނިސްޓަންއާއި ހިތާވެ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ކައިވެނި ރޫޅުމުގެ އަޑުތަކެއް
ހޮލީވްޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ހޮލީވްޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އެ އަޑުތައް ފެތުރިފައިވަނިކޮށް ދާދިފަހުން ބޭއްވި އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާ އަށާއި، ޑޮނަލްޑް ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް އޮބާމާ އާއެކު އަނބިކަނބަލުން މިޝޭލް އޮބާމާ ވަޑައިނުގެންނެވުމާ ގުޅިގެން އެ ދެބޭފުޅުން ވަރިވާން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދައުރުވާން ވަނީ ފަށާފައެވެ.

ބަރަކް އޮބާމާ އާއި ޖެނިފާ އެނިސްޓަންގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް އަޑުތައް ފެތުރިފައިވީނަމަވެސް، ދެމީހުންގެ ރިލޭޝަންޝިޕް ސްޓޭޓަސްއާ މެދު ދެފަރާތުންވެސް ބަހެއް ބުނެފައިނުވާއިރު މި ޚަބަރު އިތުރަށް ވައިރަލްވީ މަޝްހޫރު ސިޔާސީ ކޮލަމިސްޓް މޭގަން މެކޭން 22 ޖެނުއަރީ 2025 ގައި އޭނާގެ ޕޮޑްކާސްޓް ސިޓިޒަން މެކޭންގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން ނެވެ. ޕޮޑްކާސްޓްގައި މެކްކޭން ބުނީ އެދެބޭފުޅުންގެ ވަރަށް ގާތް ފަރާތަކުން އެ ދެބޭފުޅުން ވަކިވާން އުޅޭކަމުގެ މުއުތަބަރު މައުލޫމާތު ލިބިފައިވާކަމަށެވެ.

ޕްޑްކާސްޓްގައި ބައިވެރިވި ސީނިއާ ނޫސްވެރިޔާ ތާރާ ޕަލްމެރީ އިތުރަށް ބުނީ ކުރިން ވެސް އޭނާއަށް ޔަގީނުން ވެސް އެ އަޑު އިވިފައިވާ ކަމަށާއި، އަދި އެ ދެމީހުން ދިރިއުޅެމުން ދަނީ ވަކިން ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުންނ ދެމަފިރިންގެ ގާތް ފަރާތްތަކުން ބުނި ގޮތުގައި މިޝޭލް ދިރިއުޅެމުން ދަނީ އެމީހުންގެ މާތާގެ ވިނިއާޑް ގޭގައި ކަމަށާއި އޮބާމާ ގެ ބޭސް ހުންނަނީ ވޮޝިންޓަން ޑީސީގެ ކަލޯރާމާ އަވަށުގައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ