މާލެ: 31°C

ޖަލު ހުކުމާއެކު ރާހުލް ގާންދީގެ ގޮނޑި ގެއްލިއްޖެ

March 24, 2023
2 ފަހަރު ބަލާފައި
ޖަލު ހުކުމާއެކު ރާހުލް ގާންދީގެ ގޮނޑި ގެއްލިއްޖެ
ޖަލު ހުކުމާއެކު ރާހުލް ގާންދީގެ ގޮނޑި ގެއްލިއްޖެ
އަބުރުގެ މައްސަލައެއް ސާބިތުވެ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިތާ އެއް ދުވަސް ފަހުން އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އަށް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފިއެވެ. ގާނޫނު ހަދާ މަޖިލީހުން ނެރުނު ނޯޓިސްގައި ބުނީ، ތިރިގެ ތަމްސީލު ކުރައްވާ ރާހުލް ގާންދީގެ މައްޗަށް ކުށް ސާބިތުވާ ދުވަހުން ފެށިގެން ލޯކް ސަބާގެ މެމްބަރުކަމުން ގޮނޑި ގެއްލިފައިވާ ކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގައި ރާހުލް ގާންދީ ތަމްސީލު ކުރައްވަމުން ގެންދެވީ ކެރެލާ ސްޓޭޓްގެ ވަޔަނާޑް ދާއިރާގެ މެމްބަރުކަމެވެ. "ނީރަވް މޯދީ، ލަލިތު މޯދީ ނުވަތަ ނަރެންދުރަ މޯދީ ކަމުގައި ވިޔަސް، ހުރިހާ ވައްކަން ކުރާ މީހުންގެ ނަމުގައި މޯދީ ހުންނަނޯ ކީއްވެ؟" 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް ކަރްނާޓަކާ ސްޓޭޓްގައި ބޭއްވި އެއްވުމެއްގައި ރާހުލް ގާންދީ ވަނީ ވިދާޅުވެފައެވެ. ނީރަވް މޯދީ އަކީ އިންޑިއާއިން ފިލައިގެން އުޅޭ އަދި ޑައިމަންޑް ވިޔަފާރިވެރިއެކެވެ. ލަލިތު މޯދީ އަކީ އިންޑިއަން ޕްރިމިއާ ލީގު (ކުރިކެޓް) ކުރީގެ ޗީފްއެވެ. އެ މައްސަލާގައި ރަހުލް ގާާންދީއާ ދެކޮޅަށް އަބުރުގެ މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅުއްވީ ބީޖޭޕީގެ މެންބަރެއް ކަމަށްވާ ޕޫރްނޭޝް މޯދީއެވެ. މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް ވިދާާޅުވީ "މޯދީ" ކިޔާ މީހުންނަކީ ގޯސް ބައެއްގެ ގޮތުގައި ލޭބަލްކޮށްފައި ވާތީއެވެ. ރާހުލް ކޯޓުގައި ވިދާޅުވީ މޯދީ ކިޔާ މީހުންނަކީ "ވަގުން" ކަމަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކަށް އިޝާރަތްކުރައްވާ ކަމަށެވެ. އަދި އެއްވެސް މުޖުތަމައެއްގެ އަބުރު ކަތިލުމަށް ނިޔަތުގައި ނޫން ކަމަށެވެ. ރާހުލް ގާންދީއަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރަން 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެހެން ވެ އަދި މިހާރު ޖަލަކަށް ނުދާނެއެވެ. ކޮންގްރެސް ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި "އަޅުގަނޑުމެން ހަނގުރާމަކޮށް ކާމިޔާބު ކުރާނަން" ކަމަށެވެ. އެ ހުކުމާ ގުޅޭ ގޮތުން ރާހުލް ގާންދީ ފާޅުގައި އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް އިންޑިއާގެ މިނިވަންކަމުގެ ލީޑަރު މަހާތުމާ ގާންދީގެ ބަސްފުޅެއް ހިންދީ ބަހުން ވަނީ ޓްވީޓް ކުރައްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ